ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަހަތަށް ޖެހި، ދާންދޫ ދާއިރާގެ ޖޭޕީ ކެންޑިޑޭޓު ނިޝާމާގެ ތާއީދު ޕީއެންސީ ކެންޑިޑޭޓު ފަޒީލްއަށް!

ފަހަތަށް ޖެހި، ދާންދޫ ދާއިރާގެ ޖޭޕީ ކެންޑިޑޭޓު ނިޝާމާގެ ތާއީދު ޕީއެންސީ ކެންޑިޑޭޓު ފަޒީލްއަށް
ޝެއާރކޮށްލާ ކަހަލަދޯ؟

ދާންދޫ ދާއިރާއަށް ވާދަކުރައްވާ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު ނިޝާމާ މުހައްމަދު ފަހަތަށް ޖެހި، ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު މުހައްމަދު ފަޒީލްއަށް ތާއީދު ކުރެއްވުމަށް ނިންމައިފި އެވެ.

ނިޝާމާ މިރޭ ކުރެއްވި ޕޯސްޓެއްގައި ވަނީ، ރައްޔިތުންގެ މަޖިލިސްގެ ދާންދޫ ދާއިރަގެ ގޮނޑިއަށް ވާދަކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އޭނާއަށް ދެއްވި ފުރުސަތަށް ޝުކުރު އަދާކުރައްވާފަ އެވެ. އެކަމަކު މަޖިލިސް އިންތިހާބަށް މަހަކަށް ވެފައިވަނިކޮށް ނިޝާމާ ވިދާޅުވީ މިވީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ނިކުމެ ކުރި މަސައްކަތުގައި ރައްޔިތުންގެ ލޯތްބާއި އިހުތިރާމާއި އެއްބާރުލުން އޭނާއަށް ލިބިގެން ދިޔަކަމަށެވެ.

އިންތިހާބެއް ކާމިޔާބު ކުރުމަށް ހިތްވަރާއި އެކު ކުރާ މަސައްކަތެއްގެ އިތުރަށް ވަރަށް ބޮޑެތި ހަރަދުތައް އެ ކެންޑިޑޭޓަކު ކުރަން ޖެހޭކަމަށް ނިޝާމާ ވިދާޅުވި އެވެ. އެހެން ނަމަވެސް އޭނާގެ ބޭނުންވާ މިންވަރަށް ފެންޑު ނެތުމުގެ ސަބަބުން އިންތިހާބު ކާމިޔާބު ކުރެވިދާނެތޯ އަމިއްލައިން ސުވާލު ކުރެވޭކަމަށް ނިޝާމާ ވިދާޅުވި އެވެ.

ނިޝާމާ ވިދާޅުވީ މި ހާލަތުގައި އެންމެ ރަނގަޅު ގޮތްކަމަށް އޭނާއަށް ވިސްނުނީ، މަޖިލިސް އިންތިހާބުގައި ދާންދޫ ދާއިރާއަށް ސަރުކާރު ތަމްސީލު ކުރާ ޕާޓީގެ ކެންޑިޑޭޓަށް ތާއީދު ކުރުންކަމަށެވެ. އެހެންވެ ނިޝާމާ އެދިވަޑައިގަތީ އޭނާއަށް ތާއީދު ކުރާ، ދާއިރާގެ ހުރިހާ މެމްބަރުން ވެސް ފަޒީލްއަށް ތާއީދު ކުރުމަށެވެ.

May be an image of 2 people and text

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ނިޝާމާ، ފަޒީލްއަށް ތާއީދު ކުރުމަށް ނިންމި ނަމަވެސް ވޯޓު ކަރުދާހުގައި އޭނާގެ ނަން އޮންނާނެ އެވެ.

މީގެއިތުރުން މައްޗަންގޮޅި މެދުދާއިރާގެ ޕީއެންސީގެ ޓިކެޓުގައި ވާދަކުރުމަށް ޕްރައިމަރީ ކާމިޔާބުކުރި މުހައްމަދު އަބްދުލް ގާދިރު (ކޫކު) އެ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓް އަހުމަދު ޒަމީރަށް ތާއީދު ކުރުމަށް ވަނީ ނިންމާފަ އެވެ. ޒަމީރުގެ ކެމްޕެއިން ޖަލްސާގައި މިރޭ ކުކޫއާއި އެކު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވަޑައިގެންނެވި އެވެ.

ވަރަށް ގަދަ
77%ވަރަށް ގަދަ 8%ވަރަށް ގަޔާވޭ 15%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: