ހުރިހާ ފޯކަސްއެއް ހުރީ ނަތީޖާ ނެރުމަށްކަމަށާއި ވައުދުވެ ވަޑައިގަތީ ”ރިޒަލްޓް އޮރިއެންޓެޑް ގަވަރމެންޓެއް“ ހިންގުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކިނބިދޫ ދާއިރާއަށް ވާދަކުރައްވާ ސަރުކާރުގެ ކެންޑިޑޭޓުގެ ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ އެމަނިކުފާނު ދެއްވާ ޔަގީންކަމަކީ ކިނބިދޫ ދާއިރާއާއި މުޅި ތ. އަތޮޅުގެ ތަރައްގީއަށްޓަކައި ކުރަންހުރި ހުރިހާކަމެއްގައި ރައްޔިތުންނަށް ޓަކައި، އަތޮޅުގެ ތަރައްގީއަށް ދާއިރާގެ ތަރައްގީއަށް ފުރިހަމަ އިސްކަމެއް ދެއްވާނެ ކަމަށެވެ. އެހެންނަމަވެސް އެ އިސްކަމާއި އެއްގޮތަށް އަމަލީގޮތުން އެކަން ހާސިލްކުރެވޭނީ ސަރުކާރަށް މަޖިލީހުގެ ތެރޭގައި އަތޮޅުގެ ހުރިހާ ދާއިރާއަކަށް ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓުން ހޮވައިދެއްވައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.
ޕީޕީއެމް/ޕީއެންސީގެ ކިނބިދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓަށް ރައީސްގެ ފުރިހަމަ ތާއިދު އޮތްކަމަށް ރައީސް ވިދާޅުވިއެވެ. ކިނބިދޫ ދާއިރާގެ ތަރައްގީއަށްޓަކައި ކުރަންހުރި ގިނަ ކަންކަމަކީ މަޖިލީހުގެ ވަރަށް ބޮޑު ދައުރެއް އޮވެގެން ހަގީގަތަކަށް ހެދޭނެ ކަންކަން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ހުރިހާ މަޝްރޫއެއްވެސް ހިންގޭނީ ބަޖެޓު ފާސްކޮށްގެން ކަމަށާއި ބަޖެޓުގައި ދާއިރާއަށް އެއްބާރުލުން ނުދޭ ކެނޑިޑޭޓުން ތިބެގެން ބޭނުންވާ ގޮތަށް ބޭނުންވާ މަޝްރޫއުތައް، ބޭނުންވާ އަދަދުތައް ހިމަނައިގެން ފާސްކޮށްދޭނެ ކަމުގެ ޔަގީންކަން ނޯންނާނެ ކަމަށެވެ.
އެހެންނަމަވެސް އަޝްރަގު ހޮއްވަވާ ދެއްވައިފިއްޔާ އަޅުގަނޑަށް 100 ފަސަންޓު ޔަގީންކަން އެބައޮތް ތި ދާއިރާއަށް ނުވަތަ ކިނބިދޫ ދާއިރާގެ ރަށްތަކަށް ކުރިއަށްއޮތް އަހަރުގެ ތެރޭގައި ކުރިއަށް ގެންދާން ހުރި މަޝްރޫއު ތަކުގައިވެސް ބޭނުންވާގޮތަށް ބަޖެޓަށް ވޯޓު ދެއްވާނެ ކަމަށް
ރައްޔިތުންގެ އުއްމީދުތަކާއި އެއްގޮތަށް ކަންކަން ކުރައްވާނެ ކެންޑިޑޭޓެއް ހޮވުމުން ވަަރަށް ބޮޑު ތަފާތެއް އަންނާނެ ކަމަށް ރައިސް ވިދާޅުވިއެވެ. ކެމްޕެއިން ތެރޭގައިވެސް އެވާހަކަ ދައްކައިފައިވާ ކަމަށާއި އެއީ ކުރން އެކި ޕްލެޓްފޯމުގައި މަސައްކަތްކޮށްފައި ހުންނާނީ ނަތީޖާ ނެރުމަށްކަމަށް ރައީސް ވިދާޅުވިއެވެ.
ރައްޔިތުންނަށް މުހިންމު ވާނީ ނަތީޖާ ކަމަށާއި ރައްޔިތުން ބޭނުންވާނީވެސް ނަތީޖާ ނެރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރައްޔިތުން އެދޭ ގޮތަށް ރައްޔިތުން އެދޭ އަމާޒަށް ކަންކަން ވުމަށް އެދޭކަމަށް ރައިސް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އެކަންކަން ވަނީ އެކަން ކޮށްދޭން ބަޔަކު މަޖިލީހުގައިވެސް ތިބެގެން ކަމަށް ރައީސް ވިދާޅުވިއެވެ. ކޮންމެ ކަމެއްގައި ދެކޮޅުހަދައި. އަދި ވޯޓު ހޯދުމުގައި ރައްޔިތުންނަށް ބޭނުންވާ ކަންކަން ނުކޮށްދީ އަމިއްލަ މަސްލަހަތު އިސްކުރާ ބޭފުޅުން މަޖިލިސް ތެރޭގައި ތިބެގެން ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަންނުކުރެވޭނެ ކަމަށް ރައިސް ވިދާޅުވިއެވެ.
އެހެންކަމުން ކިނބިދޫ ދާއިރާގެ ތަރައްގީގައިވެސް ގިނަ ކަންކަން ކުރަން ހުރިކަމަށާއި އަދި އޭގެ ގިނަ ކަންކަމަކީ މިހާރުވެސް އަދި ކެމްޕެއިން ތެރޭގައިވެސް އަތޮޅުތަކަށް ކުރިދަތުރުގައިވެސް ދައްކާފައިވާ ވާހަކަ ކަމަށާއި ތަކުރާރު ކުރެވިފައިވާ ވައުތައް ކަމަށް ރައީސް ވިދާޅުވިއެވެ.
ހުރިހާ ކަމެއް ކުރުމުގައިވެސް އެީ މިހާރު ހިނގަމުންދާ މަޝްރުއުތައް ކަމުގައިވިނަމަވެސް އަދި ވެރިކަމާއި ހަވާލުވިއިރު ހުއްޓުފައި ހުރި މަޝްރޫއުތައް ނަމަވެސް އަދި މިހާރު ފެށުމަށް ތައްޔާރުވެފައިވާ ކަންކަމާއި ބަޖެޓުގައި ހިމަނަން ޖެހޭ މަޝްރޫއު ތަކާއި ކުރިއަށް އޮތް އަހަރުގައި ހިމަނަން ޖެހޭ ކަންކަން ނަމަވެސް އޮތީ ހަމައެކަނި އެހެން ކަމަށް ރައީސް ވިދާޅުވިއެވެ. ކިނބިދޫގެ ތަރައްގީއަށް ބިންހިއްކުމުގެ މަޝްރޫއު ވަރަށް މުހިންމު ކަމަށާއި ރަށުގެ ތަރައްގީގެ ކިސްޓު ތަރުތީބު ކޮށްލުމުގައި އެއީ ވަރަށް މަތިން އަންނަ މަޝްރޫއެއް ކަމަށް ރައިސް ވޮދާޅުވިއެވެ.
އެހެންކަމުން މިހާރު މަސައްކަތް ކުރައްވަނީ އަމަލީގޮތުން އެމަސައްކަތް ކުރުމަށްކަމަށާއި ވަރަށް އަވަހަށް އެކަން ފެންނާނެ ކަމަށް ރައިސް ވިދާޅުވިއެވެ.

