ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަތްދޮޅި ބަސް ބޭނުން ކުރީ ހަމަނުޖެހުމަށް ހިތްވަރު ދިނުމުގެ ނިޔަތަކު ނޫން: އާދަމް ޝަރީފް

ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދަތްދޮޅި ދުއްވާލާނެކަމަށް ބުނި މައްސަލައިގައި މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް މައާފަށް އެދިވަޑައިގެންފިއެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒުއާއިއެކު މ ދިއްގަރަށް ކުރެއްވި ޒިޔާރަތުގައި އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުން އާދަމް ޝަރީފްވަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރަށް ޖެއްސުންކުރުމުގެ ގޮތުން އަމަލުތައް ހިންގަމުންދާ މައްސަލައިގައި ނުރުހުން ފާޅުކުރައްވާފައެވެ. އަދި އެފަދަ ހާލަތެއްގައި “ދަތްދޮޅި ދުއްވާ” ނުލައްވާ ހުރެވިދާނެކަމާއިމެދު ސުވާލު އުފެދޭކަމަށްވެސް ވިދާޅުވިއެވެ.

އެ މައްސަލައިގައި ގިނަ އަދަދެއްގެ މީހުންވަނީ އާދަމް ޝަރީފް އަށް ފާޑުކިޔާފައެވެ. އެގޮތުން އެއީ މިނިސްޓަރު ފެންވަރު ބޭފުޅެއްގެ ކިބައިން ފެނުން އެކަށީގެން ނުވާ އަމަލެއްގެ ގޮތުގައި ސޯޝަލްމީޑިއާގައި ބައެއް އިދިކޮޅު ފަރާތްތަކުންވެސް ބުނެފައިވެއެވެ.

ފެންމަތިވެފައިވާ މައްސަލައަށް އާދަމް ޝަރީފް ވިދާޅުވީ ދަތް ދޮޅި އެ ބަސް ބޭނުންކުރެއްވީ އެއްވެސް ހާލަތެއްގައި އަނިޔާވެރި އަމަލުތަކަށް ހިތްވަރު ދެއްވުމުގެ ގޮތުން ނޫންކަމަށެވެ. އަދި އެ ވާހަކަތައް ދެއްކެވީ އެއީ އޭނާއާއި ގުޅުވާ ކިޔާ އެއްޗަކަށް ވުމުންކަމަށާއި ދެއްކެވީ މަޖަލަކަށް ކަމަށްވެސް ވިދާޅުވިއެވެ.

އެހެންމަވެސް އޭނާ ދެއްކެވި ވާހަކަތަކާއި ގުޅިގެން އެހެން ގޮތަކަށް ވިސްނާވަޑައިގެންފައިވާނަމަ އެކަމަށްޓަކައި މާފަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: