ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލަކުން އެއްވެސް ރައްޔިތަކަށް ދޭންޖެހޭ ހައްގެއް ނުހުއްޓުވޭނެ: އެލްޖީއޭ

ވ ފެލިދޫ ކައުންސިލްގެ އިދާރާ--- ފޮޓޯ: ފޭސްބުކް
ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލަކުން އެއްވެސް އާންމު ރައްޔިތަކަށް ދޭންޖެހޭ ފަރުދުންގެ މަދަނީ ހައްގެއް ނުހުއްޓުވޭނެކަމަށް ލޯކަލް ގަވަމަންޓް އޮތީރިޓީ (އެލްޖީއޭ) އިން ބުނެފި އެވެ.

އެލްޖީއޭއިން ބަޔާނެއް ނެރެފައި ވަނީ ވ. ފެލިދޫ ކައުންސިލަށް ލިބެން ޖެހޭ ފައިސާތަކެއް ހޯދުމަށް ކައުންސިލްގެ ގިނަ މަސައްކަތްކޮށް އެކަމަށް ކުރިއެރުމެއް ލިބިފައިނުވާކަމަށް ބުނެ ފެލިދޫ ކައުންސިލުން ނެރުނު އިއުލާނަކާއި ގުޅިގެންނެވެ.

ފެލިދޫ ކައުންސިލުން ނެރުނު އެ އިއުލާނުގައި ބުނެފައި ވަނީ ކައުންސިލަށް އެ ރަށުގެ ރައްޔިތުންގެ ތެރެއިން މީހުން ދައްކަންޖެހޭ ފައިސާތަކެއް އެބަހުރި ކަމަށާއި، ފައިސާ ދައްކަންޖެހޭ މީހުން ކައުންސިލަށް ފައިސާ ނުދައްކާހާ ހިދަކު ކައުންސިލުން ދޭ އެއްވެސް ހިދުމަތެއް އެ މީހުންގެ އާއިލާގައި ހިމެނޭހެން އަނބި ފިރި އަދި ދަރިން ހިމެނޭ ގޮތަށް ނުދެވޭނެ ކަމަށެވެ.

ފެލިދޫ ކައުންސިލަށް ދައްކަންޖެހޭ ފައިސާތަކެއްގެ މި މައްސަލައަކީ ފެލިދޫ ދޯނި އެހެލާ ސަރަހައްދުން ދޫކޮށްފައިވާ ބިންތައް ކުއްޔައް ނަގާފައިވާ ފަރާތްތަކުން އެ ބިންތަކުގެ ކުލި ނުދެއްކުމުގެ މައްސަލައެވެ. މި ކަމަށް ހައްލެއް ހޯދުމުގެ ގޮތުން އެރަށުން ކައުންސިލުން ބޭއްވި ކައުންސިލް ބައްދަލުވުމުން ނިންމާފައި ވަނީ ކުލި ނުދައްކާ އާއިލާތަކަށް ކައުންސިލުން ދޭ ހިދުމަތްތައް ނުދިނުމަށެވެ.

އެގޮތުން ކުލި ނުދައްކާމީހުން ކުލި ނުދައްކާތާ 3 އަހަރު ވެފައިވާ ކަމަށާއި، ކުލީގެ އަދަދު ސާޅީސް ހާހާއި ގާތްކުރާހާ އަދަދަށް އަރާފައިވާ ކަމަށްވެސް އެ ކައިންސިލުން ބުނެއެވެ. ކައުންސިލުން ބުނީ އެ ނިންމުން ނިންމާފައިވަނީ އެ ރަށު ދޯނި އެހެލާ ސަރަހައްދު ދުކޮށްފައިވާ ބިންތަކަށް އާއިލާތަކުން ކުލި ނުދައްކާތާ ގިނަ ދުވަސް ވެފައި ވުމުންނެވެ.

އެލްޖީއޭއިން ބުނީ އެކި ފަރާތްތަކުން ކައުންސިލްތަކުން ލިބިގަންނަ ހިދުމަތްތަކާއި، މަދަނީ މުއާމަލާތްތަކާއި، ގުޅިގެން ދައްކަންޖެހޭ ފައިސާ ނުދައްކާ ހުރުމަކީ ކައުންސިލްތަކުން ފޯރު ކޮށްދޭންޖެހޭ ހިދުމަތަށް ނުހަނު ބޮޑު ކަންބޮޑުވުމެއް ހުރިކަމެއް ކަމަށާއި، ނަމަވެސް ކައުންސިލުން ހަދާ ގަވާއިދުތަކާއި، ނިންމާ ނިންމުންވަނީ ގާނޫނު އަސާސީން އެއްވެސް ރައްޔިތަކަށް ލިބިދޭ އާސާސީ ހައްގަކަށް އުނިކަމެއް ނުލިބޭނެ ގޮތަށް ނިންމޭ ނިންމުމަކަށް ކަމަށެވެ.

މީގެ އިތުރުން ކައުންސިލުން އެއްވެސް ނިންމުމެއް ނިންމޭނީ ގާނޫނުން ބާރު ލިބިދީގެންވާ ގޮތަކަށް ކަމަށާއި، ކައުންސިލްތައް މެދުވެރިކޮށް ފޯރު ކޮށްދެމުންދާ އަސާސީ އާންމު ހިދުމަތެއްގައި އެއްވެސް ރައްޔިޔަތަކު މަހުރޫމް ނުކުރެވޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: