ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫތު ހެކަތަންގެ ތެރެއިން ޒުވާނުންގެ ފަރާތުން ރަނގަޅު މަސައްކަތްތަކެއް ފެނިގެންދާނެ: މިނިސްޓަރު އަސްވާޑު

ޔޫތު މިނިސްޓަރު އަސްވާޑު: ފޮޓޯ/ ޔޫތު މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އިނޮވޭޓިވް މާކެޓް ޕޭލްސް ޗެލެންޖާއި ކްރައޭޓާރ އިކޮނޮމީ ޗެލެންޖައިވެސް ދިވެހި ޒުވާނުންގެ ފަރާތުން ވަރަށް ރަނގަޅު ބޮޑެތި މަސައްކަތަކެއް ފެނިގެންދާނެކަން ޔަގީންވެވަޑައިގަންނަވާކަމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ.

ޔޫތް ހެކަތަން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަސްވާޑު ވަނީ ދިވެހި ޒުވާނުންގެ ތެރޭގައި ޒަމާނީ ވަސީލަތްތަކާއި ކަންކަމަށް ޝައުގުވެރިކަން އޮތް މިންގަނޑުގެ މައްޗަށް އަލިއަޅުއްވާފައެވެ. މިނިސްޓަރ ވިދާޅުވީ، ދުނިޔެ މައްޗަށް އަންނަމުންދާ ބަދަލުތަކަށް ބަލާލުމުން ޓެކްނޮލޮޖީއާއި ނުލައި ނޫޅެވޭ ހިސާބަށް ކަންކަން ގޮސްފައިވާކަން ފާހަގަކުރެއްވޭކަމަށެވެ.

އަސްވާޑު ވިދާޅުވީ، މިއަދު ކޮންމެ ކަމެއް ކުރަން ބޭނުންވި ނަމަވެސް އެޕްލިކޭޝަނެއްގެ އެހީ ހޯދަންޖެހޭކަމަށާއި އާންމު ހަޔާތާއި އޮފީސް މާހައުލުގައިވެސް މިއަދު ބޭނުންކުރަންޖެހޭއިރު، މުޖުތަމައުގެ ތެރޭގައި އެކަކު އަނެކާގެ ދެމެދު ގުޅުން ބަދަހިކުރުމުގެ ގޮތުންވެސް އިންޓަރނެޓް އަދި ޓެކްނޮލޮޖީގެ ބޭނުން ހިފަންޖެހޭކަމަށް ވިދާޅުވިއެވެ.މިނިސްޓަރު ވިދާޅުވީ، ދިވެހި ޒުވާނުންގެ ބޭނުން ސަރުކާރަށް ފެންނަކަމަށާއި ގިނަ އަދަދެއްގެ ސޯޝަލް އެޕްލިކޭޝަންތައް ހަދައި ކާމިޔާބީތައްވެސް ހާސިލުކުރަމުންދާ މަންޒަރު ފެނިވަޑައިގަންނަވާކަމަށެވެ.

އަސްވާޑު ވިދާޅުވީ، ރާއްޖެއަކީ މީހުން މަދު ތަނެއް ނަމަވެސް ދިވެހި ޒުވާނުންނަކީ ވަރަށް ކްރިއޭޓިވް ބައެއްކަން ޒުވާނުންގެ މަސައްކަތްތަކުންނާއި ބައިނަލްއަގުވާމީ މައިދާނުގައިވެސް ހޯދަމުންދާ ވަނަތަނުން ފެނިގެންދާކަމަށް ފާހަގަކުރެއްވިއެވެ.

ޔޫތު ހެކަތަންގެ ހަރަކާތްތަކާއިމެދުވެސް އަސްވާޑުވަނީ މި ފުރުސަތުގައި ވާހަކަދައްކަވާފައެވެ. މިނިސްޓަރު ވިދާޅުވީ، ޒުވާނުންގެ ފަރާތުން ޒުވާނުންނަށް ހައްލެއް ގެނައުމަށް ބޭނުން ޖެހިފައިވާ އެއްކަމަކީ މެންޓަލް ހެލްތާއި ކުރަމުންދާ ހަނގުރާމަކަމަށާއި މެންޓަލް ހެލްތު ހެލްތު ޗެލެންޖުގެ ތެރެއިން ޒުވާނުން މުއައްސަސާތަކަށް ރަނގަޅު ފަރުވާއެއް ހޯދައިދޭނެކަމަށް ގަބޫލުކުރައްވާކަމަށެވެ.

ދިވެހި ޒުވާނުންކީ އިނަވޭޓިވް މަސައްކަތްތަކަށާއި ވިޔަފާރީގެ ދާއިރާއް އިންތިހާއަށް ޝައުގުވެރިވާ ބައެއްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިއަދު ޒުވާނުންގެ އިންސައްތަ ރާއްޖޭގައި ދުވަހުން ދުވަހަކަށް އިތުރުވަމުން އަންނަކަމަށްވުމުން އިނަވޭޓިވް މާކެޓު ޕްލޭސް ޗެލެންޖާއި ކްރިއޭޓަރ އިކަނަމީ ޗެލެންޖްގައިވެސް ވަރަށް ރަނގަޅު ވަރަށް ބޮޑެތި މަސައްކަތްތަކެއް ޒުވާނުންގެ ފަރާތުން ފެނިގެންދާނެކަން ޔަގީންވެވަޑައިގަންނަވާކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: