ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯ ގުރޫޕުގެ ބައްދަލުވުން އިންޑިއާގައި؛ އިތުރު ތަފްސީލެއް ނެތް!

އިންޑިއާގެ ސަފީރު ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ވަދެވަޑައިގަންނަވަނީ - ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ސިފައިން ރާއްޖެއިން ފޮނުވާލުމަށް ކުރާ މަސައްކަތުގައި އިތުރު ބައްދަލުވުމެއް މިއަދު އިންޑިއާގެ ނިއުދިއްލީގައި ފަށައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ މިއީ ދެ ގައުމުގެ ކޯ ގުރޫޕުގެ ދެވަނަ ބައްދަލުވުން ކަމަށެވެ. އެ މަޝްވަރާގެ އިތުރު ތަފްސީލެއް އަދި ފޮރިން މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

ދެ ގައުމުގެ ދެމެދުގައިވެފައިވާ އެކި އެއްބަސްވުންތަކުގެ ދަށުން ރާއްޖޭގައި އިންޑިއާގެ ސިފައިން ދިގު މުއްދަތަކަށް ގާއިމުވެތިބުމަށް ޖާގަދޭކަމަށް ބުނެ މިދިޔަ ފަސް އަހަރުގެ ތެރޭގައި ގިނަ އިހުތިޖާޖުތަކެއް ދިޔަ އެވެ. އަދި ސަރުކާރު ބަދަލު ކުރުމަށް ކުރި ކެމްޕެއިންތަކާއި، ބޭއްވި ޖަލްސާތަކުގައި އެންމެ ބޮޑަށް ދެކެވުނު ވާހަކައަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް އެކުލަވާލާފައި ހުރި އެއްބަސްވުންތައް ރިވިއު ކުރުމަށް ފަހު ސިފައިން ފޮނުވާލާނެ ކަމަށެވެ.

ވެރިކަމަށް އައުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، އިންޑިއާގެ ސިފައިން ފޮނުވާލުމަށް ރަސްމީ ގޮތުން ހުށަހަޅުއްވާފަ އެވެ. އެގޮތުން މިދިޔަ ދޮޅުމަހެއްގެ ތެރޭގައި އިންޑިއާ – ރާއްޖެ ދެމެދު ހައިލެވެލް އެކި މަޝްވަރާތަކެއް ކުރިޔަށް ދިޔައިރު ދިވެހި ސަރުކާރުން ބުނެފައި ވަނީ އެކަމުގައި އިންޑިއާގެ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދީފައިވާކަމަށެވެ.

ސިފައިން ފޮނުވާލަން ބޭނުންވާ ފަހު ތާރީހެއްގެ ގޮތުގައި މާޗު މަހުގެ 14 ވަނަ ދުވަސް ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ހުށަހަޅާފައިވާއިރު މިހާތަނަށް އައިއިރު ސިފައިންގެ ޖުމްލަ އަދަދެއް ސާފެއް ނޫނެވެ. އެންމެ ފަހުން ސަރުކާރުން ދިން މައުލޫމާތުތަކުގައި ބުނީ، ސިފައިންގެ އަދަދަކީ 88 ކަމަށާއި އެ އަދަދަށް ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށެވެ.

މިދިޔަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު އިންޑިއާ – ރާއްޖެ ދެމެދު ކުރިޔަށް ދިޔަ ހައިލެވެލް މަޝްވަރާއަށް ފަހު މާ ތަފްސީލީ މައުލޫމާތުތަކެއް ހާމައެއް ނުކުރެ އެވެ. އެކަމަކު ދެ ގައުމުން ވެސް މަޝްވަރާތަކުގެ ބަޔާން އާންމުކުރިއިރު ތަފްސީލެއް ލިބެން ހުރީ އިންޑިއާގެ އެކްސްޓާނަލް އެފެއާސް މިނިސްޓްރީގެ ބަޔާނުގަ އެވެ. އިންޑިއާގެ ސިފައިން ފޮނުވާލުމަށް އިންޑިއާ އެއްބަސްވާކަމަށް ސަރުކާރުގެ ބަޔާނުގައިވީ ނަމަވެސް އިންޑިއާގެ ބަޔާނުގައި ބުނެފައި ވަނީ ދެ ގައުމުގެ ދެމެދުގައި މަޝްވަރާތައް ކުރުމަށް ފަހު މެޑިކަލް އިވެކުއޭޝަންތައް ހުއްޓާނުލައި ކުރިޔަށް ދެވޭނެ ގޮތެއް ހޯދަން ހުށަހެޅި ކަމަށެވެ. އެކަމަކު އެކަމުގެ އެއްވެސް މައުލޫމާތެއް ރާއްޖޭގެ އިދާރާއަކުން އާންމު ނުކުރެ އެވެ.

އޭގެ ފަހުން މިއަދު އަނެއްކާވެސް އިންޑިއާގެ މީޑިއާތަކުން ވަނީ، ރާއްޖޭގެ ޓީމު މިވަގުތު ތިބީ އެގައުމުގައިކަމަށް ރިޕޯޓުކޮށްފަ އެވެ. މި ބައްދަލުވުންތަކާއި ގުޅޭ މާބޮޑު ތަފްސީލެއް އަދިވެސް ލިބިފައި ނުވާތީ ވެ ނޫސްވެރިން ވަނީ ކަންބޮޑުންފާޅުކޮށްފަ އެވެ.

އެކަމާ ގުޅޭގޮތުން އިންޑިއާ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖެއިސްވާލް ވިދާޅުވީ ދެ ގައުމުގެ މެދުގައި ކޯ ގުރޫޕެއް އުފައްދައި މަޝްވަރާތައް ފެށުނީ އާދީއްތަ ދުވަހު ކަމަށެވެ.

އޭނާ ވަނީ އިންޑިއާއިން ދީފައިވާ ދެ ހެލިކޮޕްޓަރާއި، ޑޯނިއާ މަތިންދާ ބޯޓުގެ އޮޕަރޭޝަންތައް ނުހުއްޓި ކުރިޔަށް ދެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ހުށަހެޅުނުކަމަށް ވިދާޅުވެފަ އެވެ.

އިންޑިއާގެ ހުށަހެޅުމަކީ ބައްދަލުވުންތަކުގައި މެޑިވެކް ހުއްޓާނުލުން ނަމަވެސް ދާދިފަހުން ދިވެހި ސަރުކާރުން ވަނީ ކުއްލި ހާލަތްތަކުގައި ބަލި މީހުން ލަންކާއަށް ގެންދިއުމުގެ މަޝްވަރާތައްކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: