ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެޓް ޝެލްޓާ އެޅުމަށް ބޭނުންވާ ބިން ސިޓީ ކައުންސިލާ ހަވާލުކޮށްފި

ހުޅުމާލޭގައި ބުޅާ ފެސިލިޓީ އަޅާ ބިން ކައުންސިލާ ހަވާލުކުރުން: ފޮޓޯ/ މާލެ ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕެޓް ކެއާ ފެސިލިޓީއެއް ގާއިމު ކުރުމަށް ބޭނުންވާ ބިން ސިޓީ ކައުންސިލާ ހަވާލުކޮށްފި އެވެ.

މަލެ ސިޓީ ކައުންސިލް އާއި އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީ ގުޅިގެން ގާއިމު ކުރާ ވަގުތީ ޝެލްޓަރ ގާއިމު ކުރަނީ ފޭސް ދޭއް ފެށޭ ސަރަހައްދުގަ އެވެ.

5،000 އަކަފުޓޫގެ މި ބިމުގައި މާލޭގެ އެކި ސަރަހައްދުތަކުގައި އުޅޭ ބުޅާތައް ގެންގޮސް ފަރުވާ ދޭނެ ނިޒާމެއް ގާއިމު ކުރެވިގެން ދާނެ އެވެ.

މާލެސިޓީ ކައުންސިލުން އަޅަން ނިންމާފައިވާ ބުޅާ ފެސިލިޓީ އަޅާނީ ބުޅާ ނިއުޓާ ކުރުމަށްފަހު ފަރުވާދެވޭ ގޮތަށެވެ. ކައުންސިލުން ނިންމާފައި ވަނީ ނިއުޓާކުރާ ކޮންމެ ބުޅަލެއް މައިކްރޯޗިޕް ކުރުމާއި ކޮންމެ ބުޅަލެއްގެ ކަރުގައި ކޮލާއެއް ނުވަތަ ކައުންސިލަށް ހާއްސަ ލޯގޯއެއް އަޅުވާ ގޮތަށެވެ. އަދި ނިއުޓާކުރާ ކޮންމެ ބުޅަލެއް ރަޖިސްޓްރީ ވެސް ކުރުމަށް ހަމަޖެހިފައިވާއިރު، ބުޅާ ނިއުޓާ ކުރުމުގެ އިތުރުން އެކްސްރޭ ނެގުމާއި ބްލަޑް ޓެސްޓް ކުރުން ފަދަ ކަންކަން ވެސް ކުރިއަށް ދާނެ ކަމަށާއި މަގުމަތީ އުޅޭ ބުޅަލުގެ އިތުރުން ޕެޓްގެ ގޮތުން އާންމުން ގެންގުޅޭ ބުޅަލަށް ވެސް އެތަނުން ޚިދުމަތް ދޭން ނިންމާފައިވާ ކަމަށް ކައުންސިލުން ހާމަކުރިއެވެ.

ބުޅާ ފެސިލިޓީގައި މަސައްކަތް ކުރުމަށް ނަގާނީ ފަރުވާދޭ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން، ސިޓީ ކައުންސިލްގެ ދެ މުވައްޒަފުންނާއި އިއުލާން ކޮށްގެން ނަގާ ހަތަރު މުވައްޒަފުންކަމަށް މީގެ ކުރިން ކައުންސިލުން ނިންމި ނިންމުމެއްގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: