ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންއެފްގެ ފަރާތުން މަޖިލިސް އިންތިހާބުގެ ތާރީހް ފަސްކުރަން އެދިއްޖެ

ފޮޓޯ: ޕީއެންއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އުފައްދުމަށް މަސައްކަތް ކުރަމުންދާ އައު ސިޔާސީ ޕާޓީ ”ޕީޕަލްސް ނެޝަނަލް ފްރަންޓް“ (ޕީއެންއެފް)ގެ ފަރާތުން ރައްޔިތުންގެ މަޖިލީސް އިންތިހާބު ބާއްވަން ހަމަޖައްސާފައިވާ ތާރީހް ފަސްކުރުމަށް އެދިއްޖެއެވެ.

ޕީއެންއެފްގެ ފަރާތުން އިލެކްޝަން ކޮމިޝަން (އީސީ) އާއި ބައްދަލުކޮށް ތާރީހް ފަސްކުރަން އެދިފައިވަނީ ރޯދަ މަސްތެރޭގައި މަޖިލިސް އިންތިހާބު ބާއްވާފައިނަމަ ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭނެ ކަމަށް ފާހަގަކޮށެވެ. އެ ޕާޓީގެ ފަރާތުން ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މަލީހު ޖަމާލު ވިދާޅުވީ ރޯދަ މަސްތެރޭގައި އެ އިންތިހާބު ބާއްވައިފި ނަމަ ވޯޓާސް ޓާންއައުޓު ވަރަށްބޮޑަށް ދަށްވެގެންދާނެ ކަމަށެވެ.

އިންތިހާބުގައި ހަރަކާތްތެރިވާ މީހުންނަށްވެސް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހޭނެ ކަމަށް މަލީހު ވިދާޅުވިއެވެ. އަދި ރޯދަ މަސް ތެރޭގައި މަޖިލިސް އިންތިހާބު ބޭއްވުމުން ސިޔާސީ ބޮޑެތި ޕާޓީތަކުންވެސް އެކަމުގެ ކަންބޮޑުވުން ފާހަގަކޮށް އީސީއަށް އެ ޝަކުވާތައް ހުށަހަޅާ ކަމަށްވެސް މަލީހު ވިދާޅުވިއެވެ. އެހެންކަމުން މަލީހު ވިދާޅުވީ ބެލިބެލުމުން ގާނޫނުން އެކަމަށް ހުރަސް ނާޅާ ކަމަށާއި އަދި އިންތިހާބު ފަސްކުރަން އެދުނީ ގާނޫނުން އެކަމަށް ހުރަސް ނާޅާތީ ކަމަށެވެ.

މީގެއިތުރުން އީސީ އާއި ބައްދަލުކޮށް ދެކެވުނު ވާހަކަތަކުގައި އެޕާޓީގެ ފަރާތުން ވަނީ ޔާމީންގެ ޝަރީއަތް ނިމެންދެން ޕީއެންއެފް ރަޖިސްޓަރީ ކުރުމަށް މެންބަޝިޕް ފޯމުތައް ލުން ފަސްކޮށްފައި ވިޔަސް އެ ޕާޓީގެ ނަމުގައި މަޖިލިސް އިންތިހާބުގައި ވާދަކުރެވޭނެ ގޮތެއް ހައްދަވައިދެއްވުމަށެވެ.

މަޖިލިސް އިންތިހާބު ބާއްވަން ނިންމާފައި ވަނީ އަންނަ މާޗު މަހުގެ 17 ވަނަ ދުވަހުއެވެ. އެއީ ރޯދަ މަހުގެ ހަތް ވަނަ ދުވަހެވެ. މި ތާރީހުގައި އިންތިހާބު ބާއްވާތީ ގިނަ ސިޔާސީ ޕާޓީ ތަކުންވެސް މީގެ ކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެހެންނަމަވެސް އީސީގެ ފަރާތުން އެ ތާރީހު ކަނޑައަޅާފައިވަނީ ގިނަ މަޝްވަރާތަކެއް ކުރެވި އަދި މަޖިލިސް މެންބަރުންނާވެސް ބައްދަލުވުންތަކެއް ބޭއްވުމަށްފަހުއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: