ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުރިހާ މޮޅެއް ވަނީ ބިދޭސީންނަށް، ސަރުކާރުން ގާނޫނަށް އަަމަލު ނުކުރާނަމަ ރައްޔިތުން ވެސް އުޅޭނެ ގޮތަކީ އެއީ: ޝަފީގް

ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ދިވެހިރާއްޖޭގެ ގާނޫނާއި ގަވައިދުތަކަށް އަމަލު ނުކުރާހާ ހިނދެއްގައި ރައްޔިތުން ވެސް އެކަމަށް އެއްވެސް އިހުތިރާމެއް ނުކުރާނެކަމަށް ނ. ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝަފީގް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ކުއްލި މައްސަލައެއް ހުށަހަޅުއްވާފައި ވަނީ ވަޒީފާއާއި ބެހޭ ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގައި ބިދޭސީން ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެއަށް ގެނައުމަށް ކޯޓާ ދޫކުރުމާއި، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމަށް ހުއްދަ ދިނުމާއި ވަޒީފާ އަދާކުރާ މުއްދަތަށް ރާއްޖޭގައި ހުރުމުގެ ހުއްދަ ނުވަތަ ވާކް ޕާމިޓް ދިނުމުގެ އިހުތިޔާރު ގާނޫނުގެ ދަށުން ހޯމް މިނިސްޓްރީއަށް އޮތް ނަމަވެސް އެކަމާއި ގުޅިގެން ގަވައިދު ހަދައި ހިންގުން ހަޔާރ އެޑިއުކޭޝަނަށް ދޭ ގޮތަށް ނިންމާފައިވާކަމަށް ބުނެ އެވެ.

ހިސާންގެ އެ މައްސަލަ ބަލައިގަތުމަށް 23 މެމްބަރަކު ވޯޓު ދެއްވިއިރު، 6 މެމްބަރަކު ދެކޮޅަށް ވޯޓު ދެއްވި އެވެ.

ވަޒީފާއާއި ބެހޭ ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގައިވާގޮތުން ބިދޭސީ މަސައްކަތްތެރިން ވަޒީފާ އަދާކުރުމަށް ރާއްޖެއަށް ގެނައުމަށް ކޯޓާ ދޫކުރުމާއި އަދި ވަޒީފާ އަދާކުރުމަށް ހުއްދަ ދިނުން އަދި ވަޒީފާ އަދާ ކުރާ މުއްދަތަށް ރާއްޖޭގައި ހުރުމުގެ ހުއްދަ ދިނުމުގެ އިހްތިޔާރު އެ ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ބަޔާންކުރާ ގޮތުގެ މަތިން ކަމާ ގުޅޭ މިނިސްޓްރީ އަށް ލިބިގެންވެ އެވެ. ބިދޭސީން ގެނައުމުގެ ކަންކަން ކުރުން ރާވައި ހިންގުން ހަވާލުކޮށްފައި ވަނީ ހޯމް ލޭންޑާއި އެވެ. އެކަމަކު ވަޒީފާއާއި ބެހޭ ގާނޫނު ތަންފީޒުކުރުމަށްއި ހަދަން ޖެހޭ ގަވައިދުތައް ހެދުން ހަވާލުކޮށްފައި ވަނީ ހަޔާ އެޑިއުކޭޝަން ލޭބާ އެންޑް ސްކިލްޑް ޑިވަލޮޕްމަންޓުގެ މެންޑޭޓުގަ އެވެ. މި މައްސަލަ އުފެދުނު އެއް ސަބަބަކީ މިއީ އެވެ.

އެހެންވެ ހިސާން މި މައްސަލަ ހުށަހަޅާފައި ވަނީ، ވަޒީފާއާއި ބެހޭ ގާނޫނަށް މި ސަރުކާރުން އަމަލު ނުކޮށް އެ ގާނޫނާއި ހިލާފަށް މަސައްކަތް ކުރަމުން ގެންދާކަމަށް ބުނެ އެވެ. ތިން ވަޒީރަކު ގާނޫނާއި ހިލާފުވިކަމަށް ބުނެފައިވާ އެ މައްސަލަ ބަލައިގެންފައި ވަނީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.

ހިސާންގެ މައްސަލައިގައި ގާނޫނާއި ހިލާފުވިކަމަށް ބުނެފައިވާ ތިން ވަޒީރުންނަކީ، ހޯމް މިނިސްޓަރު އަލީ އިހުސާން އާއި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުރުން ހަޔާރ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އެވެ.

މައްސަލައިގެ ބަހުސް މަރުހަލާގައި ޝަފީގް ވިދާޅުވީ ގާނޫނަށް ބޯލަނބައި، އިހުތިރާމް ކުރަން ޖެހޭނީ ސަރުކާރާއި ދައުލަތުގެ އިސް މަގާމުތަކުގައި ތިބި މީހުން ކަމަށެވެ. އެކަމަކު ގާނޫނާއި ގަވައިދުތަކަށް ވެރިން އެއްވެސް އިހުތިރާމެއް ނުކޮށް، އަމަލު ނުކުރާނަމަ ރައްޔިތުން ގަވައިދާއި އެއްގޮތަށް އުޅެން ޖެހޭ ސަބަބެއް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ތިބި ބަންގްލަދޭޝް މަސައްކަތްތެރިންގެ އަދަދު އެއްލައްކައިން މައްޗަށް އަރާއިރު، އެ މީހުން އަލުން އެތެރެވާން ފުރުސަތު ދިނުން އެއީ ނުރައްކާތެރިކަމެއްގެ ގޮތުގައި ޝަފީގް ވިދާޅުވި އެވެ. ބިދޭސީން ރާއްޖޭގެ ގާނޫނާއި ގަވައިދުތަކާއި ހިލާފަށް މަސައްކަތް ކުރާއިރު، އެ މީހުން މޮނީޓާކޮށް އެއްވެސް ފިޔަވަޅެއް ނޭޅޭކަމަށް ޝަފީގް ވިދާޅުވި އެވެ.

މިކަމަށް އެންމެ ފުރަތަމަ އިސް ނަގައި، މަސައްކަތް ކުރަން ޖެހޭނީ ސަރުކާރު.. އަޅުގަނޑު ގޮވާލަން ސަރުކާރުން ދިވެހިރާއްޖޭގެ ގާނޫނާއި ގަވައިދުތަކަށް އަމަލު ކުރަން

ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރެވޭ ބިދޭސީންގެ ނިސްބަތް އިތުރު ކުރުމަށް ބައެއް ވިޔަފާރިވެރިން ސަރުކާރަށް ހުށަހަޅާފައިވާއިރު ހައްތާވެސް ފެންނަނީ ޝަފީގް ވިދާޅުވި ގޮތުން އެ މީހުންނަށް މޮޅު ގޮތްތަކެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން މިސާލު ނަންގަވައި ޝަފީގް ވިދާޅުވީ، ރިސޯޓުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ދިވެހިންނަށް ނުލިބޭތީ އެ ޝަކުވާ އެބައޮތް ކަމަށެވެ. މަތީ ފަދަ ޖަމިއްޔާތަކުން ބިދޭސީންނަށް ފުރުސަތުދޭން ހުށަހެޅުމުން، ސަރުކާރުން އެކަން ގަބޫލު ކުރުން ގޯސްކަމަށް ޝަފީގް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: