ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެބްރުއަރީ މަހު ސަރުކާރުގެ ހަރަދަށްވުރެ އާމްދަނީ އިތުރު!

މީރާ އާއި ފިނޭންސް މިނިސްޓްރީ ހިންގާ އޮފީސް؛-ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ކޮށްފައިވާ ހަރަދުތަކަށް ވުރެ އާމްދަނީ އިތުރުކަމަށް ފެބްރުއަރީ 22 ވަނަ ދުވަހުގެ ނިޔަަލަށް ޝާއިއުކޮށްފައިވާ ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން ފެބްރުއަރީ 22 ވަނަ ދުވަހުގެ ނިޔަލަށް ޝާއިއުކޮށްފައިވާ ވީކްލީ ފިސްކަލް ސްޓެޓިސްޓިކްސް ރިޕޯޓުން ދައްކާގޮތުން ސަރުކާރުން ވަނީ މި އަހަރުގެ ބަޖެޓުން 4.5 ބިލިއަނާއި ގާތް ކުރާ އަދަދެއް ބޭނުންކޮށްފައެވެ. މިއީ ޖުމުލަ ހަރަދުކުރުމަށް ކަނޑައެޅިފައިވާ 47 ބިލިއަނަށްވުރެ އިތުރު ބަޖެޓުން 9.5 އިންސައްތައެވެ.

ފިނޭންސް އިން ބުނެފައިވާގޮތުން މި އަހަރުގެ ފެބްރުއަރީ 22 ވަނަ ދުވަހުގެ ނިޔަލަށް ކޮށްފައިވާ 4.5 ބިލިއަންގެ ހަރަދުން 3.4 ބިލިއަންއަކީ ރިކަރެޓް އެކްސްޕެންޑިޗާ ކަމަށެވެ. އަދި 1.1 ބިލިއަނަކީ ކެޕިޓަލް ހޭދަކަމަށްވެސް ވެއެވެ.

މި މުއްދަތަށް ލިބިފައިވާ އާމްދަނީގެ އަދަދު ކޮށްފައިވާ ހެދައާއި ބަލާއިރު އިތުރުކަންވެސް ފާހަގަކުރެވެއެވެ. އެގޮތުން ޖުމުލަ އާމްދަނީގެ ގޮތުގައި 4.8 ބިލިއަން ލިބިފައިވާކަން ހާމަކޮށްފައިވާއިރު، މި އަދަދުގެ ތެރެއިން މައި ހިއްސާދާރަކީ ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީކަންވެސް ރިޕޯޓުން ދައްކައެވެ.

މި މުއްދަތުގެ ނިޔަލަށް ބިޒްނަސް ޓެކްސްގެ ގޮތުގައި 1.8 ބިލިއަނަށްވުރެ އިތުރު އަދަދެއް ލިބުނު އިރު، ޓީޖީއެސްޓީގެ ގޮތުގައި 1.1 ބިލިއަނަށްވުރެ އިތުރު އަދަދެއް ލިބިފައިވެއެވެ. އަދި ފެބްރުއަރީ 22 ގެ ނިޔަލަށް އާންމުތަކެތިން ނަގާ ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީގެ އަދަދުތައް 1.8 ބިލިއަނަށްވުރެ އިތުރުކަމަށް ރިޕޯޓުން ފެނިގެންދާއިރު، އެހެނިހެން ގޮތް ގޮތުން ލިބުނު އާމްދަނީގެ އަދަދުތައް 580 މިލިއަނާއި ގާތްކުރާކަމަށް ފިނޭންސްގެ ރިޕޯޓުން ދައްކައެވެ.

ރިކަރެންޓު ހަރަދުތަކުގެ ތެރެއިން މުސާރައިގެ ގޮތުގައި ހޭދަކޮށްފައިވަނީ 1 ބިލިއަނަށްވުރެ އިތުރު އަދަދެއްކަމަށްވާއިރު، އިދާރީ އަދި ހިންގުންތެރިކަމުގެ މަސައްކަތްތަކަށް ކޮށްފައިވާ ހޭދަ 2.4 ބިލިއަނަށް އަރާކަމަށް ފިނޭންސްއިން ބުނެފައިވެއެވެ.

ފިނޭންސްއިންވަނީ ޕީއެސްއައިޕީ މަޝްރޫޢޫތަކަށް ކުރަމުންދާ ހަރަދަތަކުގެ ތަފްސީލުތައްވެސް ހިމަނާފައެވެ. އެގޮތުން ފެބްރުއަރީ 22 ވަނަ ދުވަހުގެ ނިޔަލަށް ޕީއެސްއައިޕީގެ ގޮތުގައި ޖުމުލަ ކޮށް 755.9 މިލިއަން ކަމަށާއި އެ އަދަދުގެ ތެރެއިން އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ ބިން ހިއްކުމާއި މަގުހެދުމާއި ފެނާއި ނަރުދަމާގެ މަސައްކަތްތަކަށް ކަމަށްވެސް ރިޕޯޓުން ދައްކަައެވެ.

ބިން ހިއްކުމާއި މަގުހެދުމަށް 347.1 މިލިއަން ހޭދަކޮށްފައިވާއިރު ފެނާއި ނަރުދަމާ ގާއިމުކޮށްދިނުމުގެ މަސައްކަތްތަކަށް 149.2 މިލިއަން ސަރުކާރުން ހަރަދުކޮށްފައިވެއެވެ. ތިންވަނަ އަަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ޓްރާންސްޕޯޓު ދާއިރާ ހަރުދަނާކުރުމުގެ ގޮތުންކަމަށްވާއިރު ހައުސިންގް އަދި ތައުލީމުގެ ދާއިރާއަށްވެސް ފާހަގަކުރެވޭ ވަރުގެ ހޭދައެއް ކޮށްފައިވާކަން ރިޕޯޓުން ހާމަވެގެންދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: