ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ ވަސީލަތް ނަހަމަ ގޮތުގައި ސަރުކާރުން ބޭނުން ކުރަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކެނދިކުޅުދޫއަށް ވަޑައިގަތުން-- ވަގުތު އިމޭޖްސް: މުހައްމަދު އަލީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށް ރަސްމީ ދަތުރުފުޅެއްގެ ނަމުގައި ކެމްޕެއިން ހަރަކާތެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރިއަށް ގެންދެވިކަމަށް ބުނެ އެ ހަރަަކާތް ކެނދިކުޅުދޫ ކައުންސިލްގެ އިދާރާއިން ކުށްވެރިކޮށްފިއެވެ.

ފެބްރުވަރީ މަހުގެ 29 ވަނަ ދުވަހު ރައީސް ޑރ. މުއިއްޒު ރަސްމީދަތުރުފުޅެއްގައި ކެނދިކުޅުދޫއަށް ޒިޔާރަތްކުރައްވާ އެރަށުގެ ކައުންސިލްގެ ރުހުންނެތި ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ހަރާކާތްތައް ސިޔާސީ ހަރަކާތެއްގެ ގޮތަށް ސިފަވާގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ނިސްބަތްވާ ޕާޓީއަށް ތާއިދު ހޯދުމުގެ ގޮތުން ވާހަކަފުޅު ދައްކަވާފައިވާ ކަމަށް ބުނެ ކެނދިކުޅުދޫ ކައުންސިލުންވަނީ ބަޔާނެއް ނެރެފައެވެ.

އެރަށުގެ ކައުންސިލުން ބުނެފައިވަނީ ރައީސް އެރަށް ޒިޔާރަތް ކުރެއްވީ ރަސްމީ ދަތުރުފުޅެއްގައި ކަމަށާއި އެހެންކަމުން ރައީސް އޮފީހުން އެދަތުރުފުޅުގެ އިންތިޒާމުތައް ހަމަޖައްސައިދެއްވުމަށް އެދުނުގޮތަށް ދަތުރުގެ ހުރިހާކަމެއް ހަމަޖައްސައިދެއްވި ކަމަށެވެ. އެހެންކަމުން ރައިސް ރައްޔިތުންނާއި ބައްދަކުރެއްވުމަށްޓަކައި އިންތިޒާމް ކުރެއްވި އެ ރަސްމިއްޔާތުގައި ރަށުގެ ކައުންސިލުންވެސް ބައިވެރިވެފައިވާކަމަށް އެ ކައުންސިލުން ނެރުނު ބަޔާނުގައި ފާހަގަކުރައްވާފައި ވެއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ހަފްލާގެ ވަކި ހިސާބަކުން ރައީސް އާއި އެމަނިކުފާނުގެ ކެބިނެޓުގެ ވަޒީރުން ދެއްކެވި ވާހަކަފުޅުގެ މިސްރާބު ބަދަލުވެގެންދިޔައީ ސިޔާސީ ޕޯޑިއަމްއެއްގައި ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓުންނަށް ތާއިދު ހޯއްދަވަން ދެއްކެވި ވާހަކަތަކެއް ކަަމަށެވެ.

ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކީ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަކޮށް އެ މަގާމަށް ހޮވިވަޑައިގެންފައިވާ ބޭފުޅަކަށްވާތީ އެ މަގާމު ފުރުއްވުމުގައި ވަކި ޕާޓީއެއް ޕްރޮމޯޓްކޮށް ނުވަތަ ސިޔާސީ ގޮތުން އެޕާޓީގެ ކެންޑިޑޭޓުންނަށް ތާއިދު ހޯދުމަށް މަސައްކަތްކުރެއްވުމަކީ އޭގެ ޒާތުގައި ގާނޫނުން މަނާ ކުރާކަމެއް ނޫންކަމަށްވެސް ކައުންސިލުން ނެރުނުބަޔާނުގައި ފާގަހަކުރައްވާފައިވެއެވެ.

އެހެންނަމަވެސް އިންތިހާބަށް ކެމްޕެއިން ކުރުމަށްޓަކައި ސަރުކާރުގެ އޮފީސްތަކާއި ކައުންސިލްތަކުގެ އިދާރާ ބޭނުންކުރުމަކީ 11/2008 (އިންތިހާބުތަކާއި ބެހޭ އާއްމު ގާނޫނު) ގެ 19 ވަނަ މާއްދާއިން މަނާކޮށްފައިވާ ކަމެއްކަމަށް ކެނދިކުޅުދޫ ކައުންސިލުން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން އިންތިހާބަށް ތާއީދު ހޯދުމަށް މަސައްކަތް ކުރައްވާ ފަރާތްތަކުން ހިފަހައްޓަންޖެހޭ ސުލޫކާއި ހިލާފު ކަމަކަށްވެ ކައުންސިލްގެ ބައިވެރިވުން ހިމެނޭގޮތަށް ކުރިއަށް ގެންދިޔަ އެ ހަފްލާގައި އިންތިހާބަށް ކެމްޕެއިން ކުރުން ކުށްވެރިކުރާކަމަށް ކެނދިކުޅުދޫ ކައުންސިލުން ވަނީ ބުނަފައެވެ.

މީގެއިތުރުން އެރަށުގެ ކައުންސިލުން ބުނެފައިވަނީ ދިވެހިރާއްޖޭގައި އަމަލުކުރާ ގާނޫނުތަކަކީ އިސްތިސްނާއެއް ނެތި އެންމެންގެ މައްޗަށްވެސް ހަމަހަމަ އުސޫލުން ހިނގާއެއްޗެއް ކަމަށާއި ގަނޫނުގައި ކަނޑައަޅައިފައިވާ އުސޫލުގެ ބޭރުން ކަމެއް ކުރައްވާނަމަ އެއީ އެރަށުގެ ކައުންސިލުން ބަލައިގަންނަ ކަމެއް ނޫންކަމަށެވެ. އެހެންކަމުން އެފަދަ އަމަލުތައް ނުކުރުމަށް ހުރިހާ ސިޔާސީ ޕާޓީއަކަށް ވަނީ ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: