ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ ބާރުގެ ބޭނުން ޒިންމާދާރުކޮށް ހިފުން މުހިންމު: ރައީސް

ރައީސް ޑރ މުހައްމަދު މުއިއްޒު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ ބާރުތައް ޒިންމާދާރު ގޮތެއްގައި ބޭނުން ކުރުން މި ހައްސާސް ދަނޑިވަޅުގައި މުހިންމުކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ގއ ކޮލަމާފުށި ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް މުއިއްޒުވަނީ ދިވެހިރާއްޖެއަށް އިގްތިސާދީ ގޮތުންނާއި މާލީ ގޮތުން ގޮންޖެހުންތައް ހުރިކަމުގެ މައްޗަށް އަލިއަޅުއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ގެނައުމަށް ބޭނުންވާ ހައްލުތަކާއި ސިޔާސަތުތައް ތަންފީޒުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ބޭނުންވާކަމަަށާއި އެހެންކަމުން ރައްޔިތުންގެ މަޖިލީސް އެކުލެވިފައި އޮންނާނެ ގޮތް ނިންމުމަށް ރައްޔިތުންނަށް ފުރުސަތު ލިބިގެންދާއިރު، ނިންމާ ނިންމެވުމާއިމެދު ވިސްނާވަޑައިގެންނެވުމަށް އެދިވަޑައިގަންނަވަނީ އެ ސަބަބާއި ގުޅިގެންކަމަށެވެ.

ރައީސް ވިދާޅުވީ، މި ހައްސާސް ދަނޑިވަޅުގައި ރާއްޖޭގެ ވެއްޓިފައި އޮތް އިގްތިސާދު ނަގާ ކޮޅަށް ޖެހުމަށްޓަކައި މަސައްކަތްތައް ކުރަމުންދާއިރު ރައްޔިތުންނަށް ލިބޭ ފުރުސަތުވެސް ހެޔޮގޮތުގައި ބޭނުން ހިފުން މުހިންމުކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަހު އޮންނަ ގޮތުން އިސްވެ ބަޔާންކުރެއްވި ވިސްނުމަށް މާ ބޮޑު ޖާގައެއް ނުދެވޭކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ކެންޑިޑޭޓުންނަށް ތާއީދުކުރަނީ ޒާތީ ވިސްނުމާއި އާއިލީ ވިސްނުމާއި ރަހުމަތްތެރިކަމުގެ ވިސްނުން ނުވަތަ ޕާޓީ ވިސްނުމުގެ ތެރެއިންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެއީވެސް އޭގެ ޒާތުގައި ކަންކުރުމަށް އޮންނަ އެއްގޮތްކަމަށެވެ. އެހެންނަމަވެސް މިވަގުތު ސަރުކާރުން ކުރަމުންދަނީ ސީރިއަސް އިގްތިސާދީ މަސައްކަތްތަކެއްކަމަށާއި އެކަންކަމަށް ބައިނަލްއަގުވާމީ މާލީ މުއައްސަސާއެއްކަމަށްވާ އައިއެމްއެފްއިން ވަރަށް ބޮޑަށް ތާއީދުކޮށްފައިވާކަމަށް ހިއްސާކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: