ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޓާޓޯއިން އިންޑިއާގައި ރޯޑްޝޯތަކެއް ބާއްވަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުުއަރ އޮޕަރޭޓާރސް( މަޓާޓޯ) އިން އިންޑިއާގައި ފަތުރުވެރިކަމާއި ގުޅޭ ރޯޑް ޝޯއެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުގެ ފަލަ ސުރުހީގެ ގޮތުގައި ފާހަގަކުރެވެމުންދާ މި ނިންމުމަކީ، ދާދި ފަހުން މަޓާޓޯއިން އިންޑިއާގެ ހައިކޮމިޝަނާއިއެކު ބޭއްވި ބައްދަލުވުމަަކަށް ފަހު އައިސްފައިވާ ނިންމުމެއްކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.

މީޑިއާތަކުން ބުނާގޮތުން، އިންޑިއާގައި ރޯޑް ޝޯއެއް ބޭއްވުމަށް ކަނޑައެޅިފައިވަނީ، ރާއްޖޭގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އެ ގައުމުގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީއަށް ކުޑައިމީސްކޮށް ސޯޝަލްމީޑިއާ ޕޯސްޓުތަކެއް ކުރުމާއި ގުޅިގެން ރާއްޖެ ބޮއިކޮޓުކުރުމަށް އެ ގައުމުގެ ރައްޔިތުންގެ ތެރޭގައި ގޮވާލަމުންދަނިކޮށެވެ. އަދި އެކަމުގެ ސަބަބުން ދިވެހި ފަތުރުވެރިކަމަށް އަސަރެއް ނުކުރާނެކަމަށް ބެލެވުނު ނަމަވެސް ރާއްޖެއަަށް ޒިޔާރަތްކުރާ އެ ގައުމުގެ ފަތުރުވެރިންގެ އަދަދު މަދުވެފައިވާކަމަށް ބުނެފައިވެއެވެ. އެހެންކަމުން މަޓާޓޯއިން މަސައްކަތްތައް ފަށާފައިވަނީ އެ ގައުމުގެ ފަތުރުވެރިން އަނބުރާ ރާއްޖެއަށް ހިތްޖައްސުވައި ގެނައުމަށްކަމަށްވެސް ބުނެފައިވެއެވެ.

އިންޑިއާގެ ހައި ކޮމިޝަނަރު މުނޫ މަހާވަރާއިއެކު ބޭއްވި ބައްދަލުވުމަށްފަހު މަޓާޓޯއިންވަނީ މީޑިއާތަކަށް މައުލޫމާތު ދީފައވެެ. އެގޮތުން އިންޑިއާގެ ހައިކޮމިޝަނާއިއެކު ގާތުން މަސައްކަތްކުރުމަށް ހުރި ޝައުގުވެރިކަން ހާމަކުރިކަމަށާއި އިންޑިއާގެ އެކި މުހިންމު ސަރަހައްދުތަކުގައި ރޯޑް ޝޯތައް ބޭއްވުމަށް ރާވަމުންދާއިރު، އެ ގައުމުގެ އިންފްލުއެންސަރުން ރާއްޖެއަށް ގެނައުމުގެ ވިސްނުންވެސް ގެންގުޅޭކަން ހާމަކޮށްފައިވެއެވެ.

މަޓާޓޯއިން މައުލޫމާތު ދިން ގޮތުން އިންޑިއާ އަކީ އަދިވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކޮންމެހެންވެސް ބޭނުންތެރި މާކެޓެކެވެ. އަދި ކުރިއަށް އޮތް ތާނގައި އިންޑިއާގެ ފަތުރުވެރިކަމާއި ގުޅޭ އިދާރާތަކާއި ޖަމިއްޔާތަކާއިއެކު މަސައްކަތްކޮށް ރާއްޖެ ޕްރިމިއަމް ޓްރެވަލް ޑެސްޓިނޭޝަނެއްގެ ގޮތުގައި ވިއްކުމުގެ މަސައްކަތްތައް ފުޅާކުރުމަށް އުންމީދުކުރާކަމަށެވެ.

ރާއްޖެ ބޮއިކޮޓުކުރުމަށް ގޮވާލާ ކުރިއަށް ގެންދިޔަ ސޯޝަލްމީޑިއާ ކެމްޕެއިންގެ ސަބަބުން ފަތުރުވެރިކަމަށް އަސަރުތަކެއް ނުކުރާނެކަމަށް ބައެއް ފަރާތްތަކުން ކުރިން ބުނަމުންދިޔަނަމަވެސް، ފަަތުރުވެރިކަމުގެ މިނިސްޓްރީއިން ނެރެމުންދާ ތަފާސް ހިސާބުތަކަށް ބެލުމުން އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް ދަށަށް ގޮސްފައިވާކަން ފެނިގެންދެއެވެ. އިންޑިއާ އަކީ މީގެ ކުރިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެ ގައުމުކަމަށްވާއިރު، މިހާރު އެ ގައުމުގެ އޮތީ ފަސްވަނަ ގައުމުގެ މަގާމުގައިކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: