ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމީ އެޕްރެންޓިސްޝިޕު ޕްރޮގްރާމްގެ ދަށުން އަމަލީ ތަޖުރިބާ އަދި ސެޓިފިކޭޝަންވެސް ލިބޭނެ!

ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު: ފޮޓޯ/ މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ފަށާފައިވާ ގައުމީ އެޕްރެންޓިސްޝިޕު ޕްރޮގްރާމުގެ ބައިވެރިންނަށް އަމަލީ ތަޖުރިބާތައް ހާސިލުކުރަމުންދާއިރު ގައުމީ ފެންވަރުގެ ސެޓިފިކޭޝަންވެސް ލިބިގަތުމުގެ އިންތިޒާމުތައްވެސް ހަމަޖެހިފައިވާކަމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވެއްޖެއެވެ.

ސަރުކާރުން މެރިއަޓް އިންޓަރނޭޝަނަލްއާއި ގުޅިގެން ފަށާފައިވާ ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމާއި ގުޅޭގޮތުން އެ މަސައްކަތްތައް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަސްވާޑު ވިދާޅުވީ، އެ ކުންފުނިން މި މަސައްކަތްތަކުގައި ރާއްޖެއާއިއެކު ޝާމިލުވެފައިވުމުން ޒުވާނުން ކުރިއަރުވައި ބާރުވެރިކުރުމަށާއި ގައުމު ކުރިއެރުވުމަށް ގުޅިގެން މަސައްކަތްތައް ކުރުމަށް ދޭ އަހައްމިއްޔަތު ފެނިގެންދާނެކަމަށެވެ.

އަސްވާޑު ވިދާޅުވީ، ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނުވަތަ އެން.އޭ.ޕީ އަކީ ރާއްޖޭގެ ޒުވާނުންގެ ކުރިމަގު އަލުން ބައްޓަންކުރާނެވަރުގެ ބޮޑެތި ބަދަލުތަކެއް ގެންނާނެ މަސައްކަތްތަކެއްކަމަށެވެ. އެހެންކަމުން އެ މަސައްކަތްތައް އިފްތިތާހުކުރުގެ ޖަލްސާގައި ވާހަކަދައްކަވަން ލިބިވަޑައިގަތުމަކީ ބޮޑު ޝަރަފެއްކަމަށް ހިއްސާކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ސަރުކާރުގެ އިސްނެގުމުގެ މަތިން މެރިއަޓް އިންޓަރނޭޝަނަލް އާއި ގުޅިގެން ފަށާފައިވާ މި މަސައްކަތްތައް ފަރުމާކުރެވިފައިވަނީ ރާއްޖޭގެ ޒުވާނުނަށް ހޮސްޕިޓާލިޓީ ދާއިރާގައި ކާމިޔާބީ ހާސިލުކުރުމަށް ބޭނުންވާނެ ތަމްރީނުތަކާއި މުހިންމު ހުނަރުތައް ލިބިގަތުމުގެ މަގުފަހިވެގެންދާނެ ގޮތަށްކަމަށާއި އެންއޭޕީގެ ތެރެއިން އަމަލީ ތަޖުރިބާގެ އިތުރުން އެހެނިހެން ގިނަ ގޮތްތަކަށް ތައުލީމާއި ތަޖުރިބާތައް ހޯދުމަށް ފަހިވާނެ އިންތިޒާމުތައް ހަމަޖެހިފައިވެނެކަމަށް ހާމަކުރެއްވިއެވެ.

އަސްވާޑު ވިދާޅުވީ، އީޖާދީ ވިސްނުމެއްގެ މަތިން ރާވާފައިވާ މި މަސައްކަތްތައް މެދުވެރިކޮށް އެޕްރެންޓިސުންގެ ގޮތުގައި ބައިވެރިވާ ޒުވާނުންނަށް ގައުމީ ފެންވަރުގެ ސެޓިފިކޭޝަން ލިބިގަތުމަށް ފުރުސަތު ހުޅުވިގެންދާކަމަށާއި އެހެންކަމުން ޕްރޮގްރާމް ނިމިގެންދާއިރު މަސައްކަތުގެ ހަޔާތެއް ބިނާކުރުމަށްޓަކައި ބޭނުންވާ ބިންގާ އެޅިގެންދާނެކަމަށްވެސް ފާހަގަކުރެއްވިއެވެ. އަދި މިއީ ރާއްޖޭގައި ގާބިލު ވަރުގަދަ މަސައްކަތްތެރިންތަކެއް ބިނާވެގެންދާނެކަން ކަށަވަރުކުރުމަށް މީގެ ކުރިން ކުރަމުން އައިސްފައިވާ މަސައްކަތްތަކުގެ މިސްރާބުވެސް މުޅިން ބަދަލުކޮށްލާނެ ފަދަ ޕްރޮގްރާމެއްކަމަށް ސިފަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، މެރިއަޓް އިންޓަރނޭޝަނަލް އިން ރާއްޖެއާއިއެކު ބައިވެރިވުމަށް ނިންމާފައިވުމަށާއި އެ ކުންފުނިން ރާއްޖޭގެ މަސައްކަތްތަކުގައި ކެނޑިނޭޅި ދެމުންދާ އެއްބާރުލުމަށްވެސް ޝުކުރު އަދާކުރައްވާކަމަށެވެ. އަދި ގުޅިގެން ފަށާފައިވާ މި މަސައްކަތަކީ ހަމައެކަނި ލިޔެކިއުމުގައި ކޮށްލެވޭ ސޮޔެއް ނޫންކަމަށާއި ފެށިފައިވަނީ އަހައްމިއްޔަތު ދީގެން ރާއްޖޭގެ ހޮސްޕިޓާލިޓީ ދާއިރާގައި ހުރި ހުނަރުތައް ދެނެގަނެ އެކަންކަން އިތުރަށް ފުޅާކުރުމުގެ އިހުލާސްތެރި މަސައްކަތްތައް ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، 10 މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާނެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ތެރެއިން ޒުވާން ބައިވެރިނަށް ރިސޯޓު އޮޕަރޭޝްއާއި ގުޅޭ އަގުހުރި މައުލޫމާތު ލިބި ތަޖުރިބާތައް ކުރެވިގެންދާނެކަމަށާއި އެއާއިއެކު ދާއިރާއާއި ގުޅޭގޮތުން މައުލޫމާތު އުންގަންނައިދިނުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދާނެކަމަށް ވިދާޅުވިއެވެ. އަދި ގާބިލުކަމާއި ހުނަރު ހާސިލުކުރުމުގެ ގޮތުން ބައިވެރިން ފަށާ މި ދަތުރު ނިމިގެންދާނީ ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންތު އޮތޯރިޓީ އިން އެންޑޯސްކުރާ ލެވެލް ތްރީ ސެޓިފިކެޓު ލިބިގަތުމާއިއެކުކަމަށްވެސް ވިދާޅުވިއެވެ.

އަސްވާޑު ވިދާޅުވީ، ޕްރޮގްރާމްގެ ތެރެއިން ހޮސްޕިޓާލިޓީ ދާއިރާއަށް ހާއްސަ، ކޮންމެހެންވެސް ބޭނުންތެރި އެތައް މަސައްކަތެއްގެ މައްޗަށް އަލިއެޅުވިގެންދާނެކަމަށެވެ. އެގޮތުން ފްރޮންޓް އޮފީސް މަސައްކަތްތަކުން ފެށިގެން ކެއްކުމުގެ ދާއިރާގެ ތަޖުރިބާތައް ކުރުމަށްވެސް ފުރުސަތު ލިބިގެންދާނެކަމަށާއި ހަައުސްކީޕިންގް އަދި ލައިފްގާޑުކުރުމުގެ މަސައްކަތްތައް ދަސްކުރުމަށްވެސް ބައިވެރިންނަށް ފުރުސަތު ލިބިގެންދާނެކަމަށް މައުލޫމާތު ދެއްވިއެވެ. އަސްވާޑު ވިދާޅުވީ، ތަފާތު ގޮތަކަށް އިންތިޒާމުކުރެވިފައިވާ މި ޕްގްރާމްގެ މުއްދަތު ނިމިގެންދާއިރު ބައިވެރިންނަށް ގައުމީ ފެންވަރުގެ ސެޓިފިކެޓެއްވެސް ހާސިލުކުރުމުގެ މަގުފަހިވެފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: