ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަޅުރަށެއްގެ ގޮތުގައި އޮންނަ ހުރެންދޫ ކޮލަމާފުށީ ކައުންސިލާއި ހަވާލު ކޮށްފި

ގއ. ކޮލަމާފުށިން ފަސްވަރަކަށް މިނެޓުންދެވޭ، އެރަށް ކައިީގައި އޮންނަ ހުރެންދޫ ކޮލަމާފުށީ ކައުންސިލާއި ހަވާލ ފޮޓޯ /ޕްލޭނިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގއ. ކޮލަމާފުށިން ފަސްވަރަކަށް މިނެޓުންދެވޭ، ހުރެންދޫ ކޮލަމާފުށީ ކައުންސިލާއި ހަވާލު ކޮށްފިއެވެ.

ހުރެންދޫ، ކޮލަމާފުށި ކައުންސިލާ ހަވާލުކޮށްފައިވަނީ ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި، ސަރުކާރުގެ ފަރާތުން  ސޮއިކުރެއްވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ. އަދި ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކޮލަމާފުށީ ކައުންސިލްގެ ނައިބު ރައިސް ޝަހާމަތު ހަނީފެއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ހުރެންދޫ، ކޮލަމާފުށީ ކައުންސިލާ ހަވާލު ކޮށްފައިވަނީ ރައީސުލްޖުމްހުރިއްޔާ އަށް ލިބިގެންވާ ބާރުގެ ދަށުން ނިންމަވާފައިވާ ނިންމާ ގުޅިގެން ކަމަށެވެ.

ޝަހާމަތު ވިދާޅުވީ ހުރެންދޫ އަކީ މީގެ ކުރިންވެސް ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ބޭނުން ކުރަމުންދާ ރަށެއް ކަމަށާއި، ނަމަވެސް އެ ރަށުން އެންމެ ބޭނުންވާ ގޮތަށް މީގެ ކުރިން ފައިދާ ނުކުރާ ކަމަށެވެ. ނަމަވެސް ކޮލަމާފުށީ ކައުންސިލްގެ ދަށަށް އެ ރަށް ލިބުމުން، އިތުރަށް  ތައްރައްގީކޮށް ރައްޔިތުންނަށް އޭގެން ފައިދާވާނެ ގޮތަކަށް ބައްޓަން ކުރެވިގެން ދާނެކަމަށްވެސް ވިދާޅުވިއެވެ.

“މީގެ ކުރިންވެސް ސަރުކާރުގައި އެދިފައިވާނީ އެ ރަށް ކޮލަމާފުށީ ކައުންސިލާ ހަވާލު ކުރުމަށް. ނަމަވެސް އިއްޔެ ރަށްް ހަވާލު ކުރުމަށް ނިންމަވާ ސޮއި ކުރެއްވީ.” ޝަހާމަތު

ޝަހާމަތު ވިދާޅުވީ ހުރެންދޫ ދެން ވެގެންދާނީ އަތޮޅުތެރޭގެ ރައްޔިތުންވެސް އެރަށަށް ޒިޔާރަތް ކުރާނެފަދަ ރަށަކަށް ކަމަށެވެ. އެހެން ކަމުން އެރަށް ތަރައްގި ކުރުމަށް އިތުރަށް ކައުންސިލުން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: