ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ޓަވަރުތަކުގެ ފިނިޝިންގ ޚަރަދުގެ ބަދަލުގެ ގޮތުގައި ދިނުމަށް ވައުދުވި ރުފިޔާ ބަޖެޓުގައި ހިމަނާފައެއް ނުވޭ: ރާއީ

މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ.މުހައްމަދު މުޢިއްޒުއަށް އެންމެ ގިނައިން ވޯޓް ލިބިފައިވަނީ ހިޔާ ޓަވަރުތަކުންކަމަށާއި އެހެެން ނަމަވެސް ހުވާ ކުރެއްވުމަށްފަހު މިހާ ހިސާބަށް އައިސްފައިވާއިރު، ހިޔާ ޓަވަރުގެ ފިނިޝިންގއަށް ޚަރަދުވި 2 ލައްކަ ރުފިޔާ ދެއްވާނެކަަމަށް ކެމްޕޭން ތެރޭގައި ވެވަޑައިގެންނެވި ވައުދާއި މެދު އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވާ ކަމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

ރާއީ މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސް މަރުހަލާގައި ވާހަކަ ދައްދަކަވަމުންނެވެ. މީކާއިލް ހުށަހަޅާފައިވާ ކުއްލި މައްސަލައަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އެތައް ހާސް ރައްޔިތުންނަށްކަށް ދޫކޮށްފައިވާ ގޯއްޗާއި ފްލެޓުތަކާއި ގުޅޭގޮތުން އެކި ފަހަރުގެ މަތިން އެކި ވާހަކަ މިހާރުގެ ސަރުކާރުން ދައަކަމުން އަންނާތީ އެކަމާއި ގުޅޭ ގޮތުން ސަރުކާރުގެ ސިޔާސަތުތައް ސާފުކުރުމަށާއި ބޯހިޔާވަހިކަމުގެ ލިޔެކިއުން ލިބިފައިވާ އެންމެނަށް އެތަންތަން ވީ އެންމެ އަވަހަކަށް ހަވާލުކުރުމަށް ގޮވާ ހުށަހަޅާފައިވާ ކުއްލި މައްސަލައެކެވެ.

މީކާއިލްގެ ވާހަކައިގައި ކުރީގެ ސަރުކާރުން ދީފައިވާ ގޯއްޗާއި ފްލެޓުތައް އަތު ނުލާނެކަމަށް ރައީސް މުއިއްޒު ކެމްޕެއިންގެ ތެރޭގައި ވިދާޅުވެފައިވާއިރު. އަދި އެ ވައުދަށް އިތުބާރުކޮށް ގިނަ އަދަދެއްގެ މީހުން އެމަނިކުފާނަށް ވޯޓު ދެއްވާފައިވާއިރު، އައު ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ އަލީ ހައިދަރު އެންމެ ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބިންވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ ބައެއް ރަޖިސްޓްރީތައް ދެވިގެން ނުވާނެކަމަށް ވިދާޅުވިކަމަށް އޭނާ ވިދާޅުވިއެވެ.

މީކާއީލް ހުށަހެޅި ކުއްލި މައްސަލައަށް ތާއިދުކޮށް ރާއީގެ ވާހަކައިގައި މި ސަރުކާރު ގެނައުމަށް މާލެ ސަރަހައްދުން ރައީސް މުޢިއްޒުއަށް އެންމެ ގިނަ އަދަދެއްގެ ވޯޓް ލިބިވަޑަައިގެންފައިވަނީ ހިޔާ ޓަވަރުތަކުންކަމަށް ވިދާޅުވިއެވެ. ހިޔާ ޓަވަރުތަކުގެ ފިނިޝިންގ ނިންމުމަށް ދިޔަ ޚަރަދުގެ ގޮތުގައި ކޮންމެ އާއިލާއަކަށް 2 ލައްކަ ރުފިޔާ ދިނުމަށް ކެމްޕޭނުގައި ވައުދެވެފައިވާކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް ބަޖެޓް ފޮތުގައި އެ ކަން ހިމަނާފަ ނުވާ ކަމަށާއި، ހަމަ އެ ގޮތައް ވިނަރެސް ފްލެޓްގެ އަގު ކުޑަކުރައްވާނެކަމަށް ވިދާޅުވެފައިވާކަމަށްވެސް ރާއީ ވިދާޅުވިއެވެ. ނަމަވެސް އެކަމާއި ގުޅޭ އެއްވެސް ވާހަކައެއް ވެސް އަދި ރައީސް މުޢިއްޒު ނުދައްކަވާކަމަށް ވިދާޅުވިއެވެ. ނަމަވެސް އަޑު އިވެމުން ދަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ނެރެފައިވާ ފްލެޓް ލިސްޓުގައި ކަންބޮޑުވުންތަކެއް ހުރި ކަމުގެ ވާހަކަކަަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއީގެ ވާހަކައިގައި ވަނީ އެމްޑިޕީގެ މެމްބަރުންނަށް ރައީސް ޞާލިހްގެ ސަރުކާރުން ފްލެޓް ލިބިފައިވާކަމަށް ދެކެވޭ ވާހަކަ އެސީސީއާއި މިހާރުގެ ސަރުކާރުން ތަހުގީގުކޮށްދެއްވާ ރައްޔިތުންނަށް މިކަމުގެ ހަގީގަތް ހާމަކޮށްދިނުމަށް އެދިވަޑައިގެންފައެވެ. މިވަގުތު ބާރު އޮތީ މިހާރުގެ ސަރުކާރަށްކަމަށް ވާއިރު މެމްބަރުންގެ ބޮލުގައި އެޅިފައިވާ ތުހުމަތުގެ ހަގީގަތް ތަހުގީގު ކުރުމަށް އޭނާ ވަނީ މި ސަރުކާރަށް ގޮވާލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އޯކޭ ފައިސާ ނުދިނަސް. މިއަދުން ފެށިގެން ދެލައްކަ ހަމަވަންދެން ކުލިދައްކަން ނުޖެހޢ ގޮތަށް ނިންމާބަލަ. ކުރިން ކުލި ނުދައްކާ މީހުންނަށް ދެލައްކް އާއި ހަމައަށް ކަނޑާފައި ބާކީވާ ބައެއް ދައްކަންޖެހޭގޮތަށް ހެދިދާނެތާ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: