ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބުގެ ރީ ރެޖިސްޓްރީއަށް ދޭނީ ތިން ދުވަސް: އީސީ

އިލެކްޝަން ކޮމިޝަންގެ ނައިބުރައީސް އިސްމާއިލް ހަބީބް.... ފޮޓޯ: ސަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލިސް އިންތިހާބު އަންނަ އޭޕްރިލްއަށް ފަސް ކުރުމުން، ދެން ރީ ރެޖިސްޓްރޭޝަނަށް ހުޅުވާލާނީ ތިން ދުވަސްކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެ އެވެ.

ރޯދަ މަހު އިންތިހާބު ނުބޭއްވޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހުގެ ބިލު ރައީސުލްޖުމްހޫރިއްޔޭ ރޭ ތަސްދީގު ކުރެއްވުމާއި އެކު އިލެކްޝަންސް ކޮމިޝަނުން ނިންމީ އޭޕްރިލް 21 ގައި އިންތިހާބު ބޭއްވުމަށެވެ. ތާރީހަށް މިއައި ބަދަލާއި އެކު ދެން ކޮމިޝަނުން ކުރާނެ މަސައްކަތްތަކަކީ ކޮބައިތޯ ”ސަންގު“ އިން ސުވާލު ކުރުމުން ހަބީބް ވިދާޅުވީ އެ ތާރީހުގެ މުއްދަތާއި ދެމެދު އަލަށް 18 އަހަރުވާ ކުދިން ތިބުމާއި އެކު އައު ވޯޓާސް ލިސްޓެއް އާންމު ކުރާނެ ކަމަށެވެ.

ވޯޓުލުމަށް ފަހު، ކަރުދާސް ދެއްކުން ނުވަތަ ވޯޓުގެ ސިއްރުކަން ގެއްލޭ ފަދަ ގޮތަކަށް އަމަލުތައް ބެހެއްޓުން އާންމުކަމަކަށްވެފައިވާއިރު ހަބީބް ވިދާޅުވީ އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމުގެ ގޮތުން ފިޔަވަޅު އަޅާފައިވާނެ ކަމަށެވެ. އެގޮތުން ވޯޓު ކަރުދާސް ހާމައަށް ފެންނަ ގޮތަށް ގެންގުޅުން، ނުވަތަ ފޮޓޯ ނެގުން އެއީ ކުށެއްކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން ހަބީބް ވިދާޅުވީ މަޖިލިސް އިންތިހާބަށް އޮފިޝަލުންގެ ތަމްރީނުތައް ރޯދަ މަހުގެ ކުރިން ނިންމާނެ ކަމަށެވެ. އަދި އިދާރީ ގޮތުން ކުރަންހުރި މަސައްކަތްތައް ވެސް ޭގެ ކުރިޔަށް ނިންމާނެކަމަށް ވިދާޅުވި އެވެ.

މާޗް މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބު ރޯދަ މަސް ތެރޭ ނުބޭއްވޭ ގޮތަށް އިންތިހާބުތަކާއި ބެހޭ ޤާނޫނަށް ގެނައި އިސްލާހުގެ ބިލު ރައީސް ތަސްދީގު ކުރައްވާފައިވަނީ ބަންޑާރަ ނާއިބު، އަހުމަދު އުޝާމް އެގޮތަށް ލަފާދެއްވުމާއި ގުޅިގެންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: