ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަމްޝީދާއި ޓޫފޯ ވަކިކުރި ނިންމުން ސުޕްރީމް ކޯޓުން ފަސްކޮށް ނުދިން!

ޝެއާރކޮށްލާ ކަހަލަދޯ؟

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު (ޓޫފޯ) ވަޒީފާ އިން ވަކިކުރަން ނިންމި ނިންމުން ވަގުތީ ގޮތުން ހުއްޓުވެން ނެތް ކަމުގައި ސުޕްރީމް ކޯޓުން ހުކުން ކޮށްފިއެވެ.

ފުލުހުންގެ ގާނޫނުގެ ދަށުން އުފެއްދި ޕޮލިސް ބޯޑުން މިދިޔަ އަހަރު ވަޒީފާއިން ވަކިކުރަން ނިންމި ފަސް އޮފިސަރުންގެ ތެރޭގައި ޖަމްޝީދާއި ޓޫފޯ ހިމެނިފައިވާތީ އެބޭފުޅުން އެ މައްސަލަ ސިވިލް ކޯޓަށް ހުށައަޅާފައިވާތީ އެމައްސަލަ ނިމެންދެން އެބޭފުޅުން ވަޒީފާއިން ވަކިކުރި ނިންމުން ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރަކަށް އެދުނެވެ. ނަމަވެސް  އެ އަމުރު ސިވިލް ކޯޓުން ނާއި ހައިކޯޓުން ވެސް ނެރެދީފައެއް ނުވެއެވެ.

މައްސަލަ ޖަމްޝީދާއި ޓޫފޯގެެ ފަރާތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން ކުރި ހުކުމުގައިވަނީ ހައި ކޯޓުން އަމުރު ނެރެނުދިނީ ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުމަކާ ހިލާފަށް ކަމަށް އެ ދެ ބޭފުޅުންގެ ފަރާތުން ބުންޏަސް، އެ ނިންމުމާ ހިލާފްވި ގޮތެއް ބުނެ ނުދެވޭ ކަމަށެވެ.

ޓޫފޯ އާއި ޖަމްޝީދު ވަކިކުރުމަށް އެޅި ފިޔަވަޅުތައް ބާތިލް ކުރުމަށް ސުޕްރީމް ކޯޓުގައި އެދިފައި އޮތް ނަމަވެސް އެކަމާއި ގުޅިގެން ކުރި  ހުކުމްގައިވަނީ  އެ އެދުމަކީ ދަށު ކޯޓުގައި އެދިފައިވާ ގޮތާއި ތަފާތު ކޮށ ކަމަށް އެ ހުކުމުގައި ބަޔާން ކޮށްފައިވެއެވެ.

ވަގުތީ އަމުރަކީ މައްްސަލަ ނިމެންދެން ދެވޭ ވަގުތީ ފަރުވާއަކަށް ވާއިރު، ޖަމްޝީދާއި ޓޫފޯ ވަކިކުރުމުގެ ނިންމުން ބާތިލް ކުރުމަކީ އަސްލު މައްސަލަ ނުނިމެނީސް ވަގުތީ ގޮތުން ދެވޭނެ ފަރުވާއެއް ނޫން ކަން ވެސް ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.

ޕޮލިސް ބޯޑުގެ ނިންމުމާ އެކު ދެން ވަކިކުރަން ނިންމި ބާކީ ފުލުހުންގެ ތެރޭގައި ހިމެނެނީ، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދާއި ޗީފް ސުޕްރިޓެންޑެންޓް އަބްދުﷲ ޝަރީފާއި ސުޕްރިޓެންޑެންޓް އިސްމާއިލް ޝަމީމެވެ. އެ ބޭފުޅުން ވަކިކުރުމުގެ ނިންމުމަށް އަމަލުކުރުން ހައި ކޯޓުން ހުއްޓުވައި ދިނުމުން އެ ބޭފުޅުން ތިބީ ވަޒީފާގަ އެވެ.

ޖަމްޝީދާއި ޓޫފޯގެ މައްސަލާގައި ހައި ކޯޓުން އަމުރު ނުދިނީ އެ ކޯޓުން މައްސަލަ ނިމުމުގެ ކުރިން އެ ބޭފުޅުން ވަޒީފާއިން ވަކިކޮށްފައިވާތީއެވެ. މައްސަލަ ބައްލަވާފައިވަނީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: