ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ ސިފައިން ދިވެހި މަސްދޯނިތަކަށް އެރި ސަބަބު އަދިވެސް ސާފެއް ނުވޭ

ރާއްޖޭގެ ދޯންޏަށް އެރި އިންޑިއާގެ ސިފައިންގެ އުޅަނދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނިކޮށް، ދިވެހި ހަޔަތު މަސް ދޯންޏަކަށް އިންޑިއާގެ އަސްކަރިއްޔާގެ ސިފައިންތަކެއް ހަތިޔާރާއި އެކު އަރަން ޖެހުނު ސަބަބު އަދިވެސް ސާފުނުވާކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މަސްވެރިންނަށް ބިރު ދައްކައި، ސެޓްލައިޓް ނަމްބަރު ހޯދަން ޑިމާންޑު ކުރި މައްސަލަ ފެންމަތިވެ އެކަމުގެ ތަފްސީލު ހޯދަން ދިވެހި ސަރުކާރުން ވަނީ އިންޑިއާގައި ރަސްމީކޮށް އެދިފަ އެވެ. އެކަމަކު މިއަދު ޝިޔާމް ދެއްކެވި ވާހަކައިން، ދޭހަވީ ގޮތުން މިހާތަނަށް އެ ގައުމުން ސިފައިން އެރި މައްސަލައިގައި މާބޮޑު ތަފްސީލެއް ނުދެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލު ކުރުމުގެ ވަގުތުގައި، ސިފައިންގެ މައްސަލައިގައި މިނިސްޓްރީއަށް ލިބިފައިވާ މައުލޫމާތުތަކުގެ ތަފްސީލު ދެވެން އޮތް މިންވަރަކުން ހިއްސާ ކުރުމަށް އެދުނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އެވެ. އޭނާ ސުވާލު ކުރީ މަސްވެރިންގެ ދޯނިތަކަށް އިންޑިއާގެ ސިފައިން އެރީ ކޮން ސަބަބަކާ ހުރެތޯ އާއި، އެކަން ހިނގައިދިޔައީ ކިހިނެއްތޯ އެވެ.

ޖަވާބުގައި ޝިޔާމް ވިދާޅުވީ އެ ސުވާލުގެ ސީދާ ޖަވާބެއް ނެތްކަމަށާއި، ސަބަބަކީ ހާދިސާ ހިނގައިދިޔަ ގޮތް ބެލުމުގައި އެހެން އިދާރާތަކައި ވުޒާރާތައް ވެސް މަސައްކަތް ކުރަމުންދާތީ ކަމަށެވެ. އެހެންކަމުން އެ މައުލޫމާތު ހޯދުމަށް ފަހު ހިއްސާ ކުރައްވާނެކަމަށް ޝިޔާމް ވިދާޅުވި އެވެ.

ސީދާ އަޅުގަނޑުގެ ހިސާބުގައި ތި ސުވާލުގެ ޖަވާބެއް ނެތް.. ކީއްވެ ހިނގައިދިޔަ ކަމެއްތޯ.. އެ ސުވާލުގެ ޖަވާބު ގުޅުން ހުރި އިދާރާތަކުން ހޯދައި މެމްބަރާ ހިއްސާ ކުރާނެ ވާހަކަ ދަންނަވަން

މިދިޔަ ޖެނުއަރީ 31، އަދި ފެބްރުއަރީ 01 ގައި ހިމގި މި ހާދިސާގެ ތަފްސީލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހިދުމަތްތަކުގެ ކޮމިޓީއަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ހާޒިރު ކުރުމަށް ވަނީ ނިންމަފަ އެވެ.

ސިފައިން އެރި މައްސަލައިގައި ސީދާ ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަ ނުދެއްކެވި ނަމަވެސް، ފަހަކަށް އައިސް ރަސްމީ ކޮންމެ ޖަލްސާއެއްގައި ވެސް އެމަނިކުފާނު ގެންދަވަނީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު އަމިއްލައިން 24 ގަޑިއިރު ބެލެހެއްޓުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ދިވެހިންގެ ސަލަމާތާއި، ރައްކާތެރިކަން ބަލައްހައްޓާނީ ދިވެހިންކަމަށާއި އެކަމުގައި ކުރަން ޖެހޭ މަސައްކަތްތައް ފަށައި ފިޔަވަޅު އަޅުއްވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: