ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންއެފް އުފެއްދުމުގެ ޖަލްސާގައި ބައިވެރިވުމުގެ ހުއްދައަށް ރައީސް ޔާމީން އެދިއްޖެ

ރައީސް ޔާމީން ޕީއެންއެފްއަށް ސޮއި ކުރެއްވުން/ ފޮޓޯ: އަދަދު - އަބްދުﷲ އިޔާން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފައްދާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާގައި ބައިވެރިވުމުގެ ހުއްދައަށް އެދި ހުށަހަޅައިފި އެވެ.

ރައީސް ޔާމީނާއި އެންމެ އަރިހުން ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ މިނިސްޓަރު މަލީހު ޖަމާލު ވިދާޅުވީ މި ސަރުކާރުގެ ވައުދަކީ ރައީސް ޔާމީން މިނިވަން ކުރުން ނަމަވެސް ބަހުގައި ހިފެހެއްޓެވި މަންޒަރު ނުފެނުނު ކަމަށެވެ. ރައީސް ޔާމީން ސިޔާސީ އައު މިސްރާބަކަށް މަސައްކަތް ފެއްޓެވި އިރު، އެމަނިކުފާނު އަލަށް އުފައްދަވާ ޕީއެންއެފް ޖަލްސާގައި ބައިވެރިވުމުގެ ހުއްދައަށް އެދި ގާނޫނީ ޓީމު ސޮއިކޮށް ސިޓީއެއް ފޮނުވާފައިވާކަމަށް މަލީހު ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ދޫކުރި ހުއްދައާއި އެއްގޮތަށް ހަމަކުރަން ޖެހޭ ތިން ހާސް މެމްބަރުންގެ ސޮއި ހަމަކޮށް ފޯމު ހުށަހެޅުމުން ޖަލްސާ ބޭއްވުމުގެ ހުއްދަ އެ ޕާޓީއަށް ދޫކޮށްފައި ވަނީ ބުރާސްފަތި ދުވަހު އެވެ.

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ތާއީދާއެކު ވާދަކުރާ ކެންޑިޑޭޓުންގެ ނަމުގެ ފަހަތަށް ޕީއެންއެފް ލޯގީ ޖަހައިދޭން ވެސް އެ ޕާޓީން ވަނީ ހުށަހަޅާފަ އެވެ. މަޖިލިސް އިންތިހާބުގެ ކުރިޔަށް ޕާޓީ އުފެއްދުމަށް މަސައްކަތް ކުރި ނަމަވެސް، ޕީއެންއެފް ބޭނުންވީ ރައީސް ޔާމީން މިނިވަންވެ އެ މަސައްކަތް ކުރުމަށެވެ. އެކަމަކު އިސްތިއުނާފު އަޑުއެހުންތައް މަޑުޖެހި، އެކަން އެގޮތަށް ކުރިޔަށް ގެންދެވޭ ގޮތް ނުވީކަމަށް ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މަލީހު ޖަމާލު ވަނީ ވިދާޅުވެފަ އެވެ. މީގެ ކުރިން ވެސް ޕީއެންއެފްގެ ފަރާތުން ވަނީ އިންތިހާބުގެ ވޯޓު ކަރުދާހުގައި އެ ޕާޓީގެ ލޯގޯ ޖަހައިދޭން އެދިފަ އެވެ.

ރައީސް ޔާމީންގެ ތާއީދުގައި މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުން މަޖިލީހަށް ނިކުންނަނީ އަމިއްލަގޮތުންކަމަށްވުމާއި އެކު ރެޖިސްޓްރީ ނުކުރާ ޕާޓީއެއްގެ ލޯގޯ ނަމުގެ ފަހަތަށް ބޭނުން ނުކުރެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ. އެ ނިންމުން ބަދަލުކޮށްދޭން އެދި ބައްދަލުވުމެއްގައި ހުށަހަޅާފައިވާކަމަށް މީޑިއާތަކަށް ހާމަކުރެއްވީ މަލީހެވެ.

މަޖިލިސް އިންތިހާބު ކުރިޔަށް އޮތް އިރު، މިއީ ބަންދެއްގައި ހުންނަވައި އެމަނިކުފާނު ކުރިމަތިލާން ޖެހޭ ދެވަނަ މަޖިލިސް އިންތިހާބެވެ. އޭގެ ކުރިން 19 ވަނަ މަޖިލިސް އިންތިހާބުގެ ދުވަސްވަރު ވެސް ރައީސް ޔާމީން ހުންނެވީ ހިޔާނާތުގެ ތުހުމަތުގެ ބަންދުގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: