ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސް ޕްރޮސެސް ކުރުމުގެ ކެޕޭސިޓީ ބޮޑުކުރުމަށް ޗައިނާގެ ކުންފުންޏަކާ އެކު އެއްބަސްވުމެއް!

ފިޝަރީޒް މިނިޝްޓްރީ އޮފް އޯޝަން ރިޝޯޝްއިން އެއްބަސްވުމެއްގައި ސަޮއިކޮށްފި. ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއިން ބާނާ މަސް ރާއްޖޭގައި ޕްރޮސެސް ކުރުމަށްޓަކައި، ތިން ރަށެއްގައި ޕްރޮސެސިންގ ޕްލާންޓް ގާއިމްކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ޗައިނާގެ ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށްވާ ޑޮންގްފަންގް އިލެކްޓްރިކް ކުންފުންޏާއި އެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ފިޝަރީސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަހްމަދު ޝިޔާމް ވިދާޅުވީ، އެއްބަސްވުމުގެ ދަށުން 18 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި މަސް ޕްރޮސެސްކުރަން ފެށޭނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން މާދެލިގައި މަސެއްކަތް ދެ ފިޔަވައްސަކަށް ބަހާލައިގެން މަސައްކަތް ކުރުމަށް ރޭވިފައިވާއިރު، ފުރަތަމަ ފިޔަވަހީގައި މަސްވެރި އުޅަނދުފަހަރާއި މަސް ކިރާ އުޅަނދުފަހަރާއި މަސް ޓްރާންސްފަރ ކުރުމަށް ބޭނުންކުރާ ކެރިއަރ ބޯޓު ގާތްކުރެވޭ ގޮތަށް ބަނދަރު ހެދުމާއި މަސް ގަނެ ފިނިކުރެވޭނެ ފެސިލިޓީތަކާއި އަދި 1500 ޓަނުގެ ކޯލަޑް ސްޓޯރޭޖް ގާއިމްކުރުން ހިމެނެއެވެ.

ދެވަނަ ފިޔަވަހީގައި ދުވާލަކު 50 ޓަނު ދަޅުގައި މަސް ބަންދުކުރާ ކޭނަރީއެއް ގާއިމު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮޖެކްޓަށް 100 މިލިއަން ޑޮލަރު ހަރަދުވާނެ އެވެ.

ފިޔޯރީގައި މަސްގަނެ ފިނިކުރެވޭނެ ފެސެލިޓީތަކާއި 3000 ޓަނުގެ ކޯލްޑް ސްޓޯރޭޖާއެކު ދުވާލަކު 100 ޓަނުގެ ދަޅުގައި މަސް ބަންދުކުރާ ކޭނަރީއަކާއި، ފިޝްމީލް ޕްލާންޓަކާއި އަދި ރިހާކުރު ފެކްޓަރީއެއް ގާއިމު ކުރުމަށް ހަމަޖެހިފައިވާއިރު، މި ޕޮރޮޖެކްޓަށް 60 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ލަފާކުރެވެއެވެ. މިނިސްޓްރީން އިތުރަށް ފާހަގަކޮށްފައި ވަނީ މި މަޝްރޫއުގެ ދަށުން ފެލިވަރުގައި ދުވާލަކު 100 ޓަނުގެ ދަޅުގައި މަސް ބަންދުކުރާ ކޭނަރީއެއް ގާއިމު ކުރެވިގެންދާނެ ކަމަށެވެ. މިޕްރޮޖެކްޓްތައް ނިމުމުން ދިވެހިރާއްޖޭގައި 81،000 ޓަނުގެ މަސް ދަޅުގައާއި ޕައުޗްގައި ބަންދުކުރެވޭނެއެވެ.

ދިވެހިރާއްޖޭގައި މިވަގުތު ޕްރޮސެސްކުރާ އޮޕަރޭޝަން ހުރިގޮތުން ޕްރޮސެސް ކުރެވެނީ، ފެލިވަރުގެ 40 ޓަނުގެ ހޮރައިންޒަންގައި 50 ޓަނު އަދި އެންސިސް ގައި 20 ޓަނަށްވާއިރު، ދިވެހިރާއްޖެއިން ބާނާ 128000 ޓަނުގެ ތެރެއިން ޕޮރޮސެސް ކުރެވެނީ ގާތްގަޑަކަށް 34،000 ޓަނު މަހެވެ. ފާއިތުވި އަހަރު 63،000 ޓަނުގެ ރޯމަސް ގަނޑުކޮށްގެން އެކްސްފޯޓްކޮށްފައިވެއެވެ. މިހާރުގެ އަގުތަކަށް ބަލާއިރު 91 މިލިއަން ޑޮލަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: