ރަމަޟާން މަހުގެ ބާކީ އޮތް ދުވަސްތަކަށް ފަލަސްތީނުގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި އދއިން ގަރާރެއް ފާސްކޮށްފިއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތާއި އިސްރާއީލުގެ އަސްކަރިއްޔާ ދެމެދު ފެށިގެންދިޔަ ހަމަލާ ބަދަލުކުރުންތައް ދިގު ދެމި އެތައް ބަޔަކު މަރުވެފައިވާއިރު، ރަމަޟާން މަހުގެ ތެރޭގައި އިސްރާއީލުންވަނީ މީގެ ކުރިންވެސް އެ ގައުމުން އަމަލުކޮށްފައިވާގޮތުގެ މަތިން ހަމަލާތައް ވަރުގަދަކޮށްފައެެވެ. އަދި އެ ސަރަހައްދަށް އެހީ ފޯރުވުމުގެ މަސައްކަތްތަކަށްވެސް އެ ގައުމުންވަނީ ހުރަސް އަޅާފައިކަމަށްވާއިރު، އދއިންވަނީ އެ ގައުމުގެ ސަލާމަތީ މަޖިލީހުގެ ނިންމުމަކުން ވަގުތުން ވަގުތަށް އެ މަހު ފަހިކޮށް ހަމަލާތައްވެސް ހުއްޓާލުމަށް ގޮވާލާފައެވެ. މި ހުށެއެޅުން ފާސްވީ 14 ވޯޓުންކަމަށްވާއިރު އެމެރިކާއިން ވަނީ ވޯޓު ދިނުމުން ދެކޮޅު ހަދާފައެވެ.
އިސްރާއީލުގެ ފަރާތުން ބައިވެރިވި އެ ގައުމުގެ މަންދޫބުވަނީ މަޖިލީހުގެ ނިންމުމަށް ފާޑުކިޔާފައިކަމަށްވާއިރު، ފަލަސްތީނުގެ ފަރާތުން އދ އަށް ކަނޑައެޅިފައިވާ ސަފީރުވެސްވަނީ ވާހަކަދައްކާފައެވެ. އޭނާ ވިދާޅުވީ، ފަލަސްތީނުގައި އިސްރާއީލުން ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލުމަށްޓަކައި 6 މަސް ދުވަހާއި އެއް ލައްކައަށްވުރެ ގިނަ މީހުންގެ ފުރާނައަށް ނުރައްކާވުން ނެގިކަމަށާއި ފަލަސްތީނުގެ ރައްޔިތުންވަނީ ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން ބޮޑެތި ދަތިތަކާއި ކުރިމަތިލައި މަރާއި ހަނގުރާމަކޮށްފައިކަމަށްވެސް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އެ ހާލަތު ނިމުމަކަށް އަންނަން ޖެހޭކަމަށާއި އެ ފިޔަވަޅު ވަގުތުން ވަގުތަށް ތަންފީޒުކުރެވެންޖެހޭކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކުގެ ސަބަބުން ގާނޫނީ ބާރުވެރިކަން ނެތެމުންދާކަމަށާއި ބައިނަލްއަގުވާމީ ކޯޓަކުން އަމަލުކުރުން ލާޒިމު ހުކުމެއް ނެރުމުން އިތުރަށް ވަރުގަދަކޮށްފައިވާކަމަށްވެސް އިޝާރާތްކުރެއްވިއެވެ. އޭނާ ވިދާޅުވީ، ތިބިތާނގައި ތިއްބަސް އަދި އެތަނެއް ދޫކޮށް ދިޔަ ނަމަވެސް ފަލަސްތީނުގެ ރައްޔިތުންގެ ފުރާނައަށް އެއްވެސް ރައްކަލެއް ނެތްކަމަށާއި އިސްރާއީލުން ފަހަރަކު ތަނެއް ހިފުމަށް މަސައްކަތްކުރާކަމަށް އަލިއެޅުއްވިއެވެ. އެގޮތުން މިހާރު ރަފާ ސަަރަހައްދު ހިފާނެކަމުގެ އިންޒާރުތައް ދެމުންދާކަމަށާް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އިސްރާއީލުން ކުރަމުންދާ ކަންކަމުގެ ތެރޭގައި އދ އާއިމެދު ސުވާލު އުފެއްދުން ހިމެނޭކަމަށެވެ. އެގޮތުން އެ ޖަމާއަތުގެ އިސްވެރިންގެ މަގުސަދާއި އަމަލުތަކާއިމެދު ފާޑުކިޔުން ފަދަ ކަންކަން ކުރަމުންދާއިރު އިތުބާރު ގެއްލިގެންދިއުމުން އދ ހިމާޔަތްކުރަންޖެހޭކަމަށް ވިދާޅުވިއެވެ. އަދި އިސްރާއީލުގެ އަމަލުތަކުގެ ސަބަބުން ހަގީގަތުގައިވެސް އދ ގެ މުއައްޒަފުންނަށް އަނިޔާތައް ލިބި ފުރާނަވެސް ގެއްލެމުންދާކަމަށް ފާހަގަކުރެއްވިއެވެ.
އދގެ ޖެނަރަލް ސެކްރެޓަރީ އެންޓޯނިއޯ ގުޓޭރެޒްވަނީ މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ ޣައްޒާގެ ރައްޔިތުންނަށް ބިރުވެރިކަމާއި ބަނޑުހައި ހޫނުކަމާއި ކުރިމަތިލާންޖެހިފައިވާޚަމަށެވެ. އަދި އިތުރަށް ދޭ ކޮންމެ ހަމަލާއަކުންވެސް ފަލަސްތީނުގެ ރައްޔިތުންނާއި ރަހީނުކޮށްފައިވާ މީހުން އަދި ޖުމުލަކޮށް ސަރަހައްދުގެ އެންމެންގެ ހާލަތު ގޯސްވުމަށް ދިމާވެގެންދާނެކަމަށް ގުޓޭރެޒް ވިދާޅުވިއެވެ.

