ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުގެ ހަތަރު މަސް ދުވަހުން ވަނީ އޭވިއޭޝަން ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްފައި: އަމީން

ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން މިވީ ހަތަރު މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް ގެނެވިފައިވާކަމަށް ޓްރާންސްޕޯޓު މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

މާޗު މަހު ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ލިބުނު ކާމިޔާބީއާއި ކުރިއެރުންތައް ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ މިދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި އިންގިލާބީ ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ. އަދި އެ ބަދަލުތައް އައީ ރައީސް މުއިއްޒުގެ ސިޔާސަތުތަކާއި، އެމަނިކުފާނުގެ ކާމިޔާބު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންކަމަށް ވިދާޅުވި އެވެ.

އަމީންގެ ޕޯސްޓުގައި ފާހަގަކޮށްފައިވާ ކާމިޔާބީތަކުގެ ތެރޭގައި މި ސަރުކާރުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ޑީއެޗްސީ 200-8 ގެ މޯލްޑިވިއަން އެއާކްރާފްޓެއްގައި ދޭން ފެށުން ހިމެނެ އެވެ. އަދި އެ ހިދުމަތާއި އެކު އޭގެ ފަހުން މޯލްޑިވިއަންގެ ސީ ޕްލޭންއެއް ވެސް އެ ހިދުމަތަށް ބޭނުން ކުރަން ފެށުން ފާހަގަކުރެއްވި އެވެ.

މީގެއިތުރުން މިދިޔަ މަހު އިންޑިއާގެ ބެންގަލޫރަށް މަންތާ އެއާއިން އިންޓަނޭޝަނަލް ދަތުރުތައް ފެށުން ހިމެނެ އެވެ.

މިއާއި އެކު ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ގެނައި ޑްރޯންތަކަކީ ވެސް އޭވިއޭޝަންގެ ދާއިރާގެ ކުރިއެރުމެއްކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: