ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާތަނަށް ފަތުރުވެރިން ޒިޔާރާތްކުރި އަދަދު މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ އިތުރު!

ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 13.9 ޕަސަންޓް އިތުރުވެފައިވާކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީއިން ނެރެފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކޮށްފައިވަނީ ޖުމްލަ 1.3 މިލިއަން ފަތުރުވެރިންނެވެ. އޭގެ ތެރެއިން 862،666 ފަތުރުވެރިންނަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތްކުރާ ގައުމުތަކުގެ ފަތުރުވެރިންނެވެ. މިއީ މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 64 ޕަސަންޓެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތްކުރާ ގައުމުތަކުގެ ތެރެއިން، ފުރަތަމައިގައި އޮތީ ރަޝީޔާއެވެ. ރަޝިޔާއިން 155،068 ފަތުރުވެރިން އައިސްފައިވާއިރު، ދެވަނަގައި އޮތް އިންޑިއާއިން 155،068 ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފައިވެއެވެ. ޗައިނާ 138،229 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާއިރު، ހަތަރު ވަނައިގައި އޮތް އިނގިރޭސިވިލާތުން ޒިޔާރާތްކޮށްފައިވަނީ 107،523 ފަތުރުވެރިންނެވެ. 5 ވަނައިގައި އޮތީ ޖަރުމަނުވިލާތެވެ.

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 13.9 ޕަސަންޓް އިތުރުވެފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 1.1 މިލިއަން ފަތުރުވެރިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: