ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމިޓީން ލަފާ ދިނީ މަޖިލިސް އިންތިހާބުގެ ވޯޓުލުން ހެނދުނު 9 އިން ހަވީރު 5 އަށް ގެންދަން!

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެ ދުވަހުގެ ހެނދުނު ނުވައަކުން ހަވީރު ފަހެއް ޖެހުމުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ގައުމީ ލަފާދޭ ކޮމިޓީއިން އިލެކްޝަންސް ކޮމިޝަނަށް ހުށައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކޮށްދިނުމަށް ބައެއް ސިޔާސީ ޕާޓީތަކުން އެދިފައިވާއިރު، އިލަކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދިޔަ ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރުންވަނީ އިންތިހާބުަގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ފެނިވަޑައިގަންނަވާ ވަގުތު ހިއްސާކުރައްވާފައެވެ.

ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ޕާޓީތަކުންނާއި މުއައްސަސާތަކުން ވެސް ވަނީ ވޯޓުލުން ބޭއްވުމަށް ވަގުތެއްގެ ގޮތުގައި 9 އިން ހަވީރު 5 އެކަށީގެންވާކަމަށް ހިއްސާކޮށްފައެވެ. އާންމުކޮށް ވޯޓުލުން ހެނދުނު 8 ގައި ފެށިގެންދާއިރު، ގަޑިލަސްކޮށް ހުށައަޅާފައިވަނީ މިފަހަރުގެ އިންތިހާބުގެ ވޯޓުލާ ދުވަހަކީ ރޯދަމަހުގެ ތެރެއިން ދުވަހަކަށް ވުމުންނެވެ.

އެހެންކަމުން ވޯޓު ފޮށިތައް ބަންދުކުރުން ރޯދަ ވީއްލާ ގަޑިއާއި ދިމާވާނަމަ މައްސަލަތައް ފެންމަތިވުމުގެ ފުރުސަތު އޮތްކަމަށާއި ބަންދުކުރާ ވަގުތެއްގެ ގޮތުގައި 5 ޖަހާއިރު އެކަށީގެންވާކަމަށް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ފުލުހުންގެ މުއައްސަސާގެ މަންދޫބު ހިއްސާކުރެއްވިއެވެ.

އީސީ އިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނެ ވަގުތެއް ކަނޑައަޅާފައިވާއިރު، ޕީއެންއެފްއަށް ނިސްބަތްވެވަޑައިގަންނަވާ ކުރީގެ ނައިބުރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދުވަނީ ދާދި ފަހުން ބޭއްވި އެ ޕާޓީގެ ޖަލްސާގައިވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަމަހުގެ ތެރޭގައި ބޭއްވުމުގެ ސަބަބުން ވޯޓާރ ޓާން އައުޓްއަށް އަސަރުކުރާނެކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައިކަން ފާހަގަކުރެވެެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: