ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޕްރީމް ކޯޓުން އަމުރެއް ނެރިފައިވަނީ ނުހިނގާ ނެތްކަމެއްގެ މައްޗަށް، އެއީ ނުރައްކަލެއް: ޝިއްޕެ

ޑިމޮކްރެޓްސްގެ ނައިބު ރައީީސް މުޙައްމަދު ޝިފާޒް/ ފޮޓޯ: ދެން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އަދި ނައިބުރައީސް ދުރުކުރުމަށް ފަހިވެގެންދާގޮތަށް އެމްޑީޕީއިން މަޖިލީހުގެ ގަވައިދަށް ހުށައަޅާ ޑިމޮކްރެޓްސްއިން ތާއީދުކޮށްފައިވާ އިސްލާހަށް އަމަލުކުރުން ހުއްޓާލުމަށް އަންގައި ސުޕްރީމް ކޯޓުން ނެރިފައިވާ އަމުރުގެ ސަބަބުން ނުރައްކާތެރި ހާލަތެއް މެދުވެރިވެފައިވާކަމަށް ޑިމޮކްރެޓްސްގެ ނަައިބުރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްވަމުން ޝިފާޒްވަނީ މަޖިލީހުގެ ގަވައިދަށް ހުށައަޅާފައިވާ އިސްލާހަކަށް އަމަލުކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް އަންގާފައިވާކަމުގެ މައްޗަށް އަލިއަޅުއްވާފައެވެ. އޭނާ ވިދާޅުވީ، ސުޕްރީމްކޯތުން ނެރިފައިވާ ވަގުތީ އަމުރަކީ ދުނިޔޭގެ ތާރީހުގައިވެސް ސުޕްރީމް ކޯޓަކުން ޕާލިމެންޓެއްގެ މައްޗަށް އެފަދަ އަމުރެއް ނެރިފައިވާ ފުރަތަމަ ފަހަރުކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ ސުޕްރީމް ކޯޓުން އަމުރެއް ނެރިފައިވާ ވަނީ ނެތްކަމެއް ނުހިނގާކަމެއްގެ މައްޗަށްކަމަށެވެ.

ނެތްކަމެއްގެ މައްޗަށް އެހެން އަމުރު ނެރުނީމާ އޭގެ މާނައަކީ ހިނގަ ހިނގާ ހުންނަ ރައްޔިތުންގެ މަޖިލީހެއް ހަމަ ހުއްޓާލަންވީއޭ ސުޕްރީމް ކޯޓުން ހަމަ ނުހިނގާކަމެއްގެ މައްޗަށް އަމުރެއް ނެރިފައި ހޯމަ ދުވަހު ޖަލްސާ ނުބާއްވާށޭ ބުނުން ކަހަލަ ކަމެއް ގާތްގަނޑަކަށް އެ ވަގުތީ އަމުރުގައި އެވަނީ

ޝިފާޒް ވިދާޅުވީ، އެކަމުގެ ސަބަބުން ތިން ބާރު ވަކިވެފައި އޮތް ދައުލަތެއްގެ ސިފަ ގާނޫނުއަސާސީގައި ލިޔެގެން ފަށާފައިވާ މަސައްކަތަށް ވަރަށް ބޮޑު ލޮޅުމެއް އައިސްފައިވާކަމަށާއި ހިިނގާފައިވަނީ ބަލައިގަނެވޭނެ ވަރަށްވުރެ ނުރައްކާތެރި ކަމެއްކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ދާންއުޅޭ ދިމާލާ މެދު ވިސްނާލާއިރު ނެރިފައިވާ ވަގުތީ އަމުރުގެ ސަބަބުން ވަރަށް ބޮޑަށް ނުރައްކަލާއި ދިމާލަށް ދާ މަންޒަރު ފެނިގެންދާނެކަމަށެވެ.

މިއީކީއެއް ޑިމޮކްރެޓްސްވެސް އަދި އަޅުގަނޑަކަށް ހީއެއް ނުވޭ އެހެން ބަޔަކުވެސް މިކަމާ ދޭތެރޭ ފުންކޮށް ވިސްނައިފިއްޔާމުން މީގަ ނުރައްކާތެރިކަން ހުރިވަރު އިންތިހާއަށް ބޮޑުކަމެއް އަދި މިއީ ބަލައިގަންނާނެ ކަމެއް ނޫން

އޭނާ ވިދާޅުވީ ނެތްކަމެއްގެ މައްޗަށް އަމުރު ނެރުމުން އެގޮތުގެ މަތިން ހިނގަ ހިނގާ ހުންނަ މަޖިލީހެއް ހުއްޓުވާވެސް ލެވިދާނެކަން ފެނިގެންދާކަަމަށެވެ. އޭނާ ވިދާޅުވީ، ކަން ވެފައިވާ ގޮތުގެ ސަބަބުން ނުހިނގާ ކަމަކާއި ގުޅުވައި ސުޕްރީމް ކޯޓުން އަމުރެއް ނެރި އަމުރެއް ނެރި ހުއްޓުވާލުމުގެ ފުރުސަތު އޮތްކަމަށާއި އެ އަމުރާއި ކުރިއަށް ތާވަލުކުރެވިފައިވާ މަޖިލީހުގެ ޖަލްސާއެއް ހުއްޓާލަން އަމުރެއް ނެރުމާއި ތަފާތެއް ނެތްކަމަށް ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވީ، ހިނގާފައިވާ ކަންކަމާއިމެދު ވިސްނައިފިނަމަ ކުރިމަތިވެފައިވާ ނުރައްކާތައް ފަހުމްވެގެންދާނެކަމަށާއި އެހިސާބުން އެކަންކަން ބަލައިވެސް ނުގަންނާނެކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ކުރިމަތިވެފައިވަނީ ދައުލަތް ހިންގަމުންދާ ޗެކް އެންޑް ބެލެންސް ނިޒާމާއި ވަރަށް ބީރައްޓެހިކަމެއްކަމަށެވެ.

ވަރަށް ގަދަ
42%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 17%ބޮޑު ޖޯކެއް 8%ހައިރާންވެއްޖެ 17%ވަރަށް ދެރަ 17%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: