ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިހި އަހަރުގެ ކާމިޔާބީގެ ފަހަތުގައި ވަނީ ކަސްޓަމަރުންގެ އިތުބާރު، ހިދުމަތުގައި ދެމިތިބޭނަން: ކްލިކް ކޮމްޕިއުޓާސް

ކްލިކްއަށް 20 އަހަރު ފާހަގަކުރުމަށް ބޭއްވި ހާއްސަ ހަފްލާގެ ތެރެއިން/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކްލިކް ކޮމްޕިއުޓާސް އަބަދުވެސް މަސައްކަތް ކުރާނީ ކަސްޓަމަރުންނާއި ވީހާވެސް ގާތުން ކޮލިޓީއަށް އެއްވެސް ބަދަލެއް ނައިސް އަގުހެޔޮ ކޮމްޕިއުޓާރ ސާމާނުތައް ފޯރުކޮށްދިނުމަށްކަމަށް އެ ކުންފުނިން ބުނެފި އެވެ،

ކްލިކްއަށް 20 އަހަރު ފާހަގަކުރުމަށް މިރޭ ދަރުމަވަންތަ 24 ވަނަ ފަންގިފިލާގައި ހާއްސަ ހަފްލާއެއް ބޭއްވިއިރު އެ ކުންފުނިން ވަނީ ވޭތުވެ ދިޔަ އަހަރުތަކުގައި ހިދުމަތް ކުރި އަދި މިހާރު ވެސް ހިދުމަތް ކުރަމުންދާ މުވައްޒަފުންގެ އަގުވަޒަންކޮށްގަ އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރިއުމަން މުހައްމަދު ޒާހިރު ވަނީ މިއަދު ފާހަގަކުރަމުން ދަނީ ކުންފުނީގެ އެތައް އަހަރެއްގެ ބުރަ މަސައްކަތާއި އޭގެ ނަތީޖާކަން ފާހަގަކުރައްވާފަ އެވެ. ތިން އެކުވެރިއެއް ފެށި މި މަސައްކަތް ފުޅާކުރެވި، އާދެވިފައި ވަނީ ކޮމްޕިއުޓަރ ހާޑްވެއާ އަދި އެކްސެސަރީސްގެ ވިޔަފާރީގެ މުޅިން އާ ހަރުފަތަކަށްކަމަށް ރިއުމަން ވިދާޅުވި އެވެ.

ފެށިގެން އައީ ކުޑަ ވިޔަފާރިއެއް ނަމަވެސް، އެއީ ވަރަށް ބޮޑު އަޒުމަކާއި ހުވަފެންތަކެއް ދެކި ކުރެވުނު މަސައްކަތެއްކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކުންފުނީގެ އެންމެ ބޮޑު އަމާޒަކަށްވީ ވިޔަފާރިއެއްގައި ހިފަހައްޓަން ޖެހޭ ހަމަތަކާއި އަހުލާގާއި އެކު ކަސްޓަމަރުންނަށް ހެޔޮއަގެއްގައި ކޮމްޕިއުޓަރ ސާމާނު ފޯރުކޮށްދިނުންކަމަށް ރިއުމަން ވިދާޅުވި އެވެ.

މިދިޔަ ވިހި އަހަރު އަޅުގަނޑުމެންގެ އަމާޒަކަށް ވީ ކަސްޓަމަރުންގެ އިތުބާރާއި ޔަގީންކަން ހޯދުން.. ދިމާވި އެތައް ދަތި އުނދަގޫ ދުވަސްތަކެއްގެ ތެރެއިން އަޅުގަނޑުމެންނަށް އެތައް ކާމިޔާބީއެއް ހޯދިއްޖެ… ކަސްޓަމަރުން އަޅުގަނޑުމެންނަށް ފުރިހަމަ އިތުބާރު ކުރޭ.. ކުޑަކުޑަ ވިޔަފާރިއެއް ދުވަހުން ދުވަހަށް ވަރުގަދަވެ، މިއަދު އައިސް މިތިބީ ފައިތިލަ ސާބިތުކޮށްދީ ކާމިޔާބީގެ މަތީގައި..

ޓެކްގެ މި ވިޔަފާރީގައި ވާދަވެރިކަން ދުވަހުން ދުވަހަށް އުފެދޭއިރު އަމާޒަކަށް ވާނީ ރިއުމަން ވިދާޅުވި ގޮތުން މާކެޓަށް އާ ޕްރޮޑަކްޓުތައް ނެރެ ކަސްޓަމަރުންނާއި ވީހާވެސް ގާތުން މަސައްކަތް ކުރުމަށްކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރިއުމަން ވިދާޅުވީ ކަސްޓަމަރުންގެ ޝައުގު ހުންނަ ކަންކަމަށް ބަލައި، އަދި ދޭ ފީޑްބެކްތަކަށް ބެލުމަށް ފަހު އެއަށް ރިއާޔަތްކޮށް ބަދަލުތައް ގެންނާނެ ކަމަށެވެ. ކަސްޓަމަރ ލެޑް ކުންފުންޏެއްގެ ގޮތުގައި ހިންގުމަށް ކުރާ މަސައްކަތުގައި ކަސްޓަމަރުން އެ ބޭނުންވާ ނަތީޖާތަކަށް ބޮޑަށް ބަލާނެކަމަށެވެ.

މާކެޓައި، ވިޔަފާރިއަށް ބަދަލުތަކާއި އެކު އޮންލައިން ވިޔަފާރިތައް އަދި އެ ނޫން ވިޔަފާރިތައް ހިންގާއިރު ކްލިކްގެ އަމާޒަކަށް ވާނީ ކަސްޓަމަރުންނަށް ކޮލިޓީ އަގުހެޔޮ ކޮމްޕިއުޓާރ ސާމާނުތައް ގެނައުންކަމަށް ވެސް ރިއުމަނ ވިދާޅުވި އެވެ.

ކްލިކް ކޮމްޕިއުޓާސް އަކީ ތިން ރަޙްމަތްތެރިންގެ މެދުގައި ފެށުނު ވިޔަފާރިއެއް ނަމަވެސް އެ ކުންފުންޏަކީ މިހާރު އަމިއްލަ ޢާއިލީ ވިޔަފާރިއެކެވެ. ކްލިކް އިން ބުނީ އެ ކުންފުނި މިހާތަނަށް ކުރިއެރުމުގައި އޮތް އެންމެ ބޮޑު ހިއްސާއެއް ކަމުގައި ދެކެނީ ކްލިކްގެ ކަސްޓަމަރުންގެ ފަރާތުން ލިބުނު އިތުބާރާއި އެއްބާރުލުން ކަމަށެވެ. އަދި20 އަހަރު ކުރިން އާދައިގެ ގޮތަކަށް ފެށި ނަމަވެސް މިއަދު ކްލިކް އަކީ އައިޓީއާ ގުޅޭ ހުރިހާ ސާމާނެއް އެއްތާކުން ލިބޭނެ އަދި ކަސްޓަމަރުންގެ އިތުބާރު ހޯދާފައިވާ ވިޔަފާރިއެއްކަމަށް ވެސް ފާހާގަ ކުރި އެވެ

ކްލިކްއިން ބުނެފައި ވަނީ މާތް ﷲ ގެ އިރާދަފުޅާއެކު ކްލިކްގެ ވިޔަފާރި އިތުރަށް ފުޅާކޮށް، މިހާރު ކްލިކްގައި ލިބެން ހުރި ތަކެތީގެ އިތުރަށް މާކެޓަށް އަލަށް ނެރެ ޓެކްނޮލޮޖީއާއި ގުޅޭ ހުރިހާ ސާމާނެއް ވެސް މުސްތަގްބަލުގައި ކްލިކުން ލިބެން ހުންނާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: