ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީރުންނަށް ރުހުން ދޭން ޖެހޭތޯ ބަލަން ލިބުނު ވަގުތުގައި ސަރުކާރުގެ ބުރަދަން އެނގިއްޖެ: ރާއީ

މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިވީ މުއްދަތުގެ ތެރޭގައި ސަރުކާރުގެ ބުރަދަން ފެނިގެން ހިނގައްޖެކަމަށާއި، ވަޒީރުންގެ ހުރި ގާބިލްކަންވެސް ސާފުވެއްޖެކަމަށް ކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީއިން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރާއީ ވަނީ ކުޑަ ކުއްޖަކު ދާދި ފަހުން ނިޔާވުމާއި ގުޅިގެން އެއީ، ސަރުކާރުގެ އިހުމާލު އޮތްކަމެއްކަމަށް ވިދާޅުވެ ވާހަކަދައްކަވާފައެވެ. ރަައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އެ މައްސަލައަށް ޒިންމާ ނަގަން ޖެހޭނެކަމަށް ފާހަގަކޮށް ރާއީ ވިދާޅުވީ، ހަމައެކަނި އާއިލާގެ ގާތުގައި މައާފަށް އެދުމުން ނުނިމޭނެކަމަށެވެ.

އޭގެ ބަދަލުގައި ދިވެހި ހުރިހާ ރައްޔިތުންގެ ކިބައިގެން މައާފަށް އެދެން ޖެހޭކަމަށް ވިދާޅުވިއެވެ.

ތިމަންނަގެ ހުރި ގޮތް ދޫނުކުރުމާއި، ތިމަންނައަށް ބުނެވިފަ ހުރި އެއްޗެއްކަން ހިފެހެއްޓުމާއި، ތިމަންނަގެ އީގޯ ބޮޑުކަމުން، އެމަނިކުފާނުގެ މަސްއޫލިއްޔަތެއް، ގައުމުގެ ވަލީއުލްއަމްރު، އެހެންވެއްޖެއްޔާ ދިވެހި ރައްޔިތުންގެ މަސްލަހަތު އެންމެ ފުރަތަމަ އިސްކުރަން ޖެހޭނީ.

ސަރުކާރުން އިހުމާލުވީ، އެކަން ކރުުމުގެ ގާބިލްކަން ހުރެކަމަށް ފާހަގަކޮށް ރާއީ ވަނީ މިފަދަ މައްސަލަތަކުގައި އެމްޑީޕީއިން އެވާހަކަ ދައްކާނެކަމަށް ވިދާޅުވެފައެވެ. އަދި ފާހަގަކުރެއްވީ އެމްޑީޕީއިން މި މައްސަލައިގައި ކުރިއަށް ގެންދިޔަ އިހުތިޖާޖެވެ. އަދި ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ އިސްނެގުމުގެ މަތިން މި މައްސަލަގައި ވަޒީރުން ޖަވާބުދާރީކުރުމުގެ މަސައްކަތް ކުރަމުން އަންކަމަށް ރާއީ ވިދާޅުވިއެވެ.

ރާއީ ވަނީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައިވެސް ވާހަކަދައްކަވާފައެވެ. ވަޒީރުންގެ ހުރި ގާބިލްކަން މިނެ ކިރާލުމަށް ދުވަސްކޮޅެއް ލިބިއްޖެކަމަށް ފާހަގަކޮށް، އޭނާ ސުވާލުއުފެއްދެވީ މިހާރު ތިއްބެވި ވަޒީރުންނަށް ރުހުން ދިނުމުގެ ގާބިލްކަން އެބަހުރިތޯއެވެ. އެވަގުތު ޖަގަހައިގައި ތިބި މީހުން ވަނީ ރުހުން ނުދިނުމަށް ގޮވާލާފައެވެ.

މިވީ ދުވަސްތަކުގެ ތެރޭގައި ސަރުކާރުގެ ހުރި ބުރަދަން އެނގިއްޖެކަމަށާއި، ވަޒީރުންގެ މައްސަލައިގައި މަޖިލީހުގައި އަމަލުކުރާނީ އެމްޑީޕީއިން ނިންމާ ގޮތުގެ މައްޗަށްކަމަށް ރާއީ ވިދާޅުވިއެވެ.

މީގެ އިތުރުން ރާއީ ވިދާޅުވީ އެމްޑީޕީއިން މެންބަރުންތަކެއް ވަކިވެގެން އެއްވެސް ކަހަލަ ހީނަރުކަމެއް ނާންނަކަމަށެވެ. ހިތްވަރަށްވެސް ބަދަލެއް ނާންނަކަމަށެވެ. އަދި ފާހަގަކުރެއްވީ ރައީސް މުއިއްްޒު ރިޔާސީ ބަޔާން އިއްވާއިރުގައިވެސް މެޖޯރިޓީ އޮންނާނީ އެމްޑީޕީގެ އަތުގައިކަމެވެ. މަޖިލީހުގެ ތެރެއިން ރައީސް ޖަވާބުދާރީ ކުރުވާނެކަަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: