ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަގީގީ ކުރިއެރުމަކީ އަމިއްލަ ބާރުވެރިކަން ލިބުން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހަގީގީ ކުރިއެރުމަކީ އަމިއްލަ ބާރުވެރިކަން ލިބިގެންދިއުންކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ތ ވަންދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޖަލްސާގައި ރައީސް މުއިއްޒުވަނީ ރަށްތަކުގެ އާމްދަނީ އިތުރުކުރުމާއިމެދު ވާހަކަދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ ރަށްރަށަށް އެންމެ ބޭނުންތެރިކަން ޖެހިފައިވަނީ އާމްދަނީ އިތުރުކުރެވޭނެ މަގުތައް ފަހިވެގެންދިއުމަށްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ސަރުކާރުންވަނީ ކައުންސިލުތަކަށް އެކަން ފަހިވެގެންދާނެ ގަވައިދެއް އެކުލަވާލައި ގެޒެޓްކޮށްފައިކަމަށާއި އެ ގަވައިދުގެ ދަށުން އެޕްލިކޭޝަން ހުށައަޅައިގެން ކުރެވޭނެ ވަރަށް ގިނަ މަސައްކަތްތައް ހުންނާނެކަމަށް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، އެ އެޕްލިކޭޝަން ޕްރޮސެސްގެ ތެރެއިން ކައުންސިލުން އެދޭ ގޮތަށް ކައިރީ ނުވަތަ ދުރުގައި އޮތް ރަށެއް ނަަމަވެސް ކައުންސިލާއި ހަވާލުކުރާނެކަމަށާއި އެހެންކަމުން އެގޮތުގެ މަތިން ކަންކަން ކުރިއަށް ގެންދެވުމަށް އިލްތިމާސްކުރައްވާކަމަށް ވިދާޅުވިއެވެ. ރައީސް މުއިއްޒު ވިދާޅުވީ، އެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދަކީ ރަށުގެ ރައްޔިތުންނަށް އާމްދަނީ ލިބޭނެ މަގުތައް ހޯއްދަވައިދެއްވުންކަމަށާއި އެހެންކަމުން މި އުސޫލުގެ ދަށުން ހޯދާ ރަށްތަކުގައި އިގްތިސާދީ މަސައްކަތްތައް ކުރަންޖެހޭނީ ރަށްތަކަށާް ނިސްބަތްވާ ރައްޔިތުންކަމަށްވެސް ބަޔާންކޮށްފައިވާނެކަމަށް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ، އެތަނުގައި މަސައްކަތްކުރާނީ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކާއި ރަށުގެ މީހުންކަމަށެވެ. އެހެންކަމުން އެ ރަށަށާއި އާއިލާތަކަށް އެކަމުން އިގްތިސާދީ ކުރިއެރުމާއި އާމްދަނީ ލިބިގެންދާނެކަމަށާއި އެމަނިކުފާނުގެ ސަރުކާރުގެ އިގްތިސާދީ މޮޑެލްގެ ތެރޭގައި ވަކި އިންވެސްޓަރަކަށް މުޅި ރަށް ދީގެން ކުރިއަށް ނުގެންދާނެކަމަށާއި އޮންނާނީ މުޅި މުޖުތަމައައު އަށް ފައިދާ ލިބިގެންދާ ގޮތަށްކަމަށް ވިދާޅުވިއެވެ.

އަޅުގަނޑު އެދެނީ ރައްޔިތުން މީގެ ފުރިހަމަ ބޭނުން ހިއްޕެވުމަށް، އޭރުން މި މުޖުތަމައުގައިވެސް ތިބޭނީ ވަރަށް އާމްދަނީ ލިބި އަމިއްލަ ފައިމައްޗަށް ތެދުވެފަތިބި ބާރުވެރިކަން ލިބިފައިވާ މުޖުތަމައެއް، އަމިއްލަ ބާރުވެރިކަން ލިބުމަކީ ހަގީގީ ކުރިއެރުން

ރައީސް މުއިއްޒު ވިދާޅުވީ، ގެޒެޓުގައި ގަވައިދު ޝާއިއުކުރެވުނުތާ އެއް މަސް ދުވަހުގެ ތެރޭގައި ފުރުސަތު ހުޅުވާލެވޭނެކަމަށެވެ. އެހެންކަމުން އެ ތާރީހާއި ހިސާބަށް ދާންވާއިރަށް އެޕްލިކޭޝަންތައް ތައްޔާރުކުރައްވައިގެން އެ މަސައްކަތްތަކައިގެން އަވަހަށް އުޅުއްވުމަށްވެސް ރައީސް އިލްތިމާސްކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ އެކަމުގެ ސަބަބުން ރަށުގެ މުޅި މުޖުތަމައަށް އާމްދަނީ ލިބޭނެ މަގުފަހިވެގެންދާނެކަމަށް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، އެކަމުގައި ރަށުގެ ރައްޔިތުންނާއި ކައުންސިލަށް ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އަރުވާކަމަށާއި ވަކި ވަކި ފަރުދުންނާއި އާއިލާތަކަށް ކައުންސިލުތަކާއި ގުޅިގެން އާމްދަނީ ހޯދުމުގެ މަގު ފަހިވެގެންދާނެކަމަށް ވިދޅާުވިއެވެ. އެމަނިކުފާނު ވިދާޅުވި، ލިބިފައިވާ ފުރުސަތުގެ ބޭނުން ފުރިހަމައަށް ރައްޔިތުން ހިއްޕެވުމަށް އެދިވަޑައިގަންނަވާކަމަށާއި އޭރުން އަމިއްލަ ފައިމައްޗަށް ތެދުވެ ބާރުވެރިކަން ލިބިފައިވާ މުޖުތަމައެއް ބިނާވެގެންދާނެކަމަށާއި ހަގީގީ ކުރިއެރުމަކީ އަމިއްލަ ބާރުވެރިކަން ލިބިގެންދިއުންކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އާއިލާތަކާއި ޒުވާނުންނަށް އަމިއްލަ ފައިމައްޗަށް ތެދުވެ ކަންކަން ކުރެވޭނެ މަގުފަހި ނުކޮށްދެވެންޏާ ތަރައްގީ ނުގެނެވެނީކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: