ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޯ ސީޒަން ރިސޯޓުން ހޮސްޕިޓަލިޓީ ދާއިރާއަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކެއް ހިންގަނީ!

ފޯ ސީޒަންސް ރިސޯޓްސް ގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަސްވެނިވުން. ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިން ހޮސްޕިޓަލިޓީ ދާއިރާއަށް ތަމްރީނު ކުރުމަށް ހާއްސަ އެޕްރެންޓިސްޝިޕް ޕްރޮގުރާމްތަކެއްގައި ބައިވެރިވުމަށް ފޯ ސީޒަން ރިސޯޓުން ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމާއި ގުޅިގެން “ސަންގަށް” މައުލޫމާތު ދެއްވަމުން ފޯސީޒަން ރިސޯޓުގެ އެޕްރެންޓިސްޝިޕް އެންޑް ޓެލެންޓު އެކުއިސިޝަން މެނޭޖަރ ޔަޒީދު މުހައްމަދު ވިދާޅުވީމި ޕްރޮގްރާމާއި ގުޅޭ މައުލޫމާތާއި އިންޓަވިއު ކުރުން ކުރިއަށް ގެންދާނީ ރާއްޖޭގެ އާބާދީ ބޮޑު ހިސާބުތަކުގައިކަމަށެވެ.

މާލޭގައި މިކަންތައްތައް ކުރިއަށްދާނީ ޝީ ބިލްޑިންގގައި މި މަހުގެ 24 ވަނަ ދުވަހުގެ ހެނދުނުން ފެށިގެންކަމަށް ޔަޒީދު ވިދާޅުވިއެވެ. ނަމަވެސް ނަން ނޯޓު ކުރަން ނުޖެހޭނެކަމަށް މައުލޫމާތު ދީފައިވެއެވެ.

މާލޭގެ އިތުުރުން ޖުމްލަ 13 ރަށެއްގައި ހޮސްޕިޓަލިޓީ ދާއިރާގެ އެޕްރެންޓިސްޝިޕްގެ މައުލޫމާތު ދިނުން ކުރިއަށް ދާނެކަމަށް ޔަޒީދު ވިދާޅުވިއެވެ.

އެއީ:

  1. ކ. ހުރާ
  2. ރ. ދުވާފަރު
  3. ނ. ވެލިދޫ
  4. ބ. އޭދަފުށި
  5. ޅ. ނައިފަރު
  6. ޏ. ފުވައްމުލަށް
  7. ސ. ހުޅުމީދޫ
  8. ސ. ހިތަދޫ
  9. ހދ. ކުޅުދުއްފުށި
  10. ހއ. ދިއްދޫ
  11. ގދ. ތިނަދޫ
  12. ލ. ފޮނަދޫ
  13. ލ. މާވަށް

މި 13 ރަށުގެ ތެރެއިން ބައެއް ރަށްރަށުގައި މިހާރުވެސް މި ޕްރޮގްރާމާއި ގުޅޭ މައުލޫމާތު ހިއްސާ ކުރަމުންދާކަމަށް ޔަޒީދު ވިދާޅުވިއެވެ. މި ޕްރޮގްރާމް އެހެން ރަށްތަކަށް ފުޅާކުރުމަށް ރިކުއެސްޓް ލިބެމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބޮޑެތި ރަށް ރަށުގައި ޕްރޮގްރާމް ކުރިއަށް ގެންދާއިރު، އެއާއި ކައިރި ރަށްރަށުން ބައިވެރިވެވޭއިރު، އެ ކުދިން އައުމަށްޓައި ދަތުރުފަތުރު ހަމަޖައްސައިދެމުންދާކަމަށް ފާހަގަކޮށް ޔަޒީދު ވިދާޅުވީ މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް ވަޒީފާވެސް ހަމަޖެހިގެންދާނެކަމަށެވެ. ފޯ ސީޒަން ނޫން އިތުރު ރިސޯޓުތަކުންވެސް ފުރުސަތު ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ. މި ޕްރޮގްރާމްއަށް ގިނަ ރިސޯޓުތަކެއްގެ ތަރިހީބު ލިބެމުންދާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވާއިރު، ބޮޑު ތަރުހީބެއް ލިބުންކަމަށް އޭނާ ވިދާޅުވިއެވެ.

މިފަދަ ޕްރޮގްރާމްއެއް ކުރިއަށް ގެންދިއުމުގެ މަގްސަދުކަމަށް ޔަޒީދު ފާހަގަކުރީ ފަތުރުވެރިކަމުގެ ދާއިރާއަށް ގިނަ ދިވެހިން ނެރުމެވެ.

މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖޫން މަހުއެވެ. އަދި އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ޕްރޮގްރާމާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ލިބެނީ މި ޕްރޮގްރާމްއަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ، އިންސްޓަގްރާމް ޕޭޖުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: