ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ ސިފައިން ތިބި ސީދާ އަދަދެއް އަދި ނޭނގޭ: ރައީސް ޑރ މުއިއްޒު

ރައީސް ޑރ މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި އިންޑިއާގެ ސިފައިންގެ ތިބި ސީދާ އަދަދު ދަންނަވަން އަދި އެނގިވަޑައިނުގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ރައީސް ޑރ މުއިއްޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދާއި ގުޅޭ ގޮތުން އެކި މުއައްސަސާތަކުން މައުލޫމާތު ލިބިވަޑައިގެންފައި ވަނީ އެކި ގޮތަށް ކަމަށެވެ.

އެގޮތުން ޑިފެންސް މިނިސްޓްރީއާއި ފޮރިން މިނިސްޓްރީން ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ރާއްޖޭގައި 77 އާއި 89 އާއި ދެމެދު އަދަދަކަށް އިންޑިއާގެ ސިފައިން ތިބިކަން ސަރުކާރަށް އެނގިފައިވާ ކަމަށާއި ނަމަވެސް އެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

“ލިބުނު ލިޔުންތަކުން އެކި ފަހަރު އެކި އަދަދު ހުރީ އައިސްފައި, 77 އިން 89 އަށް އެބަދޭ, އެވެސް ސާފެއް ނޫން. އަދިވެސް ހުރިހާ މައުލޫމާތެއް ސާފެއް ނޫން. އެއަށްވުރެ އިތުރު ވެސް ވެދާނެ,” ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ ސީދާ މައުލޫމާތު ހޯދައި ދެނެގަތުމަށް ކޮމެޓީއެއް ނަގައިގެން މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމިނިކުފާނުގެ އަމާޒަކީ ވީހާވެސް އަވަހަކަށް ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ރާއްޖެއިން ފޮނުވާލުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންނާ ގުޅޭ ގޮތުން ރައީސް ޑރ މުއިއްޒު ސަރުކާރާއި ހަވާލުވެ ވަޑައިގަތުމަށް ފަހު ރައީސް އޮފީހުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައި ވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ހިންގައިފައިވާ ޑިފެންސްގެ ގިން ތަމްރީނު ޕްރޮގްރާމް ތަކާއި އަދި ވީ.އައި.ޕީ ގެ މަސައްކަތްތަށް ވެސް ކޮށް ފައިދާތަކެއްވެފައި ވާކަމަށެވެ.

ރާއްޖޭގައި މިވަގުތު ތިބީ ހެލިކަޕްޓަރު އުދުހުމުގެ މަސައްކަތާ ހަވާލުވެގެން ތިބި 48 ސިފައިންނާއި ޑޯނިއާ ފުލައިޓު ދުއްވުމަށް ހާއްސަވެގެން ތިބި 25 ސިފައިން ކަމަށެވެ. އިތުރަށް ތިބި ދެ ސިފައިންނަކީ އިންޖިއަނިރިންގެ މަސައްކަތަށް ހާއްސަ ދެމީހުން ކަމަށް ވެސް ފިރުޒުލް ވިދާޅުވި އެވެ. އެހެންނަމަވެސް ދިވެހި ރައްޔިތުން ބޭރުގެ އެއްވެސް ސިފައިން ރާއްޖޭގައި ތިބެން ބޭނުން ނުވާކަމަށް ބުނެފައި ވާކަމަށްވެސް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ ދިވެހިރައްޔިތުން ނިންމާފައިވާ ނިންމުމާއި އެއްގޮތަށް ކަންކަން ކުރުމަށް ރައީސް މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ގާއިމްވެ ނެތްކަން ކަށަވަރު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން މިހާރުވެސް ރައީސް އެމައްސައްކަތް ފައްޓަވައިފައިވާކަމަށްވެސް ވިދާޅުވިއެވެ.

100 އަށްވުރެ ގިނަ އެއްބަސްވުން ވާއިރު އެކަން ދިރާސާ ކުރުމަށް ގިނަ ވަގުތުތަކެއް ބޭނުން ވާނެ ކަމަށާއި، އަދި މިހާރު ރައިސް މަގާމުގެ ހުވާ ކުރެއްވުމަށްފަހުވެސް ވޭތުވެދިޔަ މުއްދަތުގައި ގިނަ އެކި ސާފީރުންނާއި ބައްދަލުކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ވޭތުވެދިޔަ ދުވަސް ތަކުގައި އިންޑިއާ ސިފައިން އަނބުރާ ގެންގޮސްދެއްވުމަށް އެދި ދިވެހި ސަރުކާރުން ރަސްމީ ގޮތުން އިންޑިއާ ސަރުކާރުގައި އެދިވަޑައިގެންފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: