ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޯކަލް ގަވަރމަންޓް އޮތޯރިޓީގައި ސީއީއޯ އަކު ނެތި ދޮޅުމަސްދުވަސް!

ފާތިމަތު އަފްޝަން ލަތީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގައި ސީއީއޯ އަކުނެތި ދޮޅުމަސްދުވަސް ވޭތުވެފައިވާކަން ހާމަވެއްޖެއެވެ.

އެލްޖީއޭގެ ސީއީއޯކަމުގެ މަގާމުގައި އެންމެ ފަހުން ހުންނެވީ އަފްޝަން ލަތީފްއެވެ. އަފްޝަން އިސްތިއުފާ ދެއްވާފައިވަނީ އަލަށް އުފެއްދުމަށް މަސައްކަތްކުރަމުންދާ ދަ ޑިމޮކްރެޓްސް ގެ ތަރުޖަމާނުކަން އަދާކުރެއްވުމަށެވެ.

އަފްޝަން އިސްތިއުފާދެއްވާފައިވަނީ މިއަހަރުގެ މެއި މަހުގެ 18 ވަނަ ދުވަހުއެވެ. އަފްޝަންވަނީ އެލްޖީއޭގައި ހުންނެވި ދުވަސްވަރު ދެއްވި އެއްބާރުލުމަށް ހުރިހާ މުވައްޒަފުންނާއި ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަކީ ކައުންސިލްތަކުގެ ބެލެނިވެރި ފަރާތެވެ.

އެލްޖީއޭގައި ސީއީއޯ އަކު ނެތި 18 މަސްފާއިތުވެގެންދިއުމަކީ ކައުންސިލްތައް ހިންގުމުގައި ދަތިތަކާއި ކުރިމަތިލާންޖެހިދާނެ ކަމެއްކަމަށް ސިޔާސީ އެކި ފަރާތްތަކާއި މަސްރަހުދިރާސާ ކުރާފަރާތްތަކުން ދަނީ ބުނަމުންނެވެ. އެގޮތުން ކައުންސިލްތަކުން އެކުލަވާލަން ޖެހޭ ގަވާއިދުތަކާއި ކައުންސިލްތަކުގެ އޮނިގަނޑު އެކުލަވާލުމާއި ފަރުމާކުރުމާއި ކައުންސިލްތަކުގެ ބަޖެޓް ބެލެހެއްޓުމާއި ކައުންސިލްތަކުގެ އިހްތިސާސް ކަނޑައެޅުން ފަދަކަންކަން ކުރަމުންދަނީ ލޯކަލް ގަވަރަމަންޓް އޮތޯރިޓީއިންނެވެ.

ސަރުކާރުގެ ފަރާތުން، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއި އެއިސްލާހާއި ގުޅުންހުރި އެންމެހައި ކަންތައްތައް ހަމަޖައްސައި އެކަށައެޅުމާއި ކައުންސިލްތައް ބާރުވެރިކޮށް ތަމްރީންދީ ކައުންސިލްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެލްޖީއޭ އަކީ މުހިއްމު ދައުރެއް އަދާކުރާ މުއައްސަސާއެކެވެ.

އަލަށް އައްޔަންކުރާ ކައުންސިލަރުން ތަމްސީލްކުުރުމާއި ކައުންސިލްތަކުގެ މާލީ ހިސާބުތަކާއި ކައުންސިލްތަކުގެ ބަޖެޓާއި ކައުންސިލަށް ލިބިދޭ ބާރުތަކާއި އިމްތިޔާޒްތައް ކަނޑައަޅަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ފަރާތުންނެވެ.

ކައުންސިލަރުންނާއި ކައުންސިލްތަކުގެ އެންމެހައި މެންޑޭޓްތައް ކަނޑައެޅުމާއި ކައުންސިލް ހިންގުމާއި ކައުންސިލަށް މުވައްޒަފުން އައްޔަންކުރުމުގެ ކަންކަން ސިވިލް ސާވިސްގެ ބެލުމުގެ ދަށުން އެލްޖީއޭ އިން އަބަދުވެސް ވިލަރެސްކޮށް މޮނިޓަރ ކުރަމުންދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: