ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިކަމުގެ ސިނާއަތުގައި ފަންނާނުންގެ މަގާމު ކަށަވަރުވެގެންދާނެ: އަސްވާޑު

ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް).
ޝެއާރކޮށްލާ ކަހަލަދޯ؟

ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހި ފަންނާނުންގެ ޖާގަ ކަށަވަރުވެގެންދާނެކަން ޔަގީންވެވަވައިގަންނަވާކަމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގެ ތެރެއިން ދިވެހި ފަންނާނުންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށްޓަކައި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ކަމާއި ގުޅޭ ފަރާތްތަކާއި ބައްދަލުކުރައްވާނެކަން ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އެކްސް މެދުވެރިކޮށް އިއުލާނު ކުރެއްވުމާއިއެކު އަސްވާޑު ވަނީ ފައިސަލްގެ ވާހަކަތަކަށާް އަލިއަޅުއްވައި ޕޯސްޓެކުރައްވާފައެވެ.

ޒުވާނުންގެ ވަޒީރު ވިދާޅުވީ، ދިވެހިންގެ ރާއްޖޭގައި ފަންނުގެ ދާއިރާ ކުރިއަރުވާނީ ދިވެހިންކަމަށެވެ. އަސްވާޑު ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތުގެ ތެރޭގައި ދިވެހި ފަންނާނުނަށް ކަށަވަރު މަގާމުތައް މިނިސްޓަރ ފައިސަލްގެ ބެއްލެވުމުގެ ދަށުން ކަނޑައެޅި ހާސިލުކުރެވިގެންދާނެކަމުގެ ޔަގީންކަން އޮތްކަމަސެވެ.

ދިވެހި ފަންނާނުންގެ ކަންބޮޑުވުންތައް ހައްލުކުރުމަށްޓަކައި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މަސައްކަތްތައް ކުރެވިގެންދާނެކަން މިނިސްޓަރު އަސްވާޑު ހިއްސާކުރެއްވިއިރު، މި ދާއިރާ ކުރިއެރުވުމުގެ ގޮތުން ސަރުކާރުންވަނީ މީޑިއާ ވިލެޖެއް ގާއިމުކުރުމުގެ މަސައްކަތްތައް ފަށާފައިވަކަމަށްވާއިރު، ފަތުރުވެރިކަމުގެ ސިނާއަތުގެ ތެރޭގައި މުއިއުޒިކު ކުޅުން ފަދަ ބައެއް ކަންކަން ދިވެހިންނަށް ހާއްސަ ވަޒީފާތަކުގެ ގޮތުގައި ކަނޑައަޅުއްވައިދެއްވުމަށް ރައީސް މުއިއްޒުވަނީ ކެމްޕެއިންގެ ތެރެއިން ވައުދުވެވަޑައިގެންފައިކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: