ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސް ދޯނިތަކަށް އެރިތާ ހަތަރު ދުވަސް؛ ސަރުކާރުން އެދުނު ގޮތަށް ރަސްމީކޮށް އަދިވެސް ތަފްސީލު ނުލިބޭ!

އިންޑިއާގެ ސިފައިން ދިވެހި މަސްދޯންޏަކަށް ގާނޫނާއި ހިލާފަށް އަރާ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިކަން ކުރަމުން ދިޔަ ރާއްޖޭގެ މަސް ދޯންޏަކަށް އަރައި ސުވާލުކޮށް، ސެޓްލައިޓު ނަމްބަރު ހޯދަން މަސައްކަތް ކުރި މައްސަލައިގައި ލިއުމުން އެކަމުގެ ތަފްސީލު ދޭން އެދުމުން މިވަގުތާއި ހަމައަށް ވެސް ތަފްސީލެއް ދީފައި ނުވާކަން ކަށަވަރުވެއްޖެ އެވެ.

ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ހަތަރު ދޯންޏަކަށް އަރައި ސުވާލުކޮށް ވަނީ ސެޓްލައިޓު ނަމްބަރު ހޯދުމަށް މަސައްކަތްކޮށްފަ އެވެ. މިދިޔަ ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ތިން ދޯންޏަކަށް އިންޑިއާގެ ކޯސްޓްގާޑު ޝިޕަކަށް ނިސްބަތް ވާ ދެ ބޯޑިން ޓިމަކުން އެރި މައްސަލައިގައި ގައުމީ ދިފާއީ ބާރުން ބަޔާނެއް ވެސް އާންމު ކުރި އެވެ. އޭގެ ފަހުން އަނެއްކާ ވެސް ޖެހިގެން އައި ދުވަހުގެ ދަންވަރުގެ ވަގުތެއްގައި އަނެއްކާވެސް އިތުރު ދޯންޏަކަށް އަރައި އޮފިސަރުންތަކެއް ހަތިޔާރު ބޭނުންކޮށްގެން ބިރު ދެއްކި މައްސަލައެއް ފެންމަތިވި އެވެ.

ބޭރުގެ އަސްކަރީ ބަޔަކު ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ވަދެ ސުވާލު ކުރީ، ”އަސުރު މާ – 3“ އާއި ”މާހޯރަ – 3“ އަދި ”ނިރު – 7“ ނަމަކަށް ކިޔާ ދޯންޏަކަށް އަރަ އެވެ. ދޯނިތަކަށް އަރައި އިންޑިއާގެ ކޯސްޓުގާޑުން ސުވާލު ކުރީ ރާއްޖޭގެ ސަރަހައްދުންކަމަށް އަޑުތައް ފެތުރި ނަމަވެސް ރަސްމީކޮށް ޑިފެންސް މިނިސްޓްރީން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ހއ. ދިއްދޫގެ އިރުއުތުރުން 72 ނޯޓިކަލް މޭލު ބޭރުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ތިން ދޯންޏަކާ އަސްކަރިއްޔާގެ ބަޔަކު އަރައި ސުވާލު ކުރިކަމަށް ރިޕޯޓު ލިބުނީ މަސް ދޯންޏެއްގެ ފަރާތުން ކަމަށެވެ.

އެ ސަރައްދަށް އެތަނާ އެންމެ ކައިރީގައި އޮތް ކޯސްޓްގާޑުގެ އުޅަނދުން ދަތުރު ފެށީ، ރައީސް މުއިއްޒުގެ އެންގެވުމަށްކަމަށް ވެސް ގައުމީ ދިފާއީ ބާރުން ބުންޏެވެ. އަދި ކަށަވަރުކޮށް ދިން ގޮތުގައި އަސްކަރީ ސިފައިން އަރާފައި ވަނީ އިންޑިއާ ކޯސްޓްގާޑު ޝީޕް 246 އަދި އިންޑިއާގެ ކޯސްޓްގާޑު ޝިޕް 253 އަސް ނިސްބަތްވާ ބޯޑިންގ ޓީމަކުންނެވެ.

ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދަނިކޮށް، އެއްވެސް ގޮތަކަށް ކަމާއި ގުޅޭ އިދާރާތްތަކާއި ވާހަކަ ދެއްކުމެއް ނެތި ބައިނަލްއަޣުވާމީ ކަނޑިތަކުގެ އުސޫލާއި ހިލާފަށް އަސްކަރިއްޔާ ބޯޑުކޮށް ހިންގި އޮޕަރޭޝަނުގެ ތަފްސީލު ދޭން ހަމަ އެ ދުވަހު ދިވެހި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓްރީން ރަސްމީކޮށް އިންޑިއާއަށް ލިއުމުން އެންގި އެވެ. އެކަމަކު ހާދިސާއަށް މިއަދަށް ހަތަރު ދުވަސް ވެގެން ދިޔައިރު ވެސް މިހާތަނަށް ލިއުމުން އެ ތަފްސީލު ނުދޭކަން ސަރުކާރުގެ އޮފިޝަލް ވަނީ ”ސަންގު“ އަށް ކަށަވަރުކޮށްދީފަ އެވެ.

ސިފައިން މަސް ދޯންޏަށް އެރި މައްސަލައިގައި ހިޔާލުތައް ދެކަފިވެ، އެކި ގޮތްގޮތަށް ވެސް ވާހަކަ ދެކެވެ އެވެ. އެގޮތުން ކޯސްޓުގާޑުން ފަޅުވެރިންނާއި ސުވާލު ކުރިއިރު އެ މީހުން ތިބީ ރާއްޖޭގެ އިގްތިސާދީ ސަަރަހައްދުން ބޭރުގައިކަމަށް ބައެއް މީހުން ތުހުމަތު ކުރެ އެވެ. އެކަމަކު އެ ވާހަކަތައް ދޮގުކޮށް ބޮޑު ކަންނެލީގެ މަސްވެރިންގެ ޔޫނިއަނުން ބުނެފައި ވަނީ ބޯޓުތައް ހަރަކާތްތެރި ވަމުން ދިޔައީ މި ސަރަހައްދުގައި ކަމަށެވެ. އަދި ސިފައިން އަރައި ސުވާލު ކުރި ވަގުތު އަމަލު ކުރީ އެމްއެންޑީއެފްގެ އިރުޝާދާ އެއްގޮތަށްކަމަށް ވެސް ވަނީ ބުނެފަ އެވެ.

މި ހާދިސާތައް ހިނގާފައި މިވަނީ، ރާއްޖެއާއި އިންޑިއާގެ ދެމެދު އޮތް ގުޅުން ވަރަށް ބޮޑުތަނުން ހީނަރުވެ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވާލުމަށް މަޝްވަރާތައް ވެސް ކުރެވެމުން ދަނިކޮށެވެ. އަދި ސިފައިން ބޯޓުތަކަށް އެެރީ ކޯ ގުރޫޕުގެ ބައްދަލުވުން އޭގެ އެއް ދުވަސް ފަހުން ބޭއްވުމަށް ހަމަޖެހިފައި ވަނިކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: