ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެލްޖީއޭގެ ސީއީއޯގެ މަގާމުން އިސްތިއުފާ ދިނުމަށް އަފްޝަން ނިންމައިފި

އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯގެ މަގާމުން އިސްތިއުފާދެއްވުމަށް އަފްޝަން ލަތީފު ނިންމަވައިފިއެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރިއަށްގެންދަވާ “ފިކުރެއްގެ ދިރުން” ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުގެ އަނބިކަބަލުން އަފްޝަން ވަނީ އެލްޖީއޭގެ ސީއީއޯގެ މަގާމުން އިސްތިއުފާދިނުމަށް ނިންމާފައިވާކަން “ސަންގަށް” ކަށަވަރުކޮށްދެއްވާފައެވެ.

މިކަމާއި ގުޅިގެން “ސަންގަށް”  މައުލޫމާތުދެއްވަމުން އަފްޝަން ވިދާޅުވީ މަގާމުން އިސްތިއުފާދިނުމުގެ ސިޓީ މިހާރު ވަނީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ފޮނުއްވާފައިކަމަށެވެ. އަދި އިސްތިއުފާގެ ސިޓީ ރައީސް ސާލިހު ބަލައިގެންފައިވާކަމަށާއި، އެމަނިކުފާނު ވަނީ އޭނާ ކުރައްވާފައިވާ މަސައްކަތްތަކަށް ޝުކުރުއަދާކުރައްވާފައިވާކަމަށް އަފްޝަން ވިދާޅުވިއެވެ. 18 މެއިއަށް ފަހުން މަގާމުން އިސްތިއުފާ ދެއްވާނެކަމަށް ވިދާޅުވިއެވެ.

އަފްޝަން ވިދާޅުވީ މިހާރު އޭނާ އިސްކަންދެނީ އޮތޯރިޓީގެ މަސައްކަތްތަކަށް އެއްވެސް ކަހަލަ ބުރުލެއް ނާންނާނެހެން މަގާމުން ވަކިވުމުގެ ކަންކަން އޮމާންކޮށް ކުރިއަށް ގެންދެވުމަށްކަމަށެވެ.

އެލްޖީއޭގެ ސީއީއޯއަކަށް އަފްޝަން އައްޔަންކުރެއްވީ ޖޫން 9، 2020 ގައެވެ. އޭނާ ވަނީ އެމްޑީޕީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރުމަށް ޕާޓީގެ ޕްރައިމަރީގައި ވާދަކުރަން ނިންމަވައި ކެމްޕޭން ވެސް ކުރިއަށް ގެންދަވާފައެވެ. ނަމަވެސް ފަހުން ނަން އަނބުރާ ގެންދެވިއެވެ. އެލްޖީއޭއަށް އައްޔަންކުރުމުގެ ކުރިން އޭނާ ވަނީ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: