ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެމްބަރުންގެ މުސާރަ ބޮޑުކުރަން ޑިމޮކްރެޓުންގެ ތާއީދެއް ނެތް: އިންތި

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި).
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ބޮޑުކުރުމަކީ ޑިމޮކްރެޓުން ބަލައިގަންނަކަމެއް ނޫންކަމަށް މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިމްތިޔާޒް ވިދާޅުވީ، ކުރިން އެމްޑީޕީގެ މެމްބަރުންތަކެއް މަޖިލިސް މެމްބަރުންގެ މުސާރަ ބޮޑުކުރުމުގެ މަސައްކަތްތައް ކުރަމުންދިޔަ ނަމަވެސް މިހާރު އެ މަސައްކަތްތައް ކުރަމުން އަންނަކަން ޔަގީންވެވަޑައިނުގަންނަވާކަމަށެވެ.

އިމްތިޔާޒް ވިދާޅުވީ، އެ މަސައްކަތްތައް ކުރިން ގެންގުޅުނު ވިސްނުމުގެ މަތިން ކުރިއަށް ގެންދާކަމަށް ގަބޫލުނުކުރެއްވޭކަމަށާއި އޭނާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީ ދަ ޑިމޮކްރެޓްސްއިން އެ މަސައްކަތްތައް ބަލައިނުގަންނަކަންވެސް ހިއްސާކުރެއްވިއެވެ. އޭނާ ވިދާޅުވީ، ޑިމޮކްރެޓުސް އިންވާނީ އެކަމާއި ގުޅިގެން މީގެ ކުރިން ނޫސް ބަޔާންވެސް ނެރިފައިކަމަށެވެ.

އިމްތިޔާޒް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ އިތުރަށް ބޮޑުކުރުމަކީ ޑިމޮކްރެޓްސްއަށް ގަބޫލުކުރެވޭ ކަމެއް ނޫންކަން ބަޔާންކޮށްފައިވާނެކަމަށެވެ. އަދި ހާއްސަ ގޮތެއްގައި ރާއްޖޭގެ އިގްތިސާދާއި މާލިއްޔާ ނާޒުކު ހާލަތެއްގައި އޮތް އިރު އެފަދަ ކަމެއް ގަބޫލުނުކުރައްވާނެކަމަށް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ޑިމޮކްރެޓްސްއާއި އެމްޑީޕީއިންވެސް މިހާރު އެ ވާހަކަތައް ދައްކާ އަޑު ނީވޭނެކަމަށާއި އެހެންކަމުން މިވަގުތު އެއީ މައްސަލައެއްގެ ގޮތުގައި ފެންމަތިވެދާނެ ކަމެއްކަމަށް ދެކިވަޑައިނުގަންނަވާކަމަށް ހިއްސާކުރެއްވިއެވެ.

އިމްތިޔާޒް ވިދާޅުވީ، އެމްޑީޕީއިންވާނީ އެ ޕާޓީއިން މީގެ ކުރިން އެ މަސައްކަތްތައް ކުރަމުން އައިސްފައިވާ ސަބަބުވެސް ހިއްސާކޮށްފައިކަމަށެވެ. އޭނާ ވިދާޅުވީ އެއީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ކުރެވެމުންދިޔަ މަސައްކަތްތަކެއްކަމަށާއި ކުރެވެމުންދިޔައީ ހުރިހާ މުއައްސަސާއެއްގެ ދެމެދު މުސާރަތައް ހަމަހަމަ ކުރުމުގެ މަސައްކަތްތަކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީއިން ކުރަމުން އައި މަސައްކަތްތައް ސީދާ ސާފުވެވަޑައިނުގަންނަވާކަަމަށެވެ. އެހެންނަމަވެސް މީގެ ކުރިންވެސް ޑިމޮކްރެޓްސްއިން މުސާރައިގެ ކުރިއެރުންތަކެއް ހޯދުމަށް ތާއީދުކޮށްފައިނުވާނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: