ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ ޖަމީލުމެން ކުރާ ގާނޫނީ މަސައްކަތްތަކުގެ ބޭނުމެއް އޮތްކަމާއިމެދު ސުވާލު އުފެދޭ: އާދަމް ޝަރީފް

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ގާނޫނީ ވަކީލުންގެ ޓީމުން އެކުލަވާލާ ކޯޓުތަކަށް ހުށައަޅުމުންދާ ސަފުހާތައް ގިނަ ރިޕޯޓުތަކުގެ އެއްވެސް ބޭނުމެއް އޮތްކަމާއިމެދު ސުވާލު އުފެދޭކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ޕީއެންސީއިން ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންއެއްގައި ބައިވެރިވެވަޑައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ މައްސަލައިގައި އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން އަމަލުކުރަމުންދާ ގޮތާއިމެދު އާދަމް ޝަރީފްވަނީ ކަންބޮޑުވުންފާޅުކުރައްވާފައެވެ.

އޭނާ ވިދާޅުވީ ޕީއެންސީއިން ރައީސް ޔާމީންގެ މައްސަލައާއިމެދު ހަގީގަތުގައިވެސް މިނިވަންވެފައިވުމާކަމަށްވުމުން ކަންބޮޑުވާކަމަށެވެ. އެހެންނަމަވެސް މި ހިސާބަށް އަންނަ އިރު ރައީސް ޔާމީންގެ ވަކީލުންގެ ގޮތުގައި ތިއްބަވާ މީހުން ތިން ހަތަރު ސަތޭކަ ސަފުހާގެ ރިޕޯޓުތައް ލިޔުއްވައިގެން ޝަރުއީ ނިޒާމަށް ހުށައަޅައިގެން ހާސިލުވި ކަމެއް އޮތްކަމާއިމެދު ސުވާލު އުފެދޭކަމަށްވެސް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، އޭނާ ރައީސް ޔާމީންގެ ޝަރީއަތުގެ ކޮންމެ އަޑުއެހުމެއްގައި ބައިވެރިވެވަޑައިގެންނެވިކަމަށާއި ރައީސް ޔާމީންއަށް މިހާރު ލިބިވަޑައިގެންފައިވާ ލުޔެއް ލިބިވަޑައިގެންފައިވަނީ އެމަނިކުފާނު އަމިއްލައަށް ތެދުވެ ދެއްކެވި ވާހަކަތަކުންކަމަށް ގަބޫލުކުރައްވާކަމަށް ވިދާޅުވިއެވެ. އަދި ގާނޫނީ ވަކީލުން ކޯޓުގައި ދެއްކެވި ވާހަތަކުން ރައީސް ޔާމީން އަށް ލިބިވަޑައިގެންނެވި އެއްވެސް ކުރިއެރުމެއް ފެންނާކަށް ނެތްކަމަށްވެސް ހިއްސާކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ރައީސް ޔާމީން ޖަލުގައި އޮންނެވި އިރު ހޭދަކުރެއްވި ހިތްދަތި ދުވަސްތަކުގަައި ލީޑަރޝިޕުން ރާވައިގެން މަގުމަތީގައި ހިންގި ހަރަކާތްތަކުގައިވެސް ބައިވެރިވެވަޑައިގެންނެވިކަމަށާއި އެގޮތުގެ މަތިން ކުރެވުނު މަސައްކަތްތައް އެންމެ ރެޔަކަށްވެސް އޭނާ މެދުކަނޑާނުލައްވާކަމަށްވެސް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެންމެ ރެޔެއްވެސް ދޫނުކޮށް ކޮންމެ ރެޔަކުވެސް އިހުތިޖާޖުތަކުގައި ބައިވެރިވެވަޑައިގެންނެވިކަމަށާއި ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި މެމްމަބަރުންގެ އިރުޝާދުގެ ދަށުން އިހުތިޖާޖުކުރުމާއި ކުއްލި މައްސަލަތައް ހުށައެޅުމުން ފެށިގެން ކޯޓުތަކަށް ދިއުން ފަދަ ހުރިހާ މަސައްކަތްތަކެއް ކުރެއްވިކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރައީސް ޔާމީން މިނިވަންކުރެއްވުމަށް ކުރެއްވެން އޮތް އެންމެ މަސައްކަތެއްވެސް ލީޑަރޝިޕުން ނުކޮށް ނޯންނާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: