ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި ރައްޔިތުންގެ ފަރާތުން އިންޑިއާގައި ނަޝީދު މައާފަށް އެދިއްޖެ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށް ފަހު އޮތް ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާއި އިންޑިއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމަށްޓަކައި ދިވެހި ރައްޔިތުންގެ ފަރާތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާގައި މާފަށް އެދިވަޑައިގެންފިއެވެ.

އިންޑިއާގައި ހުންނަވައި ދިވެހިރާއްޖެއާއި އެ ގައުމުގެ ދެމެދު އުފެދިފައިވާ މައްސަލަތަކުގެ ސަބަބުން ރާއްޖެއަށް ބޮޑެތި ނޭދެވޭ އަސަރުތައް ކުރަމުންދާކަމުގެ މައްޗަށް ރައީސް ނަޝީދު އަލިއެޅުއްވިއެވެ. އެގޮތުން އިންޑިއާގެ ބަޔަކު މީހުން ދިވެހިރާއްޖެ ބޮއިކޮޓްކުރުމަށް ގޮވާލާާ ސޯޝަލްމީޑިއާގައި ހިންގި ކެމްޕެއިންގެ ސަބަބުން ދިވެހި ފަތުރުވެރިކަމުގެ ސިނާއަތަށް އެކަމުގެ ލޮޅުންތައް އައިސްފައިވާކަމަށް ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އުފެދިފައިވާ މައްސަލައާއިމެދު ކަންބޮޑުވެވަޑައިގަންނަވާކަމަށާއި ދިވެހި ރައްޔިތުން މިކަމަށްޓަކައި މާފަށް އެދޭކަން ހިއްސާކުރައްވަން ބޭނުންވަވަޑައިގަންނަވާކަމަށްވެސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، މައްސަލަތަކެއް ދިމާވެފައިވާކަމަށް މާފަށް އެދިވަޑައިގަންނަވާކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، އިންޑިއާ މީހުން ރާއްޖެއަށް ފަތުރުވެރިންގެ ގޮތުގައި އައުމަށް ދިވެހިން ބޭނުންވާކަމަށާއި ކުރިން މެހެމާންދާރީ އަދާކުރުމާއި ހިދުމަތްތައް ދެމުންދިޔަ ގޮތްތަކާއި އުސޫލުތަކަށްވެސް ބަދަލެއް ނާންނާނެކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ސިޔާސީ އެކްޓިވިސްޓުންގެ ވިސްނުން ގެންގުޅޭ ދަށު ފަންތީގެ ސަރުކާރުގެ އޮފިޝަލުންތަކެއް މިފަދަ ގޮތަކަށް ޝުއޫރުތަކެއް ފާޅުކޮށްފައިވާކަމަކީ އިންތިހާއަށް ދެރަ މައްސަލައެއްކަމަށެވެ. އެހެންނަމަވެސް ރައީސް ޑރ މުހައްމަދު މުއިއްޒު އެ މީހުން މިހާރު ސަސްޕެންޑުކޮށްފައިވާކަަމަށްވުމުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިވަޑައިގެންނެވިކަމަށް ހިއްސާކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެއާއި އިންޑިއާ ދެމެދު އުފެދިފައިވާ މައްސަލަތައް ހައްލުކުރަންޖެހޭކަމަށެވެ. އަދި ކުރިއަށް އޮތް ގުޅުމަށް އަނބުރާ ދިއުމަށްޓަކައި މިހާރު އޮތް މިސްރާބު ބަދަލުކުރަންޖެހޭކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
52%ވަރަށް ގަދަ 21%ވަރަށް ގަޔާވޭ 12%ބޮޑު ޖޯކެއް 2%ހައިރާންވެއްޖެ 2%ވަރަށް ދެރަ 12%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

3 Responses

  1. ސޮރީ މަށެއްމާފަކަށް ނޭދެން. މަށަކީ ދިވެއްސެއް. ޑޯންޓް ކައުންޓްމީ

  2. އަޅެ މީނާއަށް ދިވެހި ރައްޔިތުންގެ ނަމުގައި ވާހަކަ ދައްކާން ހުއްދަދިނީ ހަމަ މީނަދޯ. ބުރާންޗެއް ނުވާނެތަ. މާފައް އެދޭވަރުގެ ކޮންކަމެއްތޯ ކުރެވިގެން މިއުޅެނީ! ބަލަ އެވެރިންނެއް ނޫންތަ ބުނި ރާއްޖެ ހިފަންޖެހޭކަމަށް. އަދި ރާއްޖެއާމެދު ކުޑައިމީސްކުރަނީ އެވެރިންމެއް ނޫންބާ؟ ބުއްދި ހަމަ ސިކުނޑިން ވިސްނާމީހަކަށް މިކަންކަން އެނގޭނީ. ތިޔަ އަންނިއަކީ ބުއްދި ފިލާގޯސްފާވާ މީހެއް. ދެން ލަލަލާ. މިކޮމެންޓު ޖަހަލައިދީ ބަލާ އަޅޭ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: