ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދާއިރާގެ ރައްޔިތުންނަށް އަލެއް ނުވާނެ، ގާތުން މަސައްކަތްކޮށް ނަތީޖާ ނެރޭނެކަން އެނގޭނެ: ޝާޑު

ޕީއެންސީގެ ކެންޑިޑޭޓު ޝާހިދު: ފޮޓޯ/ ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި އާއި ދާއިރާގެ ރައްޔިތެއްގެ ހައިސިއްޔަތުން ކުރި މަސައްކަތުން ނަތީޖާ ނެރުނުކަން ދައްކައިދީފައި ވާތީ އިންތިހާބުގައި ގޮތް ނިންމަން ފަސޭހަވާނެކަމަށް ޕީއެންސީގެ ފަރާތުން ހުޅުދޫ ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓު މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެ އެވެ.

18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ހުޅުދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި ޝާހިދަކީ، ދާއިރާއަށް ވާދަކުރުމަށް ޕަރައިމެރީއަކާއި ނުލައި ޓިކެޓު ލިބުނު ކެންޑިޑޭޓެކެވެ. ރޭ އޮތް ޝާހިދުގެ ކެމްޕެއިން ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި، ދައުލަތުގެ ވަޒީރުން ބައިވެރިވަޑައިގެންނެވި އެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް ވެސް ގިނަ މަސައްކަތް ކުރި އެ ދާއިރާގެ ރައްޔިތުންގެ ހިތުގައި އެމަނިކުފާނަށް އޮތީ ހާއްސަ ލޮތްބަކާއި ގަދަރެއް ދެވިފައި ކަމަށެވެ.

ރިޔާސީ ކެމްޕެއިނުގައި ރަށަށް ވަޑައިގެން ރައީސް ވެވަޑައިގެންނެވި ވައުދުތައް ފާހަގަކުރައްވައި ޝާޙިދު ވިދާޅުވީ އެ ދުވަހު ރައްޔިތުން ރައީސަށް ހުށަހެޅި ޝަކުވާއަކީ ދާއިރާއަށް ބޭނުންވާ ތަރައްގީއާއި ހަރުދަނާ ކުރަން ޖެހޭ އަސާސީ ހިދުމަތްތައްކަމަށެވެ. ރިޔާސީ އިންތިހާބުގެ ނަތީޖާގެ ބޮޑު އަޣުލަބިއްޔަތެއް ރައީސް މުއިއްޒަށް ރައްޔިތުން ދިން ސަބަބަކީ އެކަން ކުރެވޭނެ ވެރިއަކީ އެމަނިކުފާނުކަމަށް ގަބޫލު ކުރާތީކަމަށް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އޭނާއަކީ އެ ދާއިރާގެ ރައްޔިތުންނަށް އައު މޫނަކަށް ނުވާނެކަމަށާއި، ދާއިރާގެ ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް ނަތީޖާ ވެސް ނެރެދީފައިވާނެކަމަށް ވިދާޅުވި އެވެ. އެހެންކަމުން ދާއިރާގެ ރައްޔިތުންނަށް ކުރިއަށް އޮތް އިންތިހާބުގައި އޭނާއަށް ތާއީދުކުރުން ފަސޭހަ ކަމަކަށް ވެގެންދާނެކަމަށްވެސް ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ، ހުޅުދޫގެ ރައްޔިތުން ވޭދުވެދިޔަ ދެތިން މަސް ދުވަހު ކުރަމުން އައިސްފައިވާ މަސައްކަތަކީ ސަރުކާރަށް އެއްބާރުލުން ދިނުންކަމަށާއި ރައީސް މުއިއްޒު ވެވަޑައިގެންފައިވަނީ ފައިދާކުރުވަނިވި ވައުދުތަކެއްކަން ރައްޔިތުންނަށް އެނގޭކަމަށްވެސް ވިދާޅުވިއެވެ.

ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ޝާހިދަކީ އެމަނިކުފާނުގެ 100 ޕަސަންޓް ތާއީދުއޮތް ފުރިހަމަ އިތުބާރުއޮތް އެމަނިކުފަނުގެ ކެންޑިޑޭޓް ކަމަށެވެ. އަދި ވިދާޅުވީ ހުޅުދޫގެ ތަރައްޤީއަށް އެންމެ ބޮޑު އެއްބާރުލުން ދެއްވާނެ ހަމައެކަނި ކެންޑިޑޭޓަކީ އެއީ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: