ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރާއިރު ހދ އަތޮޅުގައި ރިސޯޓެއް ނެތް: ރާއީ

މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ
ޝެއާރކޮށްލާ ކަހަލަދޯ؟

ފަތުރުވެރިކަމަށް 50 އަހަރުފުރޭ ރަންޔޫބީލް ފާހަގަ ކުރާއިރު، ހދ އަތޮޅުގައި ރިސޯޓެއް ނެތުމުގެ ސަބަބުން އެކަމާ ކަންބޮޑުވެލައްވާ ކަމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

ރާއީ ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމްގެ ގޯލްޑަން އަހަރު ފާހަގަކުރަން ތައްޔާރުވަމުންދާއިރު މުޅި އަތޮޅުގެ ރައްޔިތުންނާއި މަޖިލިސް މެމްބަރުންގެ އިހުސާސްތައް ހުރިގޮތް ކަމާބެހޭ މުވައްސަސާތަކުގެ ވެރިންނާއި ސަރުކާރަށް އިހުސާސް ވޭތޯ ވިދާޅުވެފައެވެ. އަދި އެކަމުގެ އުއްމީދުގައި ހުންނެވި ކަމަށް ވިދާޅުވެ ރާއީގެ ޓްވީޓްގައި ޓޫރިޒަމް މިނިސްޓްރީ ވަނީ ޓެގް ކުރައްވާފައެވެ.

ރާއީ ކުރެއްވި ޓްވީޓްގައި ޓޫރިޒަމް އިންޑަސްޓްރީ އަށް 50 އަހަރުފުރުމާއި ގުޅިގެން މިމަހުގެ 29 ވަނަ ދުވަހު ކްރޮސްރޯޑްސްގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތުގެ ދައުވަތުކާޑުގެ ފޮޓޯ އެއް ވަނީ ހިއްސާ ކުރައްވާފައެވެ.

 

ފަތުރުވެރިކަމަށް 50 އަހަރު ފުރުން ސަރުކާރުން ފާހަގަ ކުރަމުންދާއިރު ރާއްޖޭގައި ގިނަ ރިސޯޓްތަކެއް ނުހުޅުވިފައިވާ ކަމަށް މީގެ ކުރިން ފަތުރުވެރިކަމާ ބެހޭ ވަޒީރު ޑރ އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ.

މައުސޫމް ވަނީ ފަތުރުވެރިކަމަށް ކުއްޔަށް ދޫކުރެވުނު 70 އެއްހާ ރިސޯޓް ގާވެފައިވާ ވާހަކަ މީގެކުރިން މަޖިލީހުގައި ވިދާޅުވެފައެވެ. މީގެ އިތުރުން ރިސޯޓް ތަކުގެ ކުލި ނުދައްކާ މައްސަލައިގައި މިހާތަނަށް 18 ރިސޯޓެއް މީގެ ކުރިން ކުލި ނުދައްކައިގެން ނޯޓިސް ދީފައިވާ ކަމަށް މައުސޫމް ވަނީ ވިދާޅުވެފައެވެ. އަދި ކުލި ނުދައްކާ ނަމަ ދައުލަތާއި ރައްޔިތުންގެ ހައްގުގައި އަޅަން ޖެހޭ ފިޔަވަޅެއް އެޅުމުގައި ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވީ ރިސޯޓެއް އިގްތިސާދަށް ވިސްނަވާއިރު ރިސޯޓެއްް ބަންދުކުރުމުގެ ސަބަބުން އެތައް މުއައްޒަފުންތަކެއްގެ ވަޒީފާ ގެންލިދާނެކަމަށެވެ. އެހެންކަމުން ރިސޯޓެއް ބަންދު ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށާއި އެހެންވެ، އެ ރިސޯޓުތަކާއި މަޝްވަރާކޮށް ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ދައުލަތުގެ އާމްދަނީގެ ބޮޑުބަޔަކީ ޓޫރިޒަމްގެ ފައިސާ ކަމަށް ވާއިރު، ނުލިބި ހުރި ފައިސާ ހޯދުމުގެ މަސައްކަތް ހުއްޓާ ނުލައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރިސޯޓްތަކުން ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ލިބެން ޖެހޭ ފައިސާގެ އަދަދު މިހާރު ވެސް 17 ބިލިއަނަށް އަރަކަމަށާއި އެއީ ގާތްގަނޑަކަށް ރާއްޖޭގެ އެއްއަހަރުގެ އާމްދަނީ އާއި އެއްވަރުގެ އަދަދެކަމުގައި ބައެއް ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

މިފަދައިން ރިސޯޓު ކުލި ނުދައްކާ މައްސަލަ ބޮޑުވެފައި ވަނިކޮށް، ރިސޯޓުތަކުގެ ބިމު ކުލި ކުޑަކުރުމަށް ޓޫރިޒަމް ގާނޫނަށް ސަރުކާރުން ކުރިން އިސްލާހެއް ހުށަހެޅި އެވެ. ނަމަވެސް އެ އިސްލާހާއެކު ދައުލަތަށް މާލީ ގޮތުން ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ގަވަރުނަރާއި މާލީ އިދާރާތަކުން ލަފާދިނުމާ ގުޅިގެން އެ އިސްލާހު އަނބުރާ ގެންދަން ވަނީ ނިންމައިފަ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: