ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރުގެ ނިޔަލަށް 2.3 މިލިއަން ފަތުރުވެރިން ރާއްޖެ ގެނެވޭނެ ކަމަށް އުއްމީދު ކުރަން: މިނިސްޓަރ ފައިސަލް

ފޮޓޯ: ވަގުތު އިމޭޖަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް މިހާރު ފަތުރުވެރިން އަންނަ އަދަދަށް ބަލައި މިއަހަރުގެ ނިޔަލަށް 2.3 މިލިއަން ފަތުރުވެރިން ރާއްޖެ ގެނެވޭނެކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޔޫތު “ހެކަތަން” އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ފައިސްލް ވިދާޅުވީ ކޯޑިންގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ހުނަރާ ގާބިލްކަން ޒުވާނުންގެ އެބަހުރިކަމަށެވެ. އަދި އެކަމަށް މީގެ ކުރިން މަސައްކަތްތަކެއް ކުރެވިފައި ނެތުމަކީ މި މަސައްކަތައް ޝައުގުވެރިކަން ހުރި ފަރާތްތަކުން މިދާއިރާއިން ކުރިއަށް ދިއުމަށް ދިމާވި ދަތިތަކެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ޓެކްނޮލޮޖީގެ ޒަރީޔާއިން ފުޅާވަމުންދާ ވިޔަފާރިތަކަށް ޒުވާނުން އަހުލުވެރިކޮށް އެ ރޮނގުން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ފުރުސަތު ފަހިކޮށްދީ އަދި މިހާރަށްވުރެ ބޮޑަށް ރާއްޖެ އިޝްތިހާރުކޮށް ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެކަމަށް ކުރެވޭ އުންމީދު ބޮޑުކަމަށެވެ.

މި ސަރުކާރުން ޒުވާނުން ބާރުވެރި ކުރުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެއީ ކުރިން އެއްވެސް ސަރުކާރަކުން ކޮށްފައިނުވާވަރުގެ ބޮޑު އަދި އެހާމެ މުހިންމު މަސައްކަތަކަށް ވެގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށްވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ފައިސަލް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީއާއެކު ކުރެވޭ މަސައްކަތުގައި މިފަހަރުގެ ޓާގެޓަކީ 2 މިލިއަން ކަމަށާއި އެހެންނަމަވެސް ޗައިނާ އަދި އިންޑިއަން މާކެޓު އެހުރިވަރުގަ ހިފެހެއްޓިއްޖެނަމަ ގާތްގަނޑަކަށް ޓޫރިސްޓު އެރައިވަލް މިއަހަރު 2.3 މިލިއަންގައި ހިފެހެއްޓޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން މިހާރުވެސް ރާއްޖޭގެ ޓޫރިޒަމް މާކެޓް ކުރުމުގައި އޮންލައިންކޮށް ކުރާ މަސައްކަތްތަކާއެކު މި ސިނާއަތަށް ގިނަ ފައިދަތަކެއް ކުރާނެ ކަމަށް ވިދާޅުވިއެވެ. އަދި ފައިސަލް ވިދާޅުވީ ޒުވާނުން ފަތުރުވެރިކަމުގެ ދާއިރާއިން ތަމްރީން ކުރުމުން އޮންލައިންކޮށް ރާއްޖެ އިސްތިހާރު ކުރެވޭނެ އިތުރު ގޮތްތައް ހަދައި އެކަމުގެ ސަބަބުން މި ސިނާއަތައް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: