ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަރަދުކުޑަކުރުމުގައި ރާއްޖެވަނީ ފެއިލްވެފައި: ވޯލްޑް ބެންކް

މިނިސްޓަރު އިބްރާހިމް އަމީރު، މިނިސްޓަރު ފައްޔާޒު އިސްމާއިލް، ރައީސް ސާލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ މާލީ ހާލަތުން އަރައިގަތުމަށް ހަރަދުތައް ކުޑަކުރުމަށް ރޭވުންތައް ރާވާނަމަވެސް އެ އަމާޒު ހާސިލުކުރުމުގައި ފެއިލްވެފައިވާކަމަށް ވޯލްޑް ބެންކްއިން ބުނެފިއެވެ.

ވޯލްޑު ބެންކުން ޝާއިއުކޮށްފައިވާ އާޓިކަލްއެއްގައި ބުނެފައިވާގޮތުން، 2023 ވަނަ އަހަރާއި 2024 އާއި 2025 ވަނަ އަހަރުގެ ތެރޭގައިވެސް އިގްތިސާދު ފުޅާވެގެންދާނެކަމަށް ލަފާކުރެވޭނަމަވެސް ރާއްޖެއަށް ބޮޑެތި އިގްތިސާދީ ގޮންޖެހުންތައް ކުރިމަތިވުމުގެ ފުރުސަތު އެބަ އޮތެވެ. އެގޮތުން ބޮޑުވަމުންދާ ހަރަދުތަކާއި މަތީގައި ހުރި ދަރަނީގެ އަދަދުތަކުގެ އިތުރުން ރާއްޖެއިން ބޭރުގައި ހިނގާ ކަންކަމުގެ އަސަރުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތު ގޯސްވެގެންދިއުމުގެ ނުރައްކާ އޮތްކަމުގެ އިންޒާރުތައް ދީފައިވެއެވެ.

އަދި މީގެ ކުރިން އެ ބެންކުގެ ރިޕޯޓެއްގައި ރާއްޖޭގެ އިގްސާދަށް އުންމީދީ ވާހަކަތަކެއް ޝާއިއުކޮށްފައިވާނަމަވެސް ރާއްޖެއަށް ބޮޑެތި މާލީ ގޮންޖެހުންތައް ހުރިކަމަށް ބުނެފައިވެއެވެ. އާޓިކަލްގައި ބުނެފައިވާގޮތުން، އެ ދަދިތަކަކީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުބޮޑުވުމާއި ސަރުކާރުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުންނާއި އެހެނިހެން ބައެއް ކަންކަމުގެ ސަބަބުން ދިމާވާނެ ގޮންޖެހުންތަކެވެ. އަދި އެ މައްސަލަތައް ހައްލުކުރުމަށް މިވަގުތު ފިޔަވަޅުތައް އަޅަންޖެހޭކަމަށާއި، އެ ފިޔަވަޅުތަކުގެ ތެރޭގައި އާންމުންގެ ފައިސާ މެނޭޖުކުރުމުގައި އިތުރަށް ހަރުދަނާ މަސައްކަތްތަކެއް ކުރުމާއި ޓާގެޓެޑް ސަބްސިޑީ ދިނުމާއި ދިމާލަށް މިސްރާބު ޖެހުމުގެ އިތުރުން އާމްދަނީ އިތުރުކުރުމާއި ދަރަނި މެނޭޖުކުރުންވެސް ހިމެނެންޖެހޭނެކަމަށް ބުނެފައިވެއެވެ.

ރާއްޖެއިން ހަރަދުތައް ކުޑަކުރުމަށް ރޭވުންތައް ރާވާ ނަމަވެސް އެކަން ކުރުމުގައި ފެއިލްވެފައިވާކަމަށް ބުނެފައިވެއެވެ. އަދި ދައުލަތުގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 115 އިންސައްތައަށްވުރެ މައްޗަށް އަރައިގެންދާނެކަމަށް ލަފާކުރެވޭކަމަށްވެސް ބުނެފައިވެއެވެ. ވޯލްޑް ބެންކްއިން ބުނެފައިވާގޮތުން، ސަރުކާރުންވަނީ ޖީއެސްޓީ ނަގަމުންދާ އަދަދުތައް އިތުރުކޮށްފައިނަމަވެސް އެހެނިހެން ފިޔަވަޅުތައްވެސް އެޅުން މުހިންމަށާއި 2023 ވަނަ އަހަރުގެ ސަބްސިޑީއަށް ގެނައުމަށް އުޅުނު އިސްލާހުތައް ގެނެވިފައިނުވާކަމަށްވުމުން ހަރަދުތައް ކުޑަކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށް ފާހަގަކޮށްފައިވެއެވެ.

ޒިންމާދާރުކަމާއިއެކު މާލީ މަސައްކަތްތަކެއް ކުރުމަށްޓަކައި ހަރަދުކުޑަކުރުމަށް ގެންގުޅޭ ސިޔާސަތު އަލުން އެކުލަވާލައި އާމްދަނީ އިތުރުވާނެ މަގުތައްވެސް އިތުރުކުރަންޖެހޭކަމަށް ބުނެފައިވެއެވެ. ވޯލްޑް ބެންކްއިން ބުނެފައިވާގޮތުން ގެނައުން މުހިންމު އިސްލާހުތަކުގެ ތެރޭގައި އާސްންދަ ޕްރޮގްރާމް ހަރުދަނާ ގޮތެއްގެ މައްޗަށް އަލުން އެކުލަވާލުމާއި، އެސްއޯއީތަކަށް ކުރަމުންދާ ހަރަދުތައްވެސް އެކަށީގެންވާ އުސޫލެއްގެ މަތިން ކުރުން މުހިންމުކަމަށް ބުނެފައިވެއެވެ. ވޯލްޑް ބެންކްއިން ބުނެފައިވާގޮތުން އާމްދަނީ އިތުރުކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި ނަގަމުންދާ ޓެކްސްގެ ބާވަތްތައް އިތުރުކުރުން ފަދަ ފިޔަވަޅުތައްވެސް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: