ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީސް އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ފޮޓޯ އަދި ލޯގޯ ވޯޓު ކަރުދާހުގައި ޖަހަނީ

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް/ ފޮޓޯ - މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ފޮޓޯ އާއި ލޯގޯ ވޯޓު ކަރުދާހުގައި ޖަހާ ގޮތަށް، އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމައިފިއެވެ.

އީސީން ނިންމާފައި ވަނީ މާރިޗް 17 ވަނަ ދުވަހު މަޖިލީސް އިންތިހާބު ބޭއްވުމަށެވެ. އީސީގެ ނައިބް ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ މަޖިލީސް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ފޮޓޯ އާއި، ލޯގޯ ވޯޓު ކަރުދާހުގައި ޖަހާ ގޮތަށް، މިދިޔަ ހަފްތާ އީސީން ނިންމާފައިވާ ކަމަށާއި ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުންގެ ލޯގޯ އަކަށް ވާނީ، އެ ކެންޑިޑޭޓަކު ނިސްބަތްވާ ޕާޓީއެއްގެ ލޯގޯ ކަމަށެވެ.

އަމިއްލަގޮތުން ވާދަ ކުރައްވާ ކެންޑިޑޭޓުންނަށް، އީސީން ފާސްކޮށްފައިވާ، އެ ކެންޑިޑޭޓަކު ހުށަހަޅާ ލޯގޯ އެއް ބޭނުން ކުރެވޭނެ ކަމަށް ހަބީބް ވިދާޅުވިއެވެ. ހަބީބް ވިދާޅުވީ އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރޭއިން، އެއް ކެންޑިޑޭޓެއްގެ ހުށަހަޅާ ލޯގޯ އެއް އަނެއް ކެންޑިޑޭޓަކަށް ބޭނުމެއް ނުކުރެވޭނެ ކަމަށެވެ.

ހަބީބްވަނީ ފޭކު ފޯމު ހުށައަޅައިގެން މީހުން ސިޔާސީ ޕާޓީތަކަށް ވައްދާ މައްސަލައަށް އަލިއަޅުއްވާފައެވެ. އޭނާ ވިދާޅުވީ، މިހާރު ކުރެވިފައިވާ ގިނަ މަސައްކަތްތަކާއިއެކު އަލަށް ސިޔާސީ ޕާޓީތަކަށް ވައްދާ މީހުންގެ ފޭކު ފޯމުތައް ހުށައެޅުމުގެ ފުރުސަތު ވަރަށް ކުޑަވާނެކަމަށެވެ. ހަބީބް ވިދާޅުވީ، މިހާރު ފުރުސަތު ކުޑަވާނެކަމަށް ދަންނަވަނީ ފޯމުގައި މަންމަގެ މައުލޫމާތުވެސް ހިމަނަންޖެހޭކަމަށްވުމުންކަމަށެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: