ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަސް އިންސައްތައަށް ވުރެ އިންޓްރަސްޓް ބޮޑުނުވާ ގެދޮރުގެ ލޯނު ދޫކުރަނީ!

ރައީސް ޑރ. މުހައްމަދު މުއިއްޒު-- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަމިއްލަ ގޯތީގައި ގެދޮރު އިމާރާތް ކުރުމަށް، ފަސް އިންސައްތައަށް ވުރެ އިންޓްރަސްޓް ބޮޑުނުވާ ގޮތަށް ލޯނު ވަރަށް އަވަހަށް ދޫކުރަން ފަށާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލުކޮށް، ވަކި ސިޔާސަތުތަކެއް ތެރެއިން ގޯއްޗާއި ފްލެޓު ދޫކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ރަަސްމާލެ ޕްރޮޖެކްޓުގެ މަސައްކަތް ފަށައި މިހާރު ވެސް ކުރިޔަށް ދާއިރު ރައީސް މުއިއްޒު ވިދާޅުވީ މިދިޔަ ވެރިކަމުގައި ދެ ސްކީމެއްގެ ދަށުން ދޫކުރި ގޯއްޗާއި ފްލެޓު އިންސާފުވެރިކަމާއި އެކު ގެޒެޓު ލިސްޓުގައި ނަތް އޮތް މީހުންނަށް ދޫކުރާނެ ކަމަށެވެ. އަދި ފްލެޓުތައް ދޫކުރުމުގައި ގޯސްތަކެއް ހުރުމުން އެންޓި ކޮރަޕްޝަން ކޮމިޝަން ކުރަމުން ދާ ތަހުގީގު އަވަސްކޮށް ދޭން ވެސް އެދިފައިވާނެކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ އެއްވެސް މީހެއްގެ ނަން ލިސްޓުން އުނިވާން ބޭނުން ނުވާކަމަށާއި ވައުދުވި ގޮތަށް ފްލެޓުތައް އެއްވެސް މައްސަލައެއް ނުޖެހި ދޫކުރާނެ ކަމަށެވެ.

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕެއިންގައި ރައީސް ބައިވެރިވެ، ކެންޑިޑޭޓުންނަށް ތާއީދު ކުރައްވާކަން ދަނީ އިއުލާނު ކުރައްވަމުންނެވެ. ރޭ ރައީސް ބައިވެރިވެވަޑައިގަތީ، އަމިއްލަ ގޮތުން މައްޗަންގޮޅި މެދު ދާއިރާއަށް ވާދަކުރައްވާ އަހުމަދު ޒަމީރުގެ ކެމްޕެއިން ޖަލްސާގަ އެވެ. ޕްރައިމެރީގައި ވާދަކޮށް ޕީއެންސީގެ ޓިކެޓު ކާމިޔާބުކުރި މުހައްމަދު އަބްދުލްގާދިރު (ކޫކު) ވެސް ވަނީ ފަހަތަށް ޖެހި ޒަމީރަށް ތާއީދު ކުރައްވާފަ އެވެ.

ރޭގެ ޖަލްސާގައި ރައީސް ވަނީ، އެމަނިކުފާނުގެ ބޯހިޔާވަހިިކަމުގެ މެނިފެސްޓޯއަށް އެމްޑީޕީގެ ފާޑުކިއުންތަކަށް ރައްދު ދެއްވާފަ އެވެ. އަދި ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދުވަސްތަކުން ފެށިގެން މިއަދާއި ހަމައަށް އައިއިރު ރައްްޔިތުންގެ އޮތް އެންމެ ބޮޑު ޝަކުވާއަކީ ގެދޮރުގެ ދަތިކަންކަމަށެވެ. އެހެންވެ ރައްޔިތުންނަށް ހައްލެއް ހޯދައިދޭނެކަމަށް ވައުދުވެ، އެތައް ސިޔާސަތުތަކެއް ހާމަކުރެއްވިކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ ތެރޭގައި ގެ އިމާރާތް ކުރުމުގެ މަސައްކަތް ފެށުމަށް ފަހު، މާލީ ދަތިތަކާއި ހުރެ ހުއްޓިފައި ހުރި ގެދޮރުތަކަށް ހާއްސަކޮށް ކުޑަ އިންޓްރެސްޓު ރޭޓެއްގައި ލޯނުތައް ތައާރަފު ކުރުން ހިމެނެ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ފަސް އިންސައްތައަށް ވުރެ މަތި ނޫން ލޯން ސްކީމްތަކެއް ތައާރަފުކޮށް މާލޭގައި ނުވަތަ ރަށުގައި ހުރި ގެދޮރު އިމާރާތް ކުރެވޭނެ ގޮތް ހޯދައިދޭން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

މި މާލޭ ސިޓީގައި ވިޔަސް އެހެން ރަށްތަކުގައި ވިޔަސް އަމިއްލަ ގެދޮރު ހުރެ، ގޯތީގައި އެ ގެއެއް އިމާރާތް ކުރެވޭނެ ތަނަވަސްކަން ނެތް.. އާންމުކޮށް މި ހުންނަ ކޮމާޝަލް ރޭޓްތަކުގައި.. ބޭންކަށް ގޮސް ލޯނު ނަގައިގެންގެ ނެހެދޭނެ… މީހުންނަށް އަތް ފޯރާފަށުގައި… ލުއި ލޯނުތަކެއް ތައާރަފުކުރުމަށް… އަމިއްލަގެ ހެދުމަށްޓަކައި ދޭ ލޯން ސްކީމެއް….

ލޯނަށް ހުޅުވާލާނެ ސީދާ ތާރީހެއް އިއުލާނު ނުކުރެއްވި ނަމަވެސް ރައީސް ވިދާޅުވީ އެ މަސައްކަތުގެ އެންމެ ފަހު ސްޓޭޖަށް ދެވިފައިވާކަމަށެވެ. އަދި ސަރުކާރުން މިދިޔަ 100 ދުވަހުގެ ތެރޭގައި އެ މަސައްކަތަށް ކުރަން ޖެހޭ ދިރާސާތަކޮށް ގިނަ މަސައްކަތް ކުރެވުނުކަން ފާހަގަކުރެއްވި އެވެ. އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި އަމިއްލަ ގޯތީގައި ގެދޮރު އެޅުމަށްޓަކައި އަތްފޯރާފަށުގެ ލޯން ސްކީމް ހުޅުވާލައި އޭގެ ދަށުން ލޯން ހޯދައިގެން ގެދޮރުގެ މަސައްކަތް ކުރެވޭނެކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި މިއީ ކޮންވެންޝަނަލް އަދި އިސްލާމިމް ލޯނެވެ.

މީގެއިތުރުން ގިނަ ދުވަސް ވެ މަރާމާތު ކުރަން ޖެހިފައި ހުރި، ރިނޮވޭޝަނަށް ބޭނުންވާ ގެތައް ވެސް ހެދުމަށް ލޯނު ތައާރަފު ކުރައްވާނެކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
11%ވަރަށް ގަދަ 71%ވަރަށް ގަޔާވޭ 8%ބޮޑު ޖޯކެއް 8%ހައިރާންވެއްޖެ 3%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: