ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތަކުން ނެރޭ ބަޔާންތަކަށް ފިޔަވަޅެއް ނާޅާނަން: އާދަމް ޝަރީފް

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސްއިން ބާއްވާ ޕްރެސް ކޮންފަރެންސް/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރާއި ދެކޮޅަށް ބަޔާނެއް އާންމުކޮށްގެން ކައުންސިލަކަށް ފިޔަވަޅެއް އަޅައި، އެފަދަ ބަޔާނެއް އަނބުރާ ގެންދަން އެންގައި ފިޔަވަޅެއް ނާޅާނެކަމަށް ސިޓީސް އެންޑް ލޯކަލް ގަވަމަންޓް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ރަސްމީ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ އަތޮޅު ތެރެއަށް ކުރައްވާ ދަތުރުފުޅުގައި، އާންމު ރައްޔިތުންނާއި މުހާތަބުކޮށް ވާހަކަ ދައްކަވާއިރު ސިޔާސީ ޕާޓީއެއްގެ ލީޑަރުގެ ގޮތުން ވާހަކަ ދައްކަވާފައިވާކަމަށް ބުނެ އެމަނިކުފާނާ ދެކޮޅަށް ބަޔާނެއް އާންމު ކުރީ ކެނދިކުޅުދޫ ކައުންސިލުންނެވެ. ރަށުގައި އެ ދުވަހު އޮތް ޖަލްސާގައި ރައީސް ވަނީ، މަޖިލިސް ތެރެއިން އެމްޑީޕީން ސަރުކާރަށް ކުރާ ޖެއްސުންތަކަށް ފާޑުވިދާޅުވެ އެއީ ވަކި ބައެއްގެ ޕަޕެޓުންތަކެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ.

ކެންދިކުޅުދޫ ނޫން އެހެން ޖަލްސާތަކުގައި ވެސް، ރައީސް އެދިވަޑައިގަތީ އެ ސަބަބާ ހުރެ ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓު ދެއްވައި ޕީޕީއެމް/ޕީއެންސީއަށް މެޖޯރިޓީ ދެއްވުމަށެވެ. އެއީ ސިޔާސީ ވާހަކަތަކެއްކަމަށް ބުނެ ރައީސާ ދެކޮޅަށް ރަށު ކައުންސިލުން ބަޔާން އާންމު ކުރުމުން އެ އަނބުރާ ގެންދަން އަންގައި ލޯކަލް ގަވަމަންޓް މިނިސްޓްރީން ލިއުމެއް ފޮނުވި އެވެ. އެ މައްސަލަ ގޯސްވެ، ކައުންސިލުން އަނެއްކާވެސް އެލްޖީއޭ ދެކޮޅަށް ބަޔާނެއް އާންމު ކުރިއިރު ސަރުކާރުން ވެސް ބުނެފައި ވަނީ އެފަދަ ފިޔަވަޅެއް އެޅުމުގެ އެއްވެސް ނިޔަތެއް ނެތްކަމަށެވެ. އަދި ބަންޑާރަ ނައިބުގެ އޮފީހުން ވެސް ވަނީ އެލްޖީއޭ ކައުންސިލަށް ސިޓީ ފޮނުވީ ދިން ގާނޫނީ ލަފައާއި ހިލާފަށް ކަމަށެވެ.

މިނިސްޓްރީ އޮފް ސިޓީސްގެ ހަފްތާ 14 ގެ ކާމިޔާބީތަކުގެ މައުލޫމާތުތައް ދޭން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެލްޖީއޭގެ ސީއީއޯ މަރިޔަމް ޒުލްފާ ވެސް ބައިވެރިވިއިރު ނޫސްވެރިންގެ ސުވާލު އަމާޒުވީ މި މައްސަލައަށެވެ. މީޑިއާތަކަށް އާދަމް ޝަރީފް ވިދާޅުވީ، މިނިސްޓްރީއެއް އުފައްދާފައިވާނަމަވެސް އެލްޖީއޭ ހިނގަމުންދަނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް އެކުލަވާލާފައިވާ ގާނޫނުން ލިބިދީފައިވާ އިހުތިސާސްގެ ތެރެއިން ކަމަށެވެ.

އެހެންކަމުން ކައުންސިލުތަކާއި އެލްޖީއޭއިންވެސް ގާނޫނުތަކާއި ހިލާފުވެއްޖެ ހާލަތެއްގައި ކަމާއި ބެހޭ ފަރާތުން އޮންނަ ގޮތުގެ މަތިން ފިޔަވަޅު އަޅާނެކަމަށެވެ. އެގޮތުން އެލްޖީއޭގެ މައްސަލަތަކުގައި އޭޖީ އޮފީހުން ކަމާއި ބެހޭ މުއާމަލާތްތައް ކުރާނެކަމަށާއި އެލްޖީއޭއިން ފިޔަވަޅެއް އަޅާފައިވަނީ ކެނދިކުޅުދޫ ކައުންސިލުން ގާނޫނާއި ހިލާފުވިކަމަށް ދެކަމަށްވެސް ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، އެހެންނަމަވެސް މިހާރު މިހާލަތަށް އައި އިރު މިފަދަ ކަންކަމުގައި ސަރުކާރުގެ ސިޔާސަތު ވަރަށް ސާފުކަމަށް ހިއްސާކުރެއްވިއެވެ. އާދަމް ޝަރީފް ވިދާޅުވީ، ކުރިއަށް އޮތްތާނގައި މިފަދަ ގޮތަކަށް ނެރޭ ބަޔާނަކާއި ގުޅިގެން ފިޔަވަަޅެއް އަޅާފާނެކަމަށް ގަބޫލުނުކުރައްވާކަމަށާއި އެއީ ސަރުކާރުގެ ސިޔާސަތު އެގޮތަށް އޮތުމުންކަމަށްވެސް ވިދާޅުވިއެވެ.

އެހެންނަމަވެސް އެލްޖީއޭއަކީ ހަގީގީ މާނައިގައި ކައުންސިލުތަކުގެ ރެގިއުލޭޓަރީ ބޮޑީކަމަށްވުމުން ކަައުންސިލުތަކުން ކުރާ ކަންކަމުގައި ޖަވާބުދާރީ ކުރުވުމާއި އިތުރަށް ހަރުދަނާކުރުން ފަދަ ކަންކަމުގައި އެލްޖީއޭގެ ދައުރު އޮންނާނެކަމަށެވެ. އެހެންކަމުން އެލްޖީއޭއަށް ގާނޫނީގޮތުން މެންޑޭޓުކުރެވިފައިވާ ކަންކަން ކުރަމުން ގެންދާނެކަމަށް ގަބޫލުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މިވަގުތު އުފެދިފައިވާ ޑިސްޕިއުޓާއި ގުޅިގެން އެލްޖީއޭ އަދި ކެންދިކުޅުދޫ ކައުންސިލުންވެސް އިތުރު ފިޔަވަޅުތަކެއް އަޅާފާނެކަމަށް ދެކިވަޑައިނުގަންނަވާކަމަށާއި ނަސޭހަތްތެރިވުން ފަދަ ކަމެއްވެސް ނުކުރާނެކަން ހިއްސާކުރެއްވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، ކުރިއަށް އޮތް ތާނގައި ސަރުކާރުންނެއް ކައުންސިލަކުން ބަޔާނެއް ނެރުމުން އެކަމާއިމެދު ފިޔަވަޅެއް ނާޅާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: