ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަކި ގައުމެއްގެ މަސައްކަތްތެރިން ގެންނަން ސަރުކާރުގެ މިހާ ފޯރިއެއް ހުންނަންވީ ސަބަބު ނުވިސްނޭ: އަނދުން ހުސެއިން

ހެންވޭރު ދެކުުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން).
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ބިދޭސީންގެ އަދަދު އިންތިހާއަށް އިތުރުވާއިރު، ރަނގަޅު މޮނީޓަރިން ނިޒާމެއް ނެތް ނަމަ ރައްޔިތުން ސަރުކާރެއް އިންތިހާބު ކުރުމުގެ ބޭނުމެއް ނެތްކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ކުއްލި މައްސަލައެއް ހުށަހަޅުއްވާފައި ވަނީ ވަޒީފާއާއި ބެހޭ ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގައި ބިދޭސީން ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެއަށް ގެނައުމަށް ކޯޓާ ދޫކުރުމާއި، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމަށް ހުއްދަ ދިނުމާއި ވަޒީފާ އަދާކުރާ މުއްދަތަށް ރާއްޖޭގައި ހުރުމުގެ ހުއްދަ ނުވަތަ ވާކް ޕާމިޓް ދިނުމުގެ އިހުތިޔާރު ގާނޫނުގެ ދަށުން ހޯމް މިނިސްޓްރީއަށް އޮތް ނަމަވެސް އެކަމާއި ގުޅިގެން ގަވައިދު ހަދައި ހިންގުން ހަޔާރ އެޑިއުކޭޝަނަށް ދޭ ގޮތަށް ނިންމާފައިވާކަމަށް ބުނެ އެވެ.

ހިސާންގެ އެ މައްސަލަ ބަލައިގަތުމަށް 23 މެމްބަރަކު ވޯޓު ދެއްވިއިރު، 6 މެމްބަރަކު ދެކޮޅަށް ވޯޓު ދެއްވި އެވެ.

ވަޒީފާއާއި ބެހޭ ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގައިވާގޮތުން ބިދޭސީ މަސައްކަތްތެރިން ވަޒީފާ އަދާކުރުމަށް ރާއްޖެއަށް ގެނައުމަށް ކޯޓާ ދޫކުރުމާއި އަދި ވަޒީފާ އަދާކުރުމަށް ހުއްދަ ދިނުން އަދި ވަޒީފާ އަދާ ކުރާ މުއްދަތަށް ރާއްޖޭގައި ހުރުމުގެ ހުއްދަ ދިނުމުގެ އިހްތިޔާރު އެ ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ބަޔާންކުރާ ގޮތުގެ މަތިން ކަމާ ގުޅޭ މިނިސްޓްރީ އަށް ލިބިގެންވެ އެވެ. ބިދޭސީން ގެނައުމުގެ ކަންކަން ކުރުން ރާވައި ހިންގުން ހަވާލުކޮށްފައި ވަނީ ހޯމް ލޭންޑާއި އެވެ. އެކަމަކު ވަޒީފާއާއި ބެހޭ ގާނޫނު ތަންފީޒުކުރުމަށްއި ހަދަން ޖެހޭ ގަވައިދުތައް ހެދުން ހަވާލުކޮށްފައި ވަނީ ހަޔާ އެޑިއުކޭޝަން ލޭބާ އެންޑް ސްކިލްޑް ޑިވަލޮޕްމަންޓުގެ މެންޑޭޓުގަ އެވެ. މި މައްސަލަ އުފެދުނު އެއް ސަބަބަކީ މިއީ އެވެ.

އެހެންވެ ހިސާން މި މައްސަލަ ހުށަހަޅާފައި ވަނީ، ވަޒީފާއާއި ބެހޭ ގާނޫނަށް މި ސަރުކާރުން އަމަލު ނުކޮށް އެ ގާނޫނާއި ހިލާފަށް މަސައްކަތް ކުރަމުން ގެންދާކަމަށް ބުނެ އެވެ. ތިން ވަޒީރަކު ގާނޫނާއި ހިލާފުވިކަމަށް ބުނެފައިވާ އެ މައްސަލަ ބަލައިގެންފައި ވަނީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.

ހިސާންގެ މައްސަލައިގައި ގާނޫނާއި ހިލާފުވިކަމަށް ބުނެފައިވާ ތިން ވަޒީރުންނަކީ، ހޯމް މިނިސްޓަރު އަލީ އިހުސާން އާއި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުރުން ހަޔާރ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އެވެ.

ބަހުސް މަރުހަލާގައި ޝަހީމް ވިދާޅުވީ، ސަރުކާރުގެ މަސައްކަތްތައް ދޯދިޔާކޮށް ދޫކޮށްލުމުގެ ސަބަބުން އެކަމުގެ އަސަރު ކުރަނީ ގައުމުގެ މިނިވަންކަމަށްކަމަށެވެ. ބިދޭސީންގެ އަދަދު ރާއްޖޭގައި އިންތިހާއަށް އިތުރުވަމުންދާއިރު، މޮނީޓަރ ކުރުމުގެ ރަނގަޅު ނިޒާމެއް ނެތުމަކީ ކަންބޮޑުވުމެއްކަން ފާހަގަކޮށް އޭނާ ވިދާޅުވީ މާލޭގައި މިހާރު ވެސް ދިވެހިންނަށް ވުރެ އުޅޭ ބިދޭސީންގެ އަދަދު ގިނަކަމަށެވެ.

ހާއްސަކޮށް ވަކި ގައުމެއްގެ މީހުން ގިނަވެފައިވާކަމަށާއި، އެ މީހުން ރާއްޖެއަށް ގެނައުމާއި ބެހޭ އިދާރާއެއްގެ ޒިންމާއެއް އޮންނައިރު އެކަމުގައި އަމަލު ކުރާ ގޮތުގެ ތަފްސީލު ޝަހީމް ދެއްވި އެވެ. ކުންފުނިތަކަށް ވަކި އަދަދަކަށް ފައިސާ ދީ، ބޮލުގެ ނިސްބަތަކަށް ބަލައި އެކަން ކުރަން ޖެހޭ ސަބަބަކީ ކޮބައިތޯ ޝަހީމް ސުވާލު އުފެއްދި އެވެ.

އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ސަލާމަތާއި، ރައްކާތެރިކަން ގެއްލެނީ މިކަހަލަ ސަބަބުތަކާއި ހެދި

ޝަހީމް ވިދާޅުވީ ގައުމުގެ މިނިވަންކަމަށް ބުރޫއަރާ ސަބަބުތަކުގެ ތެރޭގައި މިކަން ހިމެނޭ ކަމަށެވެ. އަދި ސަރުކާރުން ސީދާ ބަންގްލަދޭޝްގެ މަސައްކަތްތެރިން ރާއްޖެއަށް ގެންނަން އެހާ ބޭނުން ވަނީ ކީއްވެގެންކަން ސާފުނުވާކަމަށް ވިދާޅުވި އެވެ.

ބިދޭސީން ރާއްޖެއަށް އައުމަށް ފަހު، ދެން އަނބުރާ ދާން ދެކޮޅު ހެދުމާއި ނުވަތަ އަމިއްލައަށް ޕާސްޕޯޓު ގެއްލުވާލައި ގައުމު ވެސް އޮޅުވާލަން މަސައްކަތް ކުރާކަމަށް ޝަހީމް ވިދާޅުވި އެވެ. ކަމާއި ގުޅުން ހުރި އިދާރާއަކުން އެއީ ވަކި ގައުމެއްގެ ބައެއްކަމަށް ބުނުމުން ވެސް ގަބޫލުނުކޮށް ރާއްޖޭގައި އުޅެން ބޭނުންވާއިރު އެ މީހުން އަނބުރާ ފޮނުވާލެވޭނެ ގޮތެއް ނެތްކަމަށް ޝަހީމް ވިދާޅުވި އެވެ.

އެހެންވީމާ ފޮނުވާލާނެ ގޮތެއް ނެތް.. ވިސާ ދައްކައި، ޕާސްޕޯޓު ހެދެން ވެސް ނެތް

ޝަހީމް ވިދާޅުވީ ރާއްޖޭގެ ބޯޑަރު ނުބެލެހެއްޓޭކަމަށް ވާނަމަ ސަރުކާރެއް އިންތިހާބު ކުރުމުގެ ބޭނުމެއް ނެތްކަމަށެވެ. އަދި ސަރުކާރު ޒިންމާދާރުކަމާއި އެކު މަސައްކަތް ނުކުރާނަމަ، އެގޮތުގައި ދެމި އޮތުމުގެ ބޭނުމެއް ވެސް ނެތްކަމަށް ޝަހީމް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 67%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: