ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާގެ ފަތުރުވެރިން ރާއްޖެއައި އަދަދު ބައިލައްކައަށް ވުރެ މައްޗަށް!

ޗައިނާ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ މަންޒަރު: ފޮޓޯ/ ޗައިނާ އެމްބަސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާގެ ފަތުރުވެރިން ރާއްޖެއައި އަދަދު ބައިލައްކައަށް ވުރެ މައްޗަށް އަރައިފިއެވެ.

މި އަހަރު ފެށި ފަހުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމަކަށް ޗައިނާ ވަނީ ވެފައެވެ. މި މަހުގެ 21 ވަނަ ދުވަހާއި ހަމައަށް ޗައިނާއިން ރާއްޖެއައި ފަތުރުވެރިންގެ އަދަދު 49،769 އަށް އަރާފައިވާއިރު، މިހާރު މި އަދަދު 50،000 އަށްވުރެ ގިނަ މައްޗަށް އަރާނެކަން ޔަގީނެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން މިއަދު އާއްމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުން ފެބްރުއަރީ 21 ވަނަ ދުވަހުގެ ނިޔަލަަށް ރާއްޖެއަަށް 349،612 ފަތުރުވެރިން އައިސްފައި ވެއެވެ.

މި އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖެއަަށް އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާކިޔާއިރު، 16.3 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވެއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް ދެވަނައަަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަކަށް އިޓަލީ ވެފައިވާއިރު، އެ ގައުމުން ރާއްޖެއަށް 33،552 ފަތުރުވެރިން އައިސްފައިވެއެވެ. ލިސްޓުގެ ތިން ވަނައިގައި އޮތް ރަޝިޔާއިން ރާއްޖެއަށް 33،213 ފަތުރުވެރިން އައިސްފައި ވެއެވެ.

ރާއްޖޭގައި މިހާރު 180 ރިސޯޓެއް އޮަޕަރޭޝަނަށް ވަނީ ގެނެސްފައެވެ. އަދި 15 ހޯޓަލަކާއި، 829 ގެސްޓްހައުސްއެއް އޮޕަރޭޝަނަށް ގެނެސް ހިންގަމުން ދެއެވެ.

މި އަހަަރު ރާއްޖެއަށް ދެ މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ގެނައުމަށް ސަރުކާރުން އަމާޒުހިފާފައިވާކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: