ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާއިން އަސާސީ މުދަލުގެ ކޯޓާ އިތުރު ކުރުމުން ދޭހަވަނީ ދެ ގައުމުގެ ޒަމާންވީ ގުޅުން: ޒަމީރު

ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާގެ އެކސްޓާނަލް އެފެއަރޒް މިނިސްޓަރު ޑރ ސުބްރަމާނިއަމް ޖައިޝަންކަރު
ޝެއާރކޮށްލާ ކަހަލަދޯ؟

އަސާސީ މުދާ ގެނައުމަށް، އިންޑިއާ – ރާއްޖެ ދެމެދު ގާއިމުކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމުން އޭގެއިން ދޭހަކޮށް ދެނީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުންކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ނެއިބަހުޓް ފަސްޓް ޕޮލިސީގެ ދަށުން ނިންމި، މި ނިންމުމަކީ މިއީ 1981 ވަނަ އަހަރުގައި އެއްބަސްވުން ގާއިމު ކުރިފަހުން މިހާތަނަށް ހުއްދަ ދޭ އެންމެ ބޮޑު އަދަދެވެ. އިންޑިއާގެ ހައިކޮމިޝަނުން އެ މައުލޫމާތުތައް އާންމުކޮށް ބުނެފައި ވަނީ 2024-2025 ވަނަ އަހަރުގައި ވެސް ކަނޑައަޅާފައިވާ ބާވަތްތައް ހާއްސަ އަގުތެއްގައި ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ހަނޑޫ، ހަކުރު، ފުށް، ބިސް، ފިޔާ، މުގު އަދި ހިލައާއި ހިލަވެއްޔެވެ.

ދިވެހި ސަރުކާރުން އެދިގެން އަސާސީ މުދަލުގެ ކޯޓާ އިންޑިއާއިން އިތުރު ކުރުމުން، އެ ގައުމަށް ޝުކުރު އަދާކޮށް ޒަމީރު ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އަބަދުވެސް އޮންނާނީ ގާތް ގުޅުމެއް ކަމަށެވެ. އަދި ވިދާޅުވީ އިންޑިއާ ރާއްޖެ – ދެމެދު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް ދެ ގައުމުން ވެސް މަސައްކަތްކޮށް އެއްބާރުލުން ދޭން ބޭނުންވާކަން އެ ނިންމުމުން ހާމަވާކަމަށް ޒަމީރު ވިދާޅުވި އެވެ.

އިންޑިއާއިން ވަނީ ހުއްދަ ދީފައިވާ ބާވަތްތަކުގެ ތަފްސީލު ވެސް އާންމުކޮށްފަ އެވެ.

އެއީ 2024-2025 އަށް:

427 މިލިއަން ބިސް

24513.08 މެޓްރިކް ޓަނުގެ އަލުވި

35،749.13 މެޓްރިކް ޓަނުގެ ފިޔާ

124،218.36 މެޓްރިކް ޓަނުގެ ހަނޑޫ

109،162.96 މެޓްރިކް ޓަނުގެ ފުށް

64،494.33 މެޓްރިކް ޓަނުގެ ހަކުރު

224.48 މެޓްރިކް ޓަނުގެ މުގު

އެއް މިލިއަން މެޓްރިކް ޓަނުގެ ހިލައާއި، ހިލަވެލި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 2021 ވަނަ އަހަރު އިންޑިއާއިން ހުއްދަ ދޫކުރީ ތިން އަހަރުގެ މުއްދަތަކަށެވެ. އެ ހުއްދަ ވަނީ މި އަހަރުގެ މާޗު މަހު ހަމަވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: