ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައްސަލައިގެ ސީރިއަސްކަމަށް ބަލައި ކައުންސިލްގެ ބަޔާނަށް އިންކުއަރީއެއް ގެންދަން ވަގުތެއް ނުލިބުނު: ޒުލްފާ

ލޯކަލް ގަވާމަންޓު އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޑރ. މަރިޔަމް ޒުލްފާ ---- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކެނދިކުޅުދޫ ކައުންސިލުން އާއްމުކުރި ބަޔާނާއި ގުޅިގެން އެބަޔާނަށް އިންކުއަރީއާކާއި ނުލާ ރައްދުދެއްވީ މައްސަލައިގެ ހައްސާސްކަމާއި އިންކުއަރީ ނިމޭއިރު އެކަމުގެ މުވާލާތް ކެނޑިފައިއޮންނާނެތީ ކަމަށް ލޯކަލް ގަވާމަންޓު އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޑރ. މަރިޔަމް ޒުލްފާ ވިދާޅުވެއްޖެއެވެ.

ހަފްތާ 14 ގެ ކަންކަމާއި ގުޅިގެން އެލްޖީއޭގެ މަސައްކަތް ކުރިއަށްގޮސްފައިވާ މިންވަރު ހިއްސާ ކުރުމަށްޓަކައި އެ ވުޒާރާއިން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޒުލްފާ ވިދާޅުވީ ބަންޑާރަނައިބުގެ އޮފީހަކީ ދައުލަތުގެ ހުރިހާ މުވައްސަސާތަކުން ވެސް ގާނޫނީލަފަޔަށް އެދުމުން ލަފާ އަރުވާ ތަނެއް ކަމަށެވެ. ޒުލްފާ ވިދާޅުވީ ބަނޑާރަނައިބުގެ އޮފީހުން ސިޓީ ލިބުނީ 7 މާޗުގައި ކަމަށެވެ. އެހެންކަމުން މި މައްސަލަ އާއި ގުޅިގެން އޭޖީ އާއި މަޝްވަރާކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ބަންޑާރަ ނައިބު ވިދާޅުވީ އިންކުއެރީ އެއްކުރައްވަން ކަމަށާއި އެހެން ނަމަވެސް އެކަން އެގޮތަށް ނުކުރެއްވީ މައްސަލައިގެ ހައްސާސީކަމުން ކަމަށް ޒުލްފާ ވިދާޅުވިއެވެ. އަދި އިންކުއެރީއަކަށް ގިނަ ދުވަސްވުމުގެ ސަބަބުން އެމައްސަލައިގެ މުވާލާތް ކެނޑިގެންދާނެ ކަމަށް ޒުލްފާ ވިދާޅުވިއެވެ.

ޒުލްފާ ވިދާޅުވީ ނ އަތޮޅު ކެނދިކުޅުދޫ ކައުންސިލުން ނެރުނުބަޔާނަށް ދެއްވި ރައްދުގައި ވާނީ ގާނޫނާއި ގަވާއިދުގެ ތަރަހައިގެ ތެރެއިން ކަންކަން ކުރުމަށްކަމަށެވެ. ލޯކަން ގަވަރމެންޓު އޮތޮރިޓީން 29 ޑިސެމްބަރު 2022 ވަނަ ދުވަހު ކައުންސިލްތަކުން ނިންމާ ނިންމުންތަކާއި ފާސްކުރާ ގަރާރުތަކާއި، ކައުންސިލްތަކަށް ލިބިދީފައިވާ ގާނޫނީ ބާރުގެ ދާއިރާއިރާގެ ތެރެއިން ކައުންސިލުން މަތިކޮށްފައިވާ ހިދުމަތްތަކާއި ގުޅިގެން އެ ނިންމުން ތަކާއި ގަރާރުތަކާއި އެންގުންތައް އާންމު ކުރަން ވާނީ ކައުންސިލްގެ ރަސްމީ ބައްދަލުވުމަކުން ފާސްކޮށްގެން ކަމަށް ހުރިހާ ރަށު ކައުންސިލްތަކާއި އަތޮޅުކައުންސިލްތަކަށް އަންގާފައިވާކަމަށް ޒުލްފާ ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ އެލްޖީއޭގެ ބޯޑުގެ ބައްދަލުވުމެއް ނިމިގެންދިޔައީ 29 ފެބްރުއަރީގައި، ބައެއް ބޭފުޅުން ވިދާޅުވީ ކީއްވެހޭ އެ ބޯޑަށް ނުގެންދަނީ… އޮފީސް ހިންގުމުގެ އެކްސްޕީރިއެންސް އަށް ބަލާފައި އަޅުގަނޑު ޗީފް އެގްޒެކެޓިވް އޮފިސާރ އަށް އޮންނަނީ ގާނޫނުން އޮފީސް ހިންގުމުގެ ބައި ހަވާލުކޮށްފައި…. ނެރެވުނު ބަޔާނަކީ އަޅުގަނޑުގެ ޒަމީރު ގަބޫލުކުރާ ގޮތުގައި ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ އަބުރުފުޅަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމެށް ކަމުގައި އަޅުގަނޑަށް ގަބޫލުކުރެވޭތީ އެ އޮފީހުގެ ނުވަތަ އެ އިދާރާގެ ހުރުމަތް ކުޑަނުވާގޮތަށް ގެންދިއުމަށް އަންގާފައި އޮންނާނި

ޒުލްފާ ވިދާޅުވީ އެރަށުގެ ކައުންސިލަށް ބަޔާން އަނބުރާ ގެންދިއުމަށް އެދުނީ އެގޮތުގެ މަތިންކަމަށެވެ. ޒުލްފާ ވިދާޅުވީ ގާނޫނުތަކަށްވުރެ ގާނޫނުއަސާސީއަކީ މާތީ އެއްޗެއްކަމަށެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ އަކީ ގާނޫނުއަސާސީން ބާރުލިބިގެން ދިވެހިރައްޔިތުންގެ އަގުލަބިއްޔަތުން ހޮވާފައިވާ ބޭފުޅެއް ކަަމަށް ޒުލްފާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދިވެހިރައްޔިތުންގެ ހިތްތަކުގަ އާއި އަދި ކައުންސިލްތަކުންވެސް އެ އޮފީހަށް ދޭންޖެހޭ ގަދަރާއި އިތްޒަތްދޭން ޖެހޭކަމަށް ޒުލްފާ ވިދާޅުވިއެވެ.

ކައުންސިލްތަކުން ކުރާ މަސައްކަތްތަކުގައި ޖަވާބުދާރީ ވާންޖެހޭ ފަރާތަކީ އެލްޖީއޭ ކަމަށާއި އެހެންކަމުން އެ ކައުންސިލްތަކަކީ ގާނޫނު އަސާސީއާއި ދިވެހިރާއްޖޭގައި ހެދިފައިވާ އެންމެހާ ގާނޫނުތަކުގެ ތެރޭގައި އަމަލުތަށް ބަހައްޓާތޯ އެލްޖީއޭއިން ބަލަންޖެހޭ ކަމަށް ޒުލްފާ ވިދާޅުވިއެވެ. އަދި އެ ކައުންސިލްތަކުން ކުރާ މަސައްކަތްތަކަށް ބަލައި އެކަންކަމުގައި އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅާނެ ކަމަށް ޒުލްފާ ވިދާޅުވއިެވެ.

އެހެންކަމުން ކެނދިކުޅުދޫ ކައުންސިލަށް ފޮނުވި ބަޔާނަކީ ގާނޫނުން އެލްޖޯއޭއަށް މަތިކޮށްފައިވާ ޒިންމާގެ ދަށުން ފޮނުވާފައިވާ ބަޔާނެއްކަމަށް ޒުލްފާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި ކުރިޔަށް އޮތް މަޖިލިސް އިންތިހާބަށް ކެމްޕެއިން ކުރައްވައި ސަރުކާރު މައި ޕާޓީގެ ކެންޑިޑޭޓަށް ވޯޓު ދެއްވުމަށް އެދިވަޑައިގަންނަވާތީ އެކަން ކުށްވެރިކޮށް ކެނދިކުޅުދޫ ކައުންސިލުން މިދިޔަ ހޮނިހިރު ދުވަހު ބަޔާނެއް އާންމު ކުރި އެވެ. ރަސްމީ ގޮތުން ކުރައްވާ ދަތުރުފުޅެއްގައި ރައީސް ރަށަށް ވަޑައިގަންނަވާކަން އެންގުމާއި އެކު، ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސައި ޖަލްސާގެ ކަންކަން ވެސް ކުރިޔަށް ގެންދިޔަކަމަށް އެ ކައުންސިލުން ބުންޏެވެ.

އެކަމަކު އެ ދުވަހު ކެނދިކުޅުދޫ ޖަލްސާގައި ރައީސް ވަނީ މަޖިލިސް އިންތިހާބު ފަސް ކުރުމުގެ އިސްލާހުގެ ވާހަކަ އެމްޑީޕީގެ މެމްބަރުން ދައްކާއިރު ރޯދައިގެ ކުރިޔަށް ބާއްވަން ބޭނުންވި އިންތިހާބަށް އެއްބާރުލުން ނުދިނީ މަޖިލިސް ތެރެއިންކަމަށް ވިދާޅުވެފަ އެވެ. އަދި އެމްޑީޕީގެ ބައެއް މެމްބަރުންނަކީ، ވަކި ބައެއްގެ ޕަޕެޓުންތަކެއްގެ ގޮތުގައި ސިފަ ކުރައްވައި ވިދާޅުވީ އެމަނިކުފާނަކީ ގާނޫނުއަސާސީއާ ހިލާފުވާނެ ބޭފުޅެއް ނޫން ކަމަށެވެ.

އޭގެ ޖެހިގެން އައި ދުވަހު އެ މައްސަލައިގައި ބަޔާނެއް އާންމުކޮށް ކައުންސިލުން ބުނެފައި ވަނީ އިންތިހާބަށް ކެމްޕެއިން ކުރުމަށްޓަކައި ސަރުކާރުގެ އޮފީސްތަކާއި ކައުންސިލްތަކުގެ އިދާރާ ބޭނުން ކުރުމަކީ 11/2008 (އިންތިހާބުތަކާއި ބެހޭ އާއްމު ގާނޫނު) ގެ 19 ވަނަ މާއްދާއިން މަނާ ވާނެކަމަށެވެ. އެ ބަޔާން މީޑިއާތަކުގެ ސަމާލުކަމަށް ވެސް އައިސްފައި ވަނިކޮށް އިއްޔެ އަނެއްކާ ވެސް ފެންމަތިވީ ކައުންސިލްތަކުގެ ބެލެނިވެރި އިދާރާ ލޯކަލް ގަވަމަންޓު އޮތޯރިޓީ (އެލްޖީއޭ) އަށް ފޮނުވި ސިޓީ އެވެ.

އެލްޖީއޭއިން ބުނެފައިވަނީ ހަމައެކަނި ތައްގަނޑު ޖަހާފައިވާ އެ ބަޔާނުގައި އެއްވެސް މެމްބަރެއްގެ ސޮއި ނެތުމުން ބަޔާނުގެ ސައްހަކަމާއި މެދު ސުވާލު އުފެދޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: