ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރީ ރަޝީޔާއިން

ފޮޓޯ: ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރު މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރި ގައުމަކީ ރަޝިޔާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެ މިނިސްޓްރީން އިއްޔެ އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަހަރު ފެށުނީއްސުރެ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިިން ޒިޔާރަތްކޮށްފައިވަނީ ރަޝިޔާއިންނެވެ. އެގޮތުން ޖެނުއަރީ 24 އާ ހަމަޔަށް ރަޝިޔާއިން ވަނީ 16،043 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

އާއްމުކޮށްފައވާ ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ 24 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 146،674 ފަތުރުވެރިން އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާކިޔާއިރު، 10.3 އިންސައްތައިގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 133،011 ފަތުރުވެރިންނެވެ. ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ލިސްޓުގެ ދެވަނައިގައި އޮތް އިޓަލީން ރާއްޖެއަށް 15،405 ފަތުރުވެރިން އައިސްފައި ވެއެވެ. ޗައިނާއިން މި ލިސްޓުގެ ތިންވަނައަށް އަރާފައިވާއިރު އެގައުމުން ވަނީ 12،449 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ އަދި މިމަހު 21 އާ ހަމަޔަށް ލިސްޓުގެ ތިން ވަނައިގައި އޮތް އިނގިރޭސިވިލާތް މިވަނީ 12،288 ފަތުރުވެރިންނާއެކު ލިސްޓުގެ ހަތަރު ވަނައަށް ޖެހިލާފައެވެ.

އިންޑިއާގެ ފަތުރުވެރިން މިމަހު މަދުވަމުން އަންނަކަން ފާހަގަކުރެވެއެވެ. އެގޮތުން އަހަރު ފެށިގެންދިޔައިރު ލިސްޓުގެ 3 ވަނައިގައި އޮތް އިންޑިއާ މިވަނީ 11،424 ފަތުރުވެރިނަށް ބަދަލުވެ ލިސްޓުގެ ފަސްވަނައަށް ވެއްޓިފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު އިންޑިއާ ފަތުރުވެރިން މަދުވި ނަމަވެސް ޗައިނާއިން މިދަނީީ ލިސްޓުގެ ކުރިޔަށް ޖައްސަމުންނެވެ. ރާއްޖެއާ ޗައިނާ އޮންނަ ގުޅުން ބަދަހިވުމާއި ގުޅިގެން ރާއްޖެއަށް އަންނަ ޗައިނާ ފަތުރުވެރިންގެ އަދަދުތައްވެސް އިތުރު ކުރުމަށް ދެ ގައުމުގެ ސަރުކާރުންވެސް ދަނީ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

އެގޮތުން ދާދި ފަހުން ޗައިނާގެ އެއާލައިނަކުން އަލުން ރާއްޖެއަށް ދަތުރުތައް ވަނީ ފަށައިފައެވެ. މިހާރުވެސް ޗައިނާގެ 4 އެއާލައިނަކުން ރާއްޖެ ދަތުރު ކުރަމުން ދެއެވެ.

ރާއްޖޭގެ 180 ރިސޯޓެއް އޮޕަރޭޝަނަށް ގެނެސްފައިވާއިރު، 15 ހޮޓެލަކާއި، 809 ގެސްޓް ހައުސްގެ އިތުރުން، 140 ސަފާރީ އުޅަނދެއް އޮޕަރޭޝަނަަށް ގެނެސްފައިވެއެވެ.

މި އަހަރުގެ އަމާޒަކީ ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުން ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: